ޖަލުގައި ޙުކުމް ތަންފީޒުކުރަމުންދާ ގައިދީންތަކެއް މިނިވަން ކުރުމަށް އަންގައި ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު، "އާދަޔާއި ޚިލާފު" އަމުރު ތަންފީޒުކުރުމަށް ގޮވާލައި މަޖީދީމަގަށް އިއްޔެ އެއްވި ޒުވާނުންގެ ތެރެއިން ހައްޔަރު ކުރި މީހުން ބަންދުކޮށްފިއެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ދެ ކައުންސިލަރުން ފަސް ދުވަހަށް ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އިތުރު ތިން މީހަކު ގޭބަންދަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.

އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާނު ޖަމާލް އާއި އއ. ރަސްދޫ ކައުންސިލް މެންބަރު އަބްދުﷲ އަނިލްގެ އިތުރުން އެމްޑީޕީ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމް އާއި އެޕާޓީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރު ސަފާއަތު އަހްމަދު އަދި ގާނޫނީ ވަކީލާ ޝީނާ މުހައްމަދެވެ. މީގެ ތެރެއިން ޖަލު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވަނީ، ރައްޔާނު އާއި އަނިލްއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ލިއުންތައް ލިޔެފައިވާ ބެނާތައް ހިފައިގެން އިއްޔެ އިދިކޮޅު ޒުވާނުން ބޭއްވި އެއްވުމުގައި ބައިވެރިވެފައި ވަނީ 20 ވަރަކަށް މީހުންނެވެ. އޭގެތެރެއިން ބައެއް މީހުން ހައްޔަރު ކޮށްފައިވަނީ، މަޖީދީމަގު ބޭނުން ކުރާ ފަރާތްތަކަށް އުންދަގޫ ވާނެހެން މަގުމެދުގައި އެއްވެ ތިއްބައި، އެއްކައިރިވުމަށް ފުލުހުން ކުރި އިލްތިމާސަށް ބީރުކަންފަތެއް ދީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުންނެވެ.

އިދިކޮޅު ފަރާތްތަކުން ފާއިތުވެދިޔަ ދުވަސްތަކުގައި ސިލްސިލާކޮށް މާލޭގެ މަގުތަކުގައި ހަމަނުޖެހުން ހިންގަމުންދާއިރު، އިދިކޮޅުން ބާއްވާ "ޝުޢޫރު ފާޅުކުރުން"ތަކުގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަކީ ޢާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޭންޖުރެސް

    އިސްލާހީ ހަރަކާތުގެ އިންޖީނަކީ އެއީ ގާސިމް ކަމަށް ވުމުން ފެބް އެކެއްގެ ކޭސް އާއި މިފަހަރު ގާސިމް އާއި ކިހާ ވަރެއްގެ ގުޅުމެއްވޭތޯ މަމެން ނަށް މިހާރު މިދަނީ އެނގި ފާޅުވަމުންނޭ އިޓްސް ނޯ ޑޭމް ގުޑް ފޯރ އަަވަރ ކަންޓްރީ އިޓްސް ބޭޑް އެން އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ދިސް މޭން އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

  2. ދަވޭ

    މުޒާހަރާއިން އިއްޔެ ހައްޔަރުކުރި ދެ ކައުންސިލަރުން ޖަލަށް، އަނެއް ތިން މީހުން ގޭބަންދަށް ބަދަލު ކޮށްފިނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ރަށްރަށުގެ ރަށު ކައުންސިލަރުން ޖެހޭތޭ މާލޭގައި މުޒާހަރާ ކުރަން ނުޖެހޭނެއޭ ކަން މިހެން ހުރުމުން ތިޔާ ކައުންސިލަރުން ޖެހޭނީ އެމެން ގެ ކައުންސިލަރުންގެ މަގާމުން ވަކި ކުރަން. 5 ދުވަހަކީ އެއީ ވަރަށް ކުޑަ އަދަދެކޭ އެމެން ބަންދު އަދި 10 ދުވަސް އިތުރު ކުރުން ބުއްދިވެރިއޭ މަމެން ބުނަން ނެތީމު ދޯ.