ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމަކީ ޖަވާހިރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ގާސިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވުމުންނެވެ.
Majlis Raees Hon @qasimibrahim akee Jawaahireh! ☝️ https://t.co/OrCKTIqdej
— Ahmed Nihan (@ahmed_nihan) January 17, 2019
ކައިވެނި ނުކުރާ އަންހެނުންނަށް ވެސް ނުވިހާ ގޮތް ހެދުމުގެ އިހްތިޔާރު އޮންނަންޖެހޭނެ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކައަށް ރައްދުދެއްވާ ގާސިމް ވިދާޅުވީ ބޭނުންވާ ކަންކަން ހާސިލްކުރަން ވެސް، ދައްކަން ނުޖެހޭ ވާހަކަތައް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ދީނުގައި ހައްދު ކަނޑައަޅާފައިވާ ކަންކަން ކުރަން ހިތްވަރު ނުދެއްވާނެ ކަމަށެވެ.
"އުމުރުން ނުވަ އަހަރު ނުވަތަ 10 އަހަރު ވާއިރު ބައެއް އަންހެން ކުދިން ބާލިޣުވޭ. އެ ހިސާބުން ފެށިގެން އެ މީހުން ބާތު ކޮންޓްރޯލް ކުރާށެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ރޭ ވަނީ ނަޝީދު ވާހަކަފުޅު ދައްކަވަނީ ހަމަހޭގައި ހުރެގެންތޯ ވެސް ސުވާލު ކުރައްވާފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި އަނބިދަރިންނާއި މުދަލަށް ގެއްލުން ދިނަސް، މަސައްކަތް ކުރައްވަނީ ގައުމުގެ ހައްގުގަ އެވެ. އަދި އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ގާސިމަކީ ޖަވާހިރެއް ކަމަށް ނިހާން ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ނިހާނަށް އަމާޒުވެފައެވެ. ޕީޕީއެމްއަށް ވެރިކަން ލިބުނު ދުވަހު ގާސިމަކީ ޖަވާހިރެއްކަން އެނގިވަޑައި ނުގެންނެވީ ކީއްވެތޯ ނިހާން ކުރެން ބައެއް ފަރާތްތަކުން ސުވާލު ކޮށްފައިވެއެވެ.
ޕީޕީއެމް އަށް 2013 ވަނަ އަހަރު ވެރިކަން ލިބުނީ ގާސިމްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. މިދިޔަ އަހަރު ޕީޕީއެމްއަށް ވެރިކަން ދިފާޢު ނުކުރެވުނީ ގާސިމްގެ އަގުވަޒަން ނުކޮށް ގާސިމަށް ސަރުކާރުން އެތައް އުނދަގުލެއް ކުރިމަތި ކުރުވުމުން ކަމަށް ޕީޕީއެމްގެ ބައެއް އާއްމު މެންބަރުން ވެސް ގަބޫލު ކުރެއެވެ.
ޕީޕީއެމްގެ ސަރުކާރުން ގާސިމާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް އަނެއްކާވެސް ގާސިމް ކުރީގެ ރައީސް ޔާމީނާއި އެކު މަސައްކަތް ކުރާ މަންޒަރު ފެނުން ގާތް ކަމަށް ބައެއް ފަރާތްތަކުން މިހާރު ގެންދަނީ ބުނަމުންނެވެ.
ހަމަ ޙަޤީޤަތުގާވެސް ޤާސިމަކީ މީހެއް.
ތޖ ޖަވާހިރުގެ އޮފް ދުއްވާލާ ނިޒާމުން ގެއްލުވާލަން ނިހާނުމެން ކިހާ މަސައްކަތެެއްކުރި.
ލަންކާގެ ޕޯރޓް ސިޓީ ހިއްކާ ނިންމީ ސިލްކް ރޫޓްގެ ދަށުން ހަމަ އެގޮތަށް މަމެން އުއްމީދު ކުރަމޭ ރާއްޖޭގެ މާލެ ސަރަހައްދުގައި ވެސް ސިލްކް ރޫޓްގެ ދަށުން ގުޅިފަޅު ހިއްކާ އަދި ތިލަފުށި ހިއްކާ އަދި މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ތިލަ ކަނޑުއޮޅި ހިއްކާލާ އެތަނުގައި އިންޑަސްޓްރިއަލް ޕާރކެއް ގާއިމް ކޮށް އެތަނުން ބިން ތައް ކުޑަ އަގުގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ކުންފުނިތަކަށް ދޭނެ ކަމަށް އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑާއި
ކަލޭ ކުރިން ގޮވީ ކީކޭ؟ ލަދެއް ޙަޔާތެއްނެތް.
