ސެނަހިޔާ ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓްއެއް ހިނގައިފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިރޭ 21:27 ގައި ސެނަހިޔާ ކަރިން އެކްސިޑެންޓްއެއް ވެގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 51 އަހަރުގެ އަންހެނަކަށާއި 40 އަހަރުގެ އަންހެނަކަށެވެ.
މިދެމީހުންނަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހުގައި އައިޖީއެމްއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ރިންގް ރޯޑްއިން ދުއްވާފައި އައި 2 ސައިކަލު ބުރުޒު މަގަށް އަޅަން އުޅުމުގެ ތެރޭގައެވެ. އަދި އަނިޔާވި 2 މީހުންނަކީވެސް އެއް ސައިކަލެއްގައި ތިބި ދެމީހުންނެވެ. އަނެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ލިބިފައިނުވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއެކްސިޑެންޓްގައި އަނިޔާވި ދެމީހުންގެ ހާލުވެސް ސީރިޔަސް ނޫން ކަމަށް "ވަގުތު" އަށްވަނީ ކަށަވަރު ވެފައެވެ.