އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ވެރިކަން ކުރާ ކޯލިޝަނުގެ އެންމެ ބޮޑު ޕާޓީކަަމުގައިވާ އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދޭނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

މި ޕްރައިމަރީގެ ވޯޓު ލުން، މިއަދު މެންދުރުފަހު ވަނީ ފެށިފައެވެ. އަދި މާލެއާއި ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް ދަނީ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށެވެ. މީގެއިތުރުން، ރާއްޖޭން ބޭރުން، އިންޑިޔާ، ސްރީ ލަންކާ އަދި މެލޭޝިޔާގައިވެސް ޕްރައިމަރީގެ ވޯޓު ފޮށި ބަހައްޓާނެކަމަށް އެމްޑީޕީ އިން ހާމަކޮށްފައިވެއެވެ.

ފޮނަދޫގައި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ- ވަގުތު އިމޭޖަސް: މުޙައްމަދު އަރީހު

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި އެމްޑީޕީ އިން ހާމަކޮށްފައިވަނީ މި ޕްރައިމަރީގައި 270 ވޯޓު ފޮށި ބެހެއްޓޭނެކަމަށެވެ. މި ޕްރައިމަރީގައި އެކި ދާއިރާތަކަށް 279 ކެންޑިޑޭޓުން ވާފަ ކުރާއިރު، ވޯޓު ލުމުގެ ޙައްޤު، 86،091 މީހުންނަށް ލިބިފައިވާކަމަށްވެސް އެޕާޓީ އިން ބުނެފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް އެމްޑީޕީ އިން ވާދަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އެމްޑީޕީ ޕުރަމަރީގައި ދައުލަތުގެ ޢިމާރާއްތައްދަނީ ބޭނުންކުރަމުން! މިކަމަށް ހުއްދަދީ އެޑުކޭޝަނުންވަނީ ސްކޫލުތަކަށް ލިޔުމުން އަންގާފައި!