މިހާރު ރައިސް ޔާމިން އަށް ވިސްނިއްޖެ ދެން މޮޔަ އެއްޗެއްނަހަދާން ހަގީގަތުގަ ގާސިމް އިބަރާހިމް އާއި ރައިސް މައުމޫނުގެ މުހިއްމުކަން ވިސްނިއްޖެ ދެން ގޯސްނަހަދާނެ ކަން ޔަގީން އަބަދުވެސް ރައިސް ޔާމިންގެ ފިކުރާއި، ގާސިމުގެ ފިކުރާއި، މައުމޫނުގެ ފިކުރު މިއީ އެއްފިކުރެއް.
ސާބަހޭ ނިހާން
ގާސިމަށް ސަނާ ކިއުމުގެ ބޭނުމަކީ ހިތް ހަމަޖެހޭގޮތަކަށް ކަންތަ ބަދަލުވެދާނެކަމުގެ ސިގްނަލެއް ލިބުން ކަމަށް ވެދާނެ. ދެރަކަމަކީ ގާސިމަކީ އާއްމު ރައްޔަތުން ގެ ސަޕޯޓު އޮންނަ މީހެއް ނުން. ގާސިމް ނަޝީދު ދެކެ ރުޅިއައިސްގެން އުޅެނީ ގާސިމް ބޭނުންވި ގޮތަށް މަޖްލިހުގެ ގޮނޑިތަށް ބަހަން ފުރުސަތު ނުދިނީމާ. މިކަމުންވެސް އެގޭކަމަކީ ގާސިމަކީ ބޮލުގެ ކަށި ނުބެދޭ މީހެއްކަން.
ނިހާނަކީ ފައްކާ ދެފުއްކެހެރިއެއް !
މަޖްލީހަށް ހޮވަން ޖެހޭނީ ތަންދޮރު ދަންނަ އަދި މުއްސަނދި ތަނަަވަސް ދިރިއުޅުން އުޅޭ މީހުންނޭ އެއިރުންނޭ މިހާރު ރާއްޖޭގައި ހުރި މައްސަލަ ތަކަށް ހައްލު ގެނެވޭނީ ރާއްޖޭގެ ހުރިހާ މައްސަލަ ތައް ފެށިގެން އަންނަނީ އެއީ މާލެ ސަރަހައްދުންނޭ އެކަން ހައްލު ކުރުމަށް ޓަކައި ހަދަން ޖެހޭ ގޮތަކީ ވިޔަފާރި ކުރާ ތަނަވަސް މީހުން މަޖްލީހުގެ މެމްބަރު ކަން ކުރުމޭ މީރާއިން އެބަނަގައޭ ޖީއެސްޓީ ނުލިބޭ ފައިސާ އަށް ވެސް ބިލެއް ތަނަކަށް ހެދިނަމަވެސް އެބިލަށް ފައިސާ ނުލިބެނީސް ޓެކްސް ދައްކަން ޖެހެއޭ މީރާއަށް މީ ސީދާ ފޭރުން ނުވަތަ ވައްކަން ކުރުން ނޫންތޭ މީ ހުރިހާ ބާވަތެއްގެ ވިޔަފާރި މަރާލުން ނޫންތޭ ދެން މިއިން ނިކުންނަ މައްސަލަ އަކީ ކުންފުންނަކުން ބިލެއް ހެދީ އެ ކުންފުންނަށް ފައިސާ ދައްކަން އޮތް ފަރާތަކަށް ބިލް ހެދުމުން ބިލަށް ފައިސާ ނުލިބެނީސް އެބިލްގައިވާ ޓެކްސް މީރާ އަށް ދައްކަން ޖެހުން އެފައިސާ އެފަދަ ކުންފުންނަކުން ދައްކަނީ އެއީ އުފުރާފައިތޭ މީ ވަރަށް ވެސް ތާކުން ތާކު ނުޖެހޭ ކަމެކޭ މިކުރަނީ މިކަން ކަން އެބަޖެހޭ ބަދަލު ކުރަން މަޖްލީހުން ވެސް މަޖްލީސް ހުޅުވޭ ތަނުން މީ ސީދާ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން އިސްލާހު ކުރަން ޖެހޭ ކަންކަމޭ އެކަމަކު އެމެން ދުވަނީ ލަބިއްޓެ ގްރޫޕް ފަދަ ދައުލަތުގެ މާލިއްޔާ ދަވާލި މީހުން ގެ ކެމްޕެއިން ތަކަށޭ މިކަން ކަން ރައީސް އަށް އެނގިނުލައްވާ ކަން މީ ހިތާމަ ކުރަން ޖެހޭނެ ކަމެކޭ މިކަން ކަން ރަނގަޅު ކުރެވޭނީ މަޖްލީހަކީ ވިޔަފާރި ދަންނަ ތަނަކަށް ވެގެންނޭ...
