ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފިއެވެ. އެ މަސްތުވާތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، އިންޑިއާގެ ޓުޓިކޮރިން އިން ފުރައިގެން ރާއްޖެއަށް ކަނޑުމަގުން އައި ކާގޯ އުޅަނދަކުން 2.12 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާކަމަށާއި، އެ ތަކެތި އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންނާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ. އެކަމަކު ހައްޔަރުކުރި މީހުންގެ އަދަދެއް ކަސްޓަމްސުން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ކަސްޓަމްސުން އިއްޔެ ވަނީ ވައިގެ މަގުން އިއްޔެ ރާއްޖެއަށް އެތެރެކުރި މަސްތުވާއެއްޗެހިތަކެއް އަތުލައިގަނެ، ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ މީހެކެވެ.

އެ މީހާ ހައްޔަރުކޮށްފައި ވަނީ، އެ މީހާ ގެނައި ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންގެ 1900 އަށް ވުރެ ގިނަ ގުޅަ ފެނުނުމުންނެވެ. އެ ތަކެތީގެ އަގު ދެ ލައްކަ ރުފިޔާއަށް އަރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝުކުރިއްޔާމިހާރު

    ޒިނޭއައް ހިތްވަރު ދިނުމުގެ ގޮތުން އަންނި ދެއްކި ވާހަކަ ތަކައް ނުޖަހައި މިނިޓަކުން މިނެޓަކުން ސުރުހީ އަޅަމުން ދިޔަ ގައުމުގެ ބޮޑުނޫހުގައި 24 ގަޑި އިރުވާން ކައިރި ވަނިކޮއް ޒިނޭއައް ހިތްވަރުދިނުމުގެ ގޮތުން އަންނި ދެއްކި ވާހަކައިގެ ސުރުހީ 17.10 ގައި އަޅާފި

  2. ސަޓޯ

    ތިއީ އަންނި ކަންތައް... ޒުވާނުން ހިނދުކޮޅުގައި ބައިތިއްބަން ވެގެން

  3. ސަލާމް ނަސްލް

    ތި މިހާރު ހުންނާނީ އެމްޑީޕީ ޕްރައިމަރީގަ އަންނި ހޮވަން ބޭނުންމީހުން ކެމްޕެއިނަށް ސާކިއުލޭޓް ކޮއްފަ. ވަރަށް މަޝްހޫރު ޑީލަރުންތައް ކުއްލިއަކަށް ރަށުން ފެންނަން ފަށައިފި

  4. އަހުން

    އިންޑިޔާ ކަރާ ބޯޓްތައް ތީ އެންމެ ގިނައިން މަސްތުވާ ތަކެތި އެތެރެ ކުރާ ރޫޓް

  5. ޢާސިދާ

    ތީގެ ސްޓޮކު ބަލަހައްޓާތަނާ އަވަހައް ހަވާލުކުރެ