ކެނދިކުޅުދޫގައި ކާޅު މަރަން ހާއްސަ ބޭހެއް ކައިގެން ކުއްޖަކަށް ފަރުވާ ދީފިއެވެ. ކާޅު މަރަން ހާއްސަ ބޭހެއް ކެއީ ހަތަރު އަހަރުގެ ކުއްޖެކެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކެނދިކުޅުދޫ ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ކުއްޖާ މިހާރު ވަނީ ފުރުވާލާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ގެންދިޔައީ މަނަދޫ އަށެވެ.

ކުއްޖާ ކެނދިކުޅުދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ހެލްތު ސެންޓަރުން ފަރުވާ ދިނުމުން ހާލު މިހާރު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް އަށް "ވަގުތު" އިން ގުޅުމުން ވިދާޅުވީ "ވަގުތު" އަށް މައުލޫމާތު ނުދެއްވާނެ ކަމަށެވެ.

ކެނދިކުޅުދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެކުއްޖާ ކެއީ ފަޅު ގެއެއްގައި ހުރި ކާޅު މަރާ ބޭސްތަކަކުން ބޭސް ގުޅައެކެވެ. އެކުއްޖާ އެގެއަށް ވަނީ ކުޅެންކަމަށް ވެއެވެ. ދެގުޅަ ނެގުމަށް ފަހު އެއިން އެއްކުޅަ ކުއްޖާ ކާލި ކަމަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

މިކަމާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބީބު

    އަވަހައް ހޮޑުލައްވާ އެއައްފަހު ކޯސްޓްކިރު ގިރާފަދީ ހަކުރު ނާޅަ ވީހާ ގިނައިން ބޮވޭ އެންމެ ގިނައެއްކޮން

  2. ހާމިދު

    ދެން ދިވެހިންގަނޑު އޭތިމީތި ކިޔަންފަށާ. އެކުއްޖާ މައިންބަފައިން ގެ އިހުމާލޭ އެއެްޗެކޭ ސިޓީ ކައުންސިލޭ. ކުޑަކުދިން އެހެންއުޅޭ އިރު ކާނެދޯ އެކި އެއްޗެހި. ކުކުޅު ގުއިވެސް.. ދެން ކޭމަ ފަރުވާދޭނީ. إن شاء الله ރަނގަޅުވާނެ.

  3. ބާބީ

    ޖަޒީރާ އެންބިއުލާސް ކޮބާ