ޕީޕީއެމް އިން ޤާސިމަކަށް ދެރައެއްނުދެއެވެ. މަޖްލިސްގެ ރައީސްކަން އަބަދުވެސް ކުރަނީ ވެރިކަންކުރާ މައިޕާޓީންކަމަށްވާީއިރު އެކަން ފަނިކުރުމަށް ޤާސިމުގެބޮލަށް އެމްޑީޕީ ސަވާރުވެގެން ޕީޕީއެމްއާ ދެކޮޅަށް މަޖްލިސްގެ ރައީސްކަމަށް ކުރިމަތިލެއްވިއެވެ. ދެން ޤާސިމަސް އަދަބުދިނީ ރިސްވަތުދިނުމަށް ހިތްވަރުދީ ޤާސިމުދެއްކި ވާހަކަތައް ސާބިތުވެގެންނެވެ. އެވާހަކަތަކުގެ އޯޑިޔޯ/ ވީޑިޔޯ ތައް އެހުރީ ފެންނާށެވެ. ޤާނޫނުއަސާސީގައި ވަރަށްސާފްކޮށްއޮތީ ރިޝްވަތު ދިނުމާ ހިފުމާ ދޭންއުޅުމާ އެއީ ކުށެއްކަމަށެވެ. އަދި އެކަމުގެ އަދަބުވެސް އެއޮތީ ޤާނޫނުގައި ލިޔެފައެވެ. ޔާމީނަކީ ޤާނޫނު ނެގެހެއްއޓުމުގައި ވަކިމީހަކަށް ނުބައްލަވާ ރައީސެއްވީމާ ޤާސިމަށްވެސް އަދަބު ލިބުނީއެވެ.
ގާސިމަކީ ދޮންކެޔޮ ގަހެއް! ދޮންކެޔޮގަނޑު ލިބުނީމަ ގަސް ކަނޑާ އެއްލާލަންވީ!
ޤާސިމަކީ ޖަވާހިރެއްނޫން . އެކަމަކުއެއީ އެއިރެއްގައި ދިވެހިރާއްޖޭގައި އޮންނަ ވެރިކަމަށް ޖެހިފައި އޮންނަ ބަލާވެރިކަމެއް. މައުމޫނުގެ ވެރިކަން އެންޑީޕީ އާއި ގުޅިގެން ވައްޓާލީ ޤާސިމު .އަދި އެންޑީ.ޕީގެ ވެރިކަން މައުމޫނާއި ގުޅިގެން ވައްޓާލީ ޤާސިމު. އަދި ޕީ.ޕީ.އެމް ގެ ވެރިކަން އެންޑީ.ޕީ އާއި ގުޅިގެން ވައްޓާލީ ޤާސިމު. ވީމާ ނިހާން ކަލޭމެން ހޭއަރާކަށް ނުވޭތަ؟
ޔާމިން ކަމުނުދިޔައީ ގާނޫނު ހަމަހަމަވީމަ
ބޮޑެތިކެކުރިތަށްބުނާގޮތަންކަންކުރިނަމަ
އެންވެސްކުރިއެރުމެން ނުފެނީސް
ސުކުރިންޔާ ޔާމީން
ޢަންނި ސޮރު މިގައުން ބޭރުކުރޭ ،،!
އިންސާނުންނަކީ ލަދުޙަޔާތް ކުޑަ ބައެކޭ ބުނެވެނީ މިހެންވެ. ތި ނިހާނުމެން ޔާމީނާ ގުޅިގެން ޤާސިމާ ގާސިމުގެ ދަރިންނަށް ކިހާ އަނިޔާއެއްދިން! މިހާރު އަނެއްކާ ވެރިކަން އަނބުރާ ލިބޭތޯ އުޅޭހާ އުޅުން. ޤާސިމް އަބަދުވެސް އުޅެނީ ވެރިކަމުގެ ދަހިވެތިކަމުގައި ބޮލަށް ތެޔޮ އަރާގެން.