އަނިޔާވެރިކޮށް ދަން ޖައްސާ މަރާލާފައި އޮތް ބުޅަލެއް، މާލޭގެ މޫދުގެ ސަރަޙައްދުން ފެނިއްޖެއެވެ. އަނިޔާވެރިކޮށް މަރާލާފައި އޮތް މި ބުޅާ ފެނިފައިވަނީ ސިޓްރަން ބައި ލެމަންގްރާސް އާ ދިމާލު މޫދުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި މި ބުޅާ މަރާލާފައިވާކަމަށް ބެލެވެނީ ދަން ޖައްސައިގެންނެވެ. އެގޮތުން، ބުޅަލުގެ ކަރުގައި ވާގަނޑެއް އައްސާފައި އިން މަންޒަރު ފެނުނުކަމަށް އޭނާ ބުންޏެވެ.

"ޔަޤީނުންވެސް ކަރުގައި (ބުޅަލުގެ) ފަށެއް އައްސާފައި އިން މަންޒަރު ވަރަށް ފުރިހަމައަށް ފެނުނު." "ވަގުތު" އަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

މީގެއިތުރުންވެސް، އޭނާ ބުނީ މި ބުޅާ ފެނުނީ މެންދުރުފަހު ކޮފީއަށް އެރެސްޓޯރަންޓަށް ދިއުމުންކަމަށެވެ. އަދި އޭރު ގަޑިން ވާނީ 03:15 ކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުންވެސް، އެމީހާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އޮޔާއެކީ މި ބުޅާ، ސިނަމާލެ ބްރިޖާ ދިމާއަށް ދާކަމުގައެވެ.

ދާދިފަހުން، އަނިޔާވެރިކޮށް ބުޅާ މެރުމުގެ ގިނަ އަދަދެއްގެ މައްސަލަތަކެއް، މާލެއާއި އަތޮޅުތެރޭގެ ރަށްތަކުން ފެންމަތިވެފައިވެއެވެ. އަނިޔާވެރިކޮށް މިކަން ކުރާ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން ފިޔަވަޅެއް އެޅިކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ޖަނަވާރަށް އަނިޔާ ކުރުމަކީ ޤާނޫނީ ގޮތުންވެސް މަނާ ކަމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަޖީ

    ޢަވަހަޣް ތަހުގީގުފަށަންވީ ތިއައީ ބޮޑުކަމެ

    4
    1
  2. ނަޖީ

    ޢަވަހަޣް ތަހުގީގުފަށަންވީ ތިއައީ ބޮޑުކަމެބުޅާސަރުކާރަޣް ވަރަޣް ކަންތަބޮޑުވާނެ ކިބޫގެ ބުޅާސަރުކާރު

    2
    4
  3. ޢަލިފުތާ

    ތިއުޅެނީ ވަޅިޖަހާ މީހަކު މަރާނުލެވިގެން އުޅޭ ބައެއް. ޖަނަވާރެއް މަރާލައިގެންވެސް ހިތްހަމަޖައްސާލުމަށް ބޭނުންވާ ސިކު ބަޔަކު ކުރާކަމެއްކަމަށް ބެލެވެނީ

    4
    1
  4. ޕޮފުބާ

    ޒިނޭކުރުމާ ރާބުއިމަކީ މުސްލިމުންނަށް ހަރާންކަމެއް މަނާވެސް ކަމެއް ހުއްޓުވޭތަ؟

  5. ބުނެލިިިީީ

    ތިޔައީ ކޮށްގެންވާނެ ކަމެއް ނޫން، އެކަމަކު އިންސާނަކު މަރައިގެން ނުވާ ދެރަ ބުޅަލެއް މަރައިގެން ތިވަނީ.