ރައްޔިތުން ބަލައިގަންނަކަމުގައިވާނަމަ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށްވެސް ކުރިމަތިލައްވާނެކަމަށް ކުރީގެ ޑިފެންސް މިނިސްޓްރަ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"އަވަސް" އަށް ދެއްވި ބަސްދީގަތުމެއްގައި ނާޒިމް ވިދާޅުވީ އެމީހަކީ ރައީސްކަމަށް ކުރިމަތިލާ މީހެއްކަމުގައިވާނަމަ، އެއީ ރައްޔިތުން ބަލައިގަންނަ މީހަކަށްވެސް ވާން ޖެހޭނެކަމަށާއި އަދި އެކަންވެއްޖެނަމަ، ރައީސްކަމަށް ކުރިމަތިލާންވީ ވަގުތު އައިސް ޖެހުނީކަމުގައެވެ.

"ރައްޔިތުން ބަލައިގަންނަން ޖެހޭ ދެއްތޯ އެމީހެއް، ރައްޔިތުން ބަލައިގަތީމަ އަޅުގަނޑު ގަބޫލު ކުރަނީ އެކަން އައިސް އެ ޖެހުނީ ކަމަށް، އޭރަށް ރައްޔިތުން ވޯޓު ލާނީ، ރައްޔިތުންނަށް ގަބޫލު ކުރެވެން ޖެހޭނެ އެމީހަކީ މިވަގުތު ތިމަންނަމެން ގޮވައިގެން އުޅެވޭނެ މީހެއް ކަމަށް" އޭނާ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ނާޒިމް ވިދާޅުވީ ރާއްޖޭގެ ރައީސްކަމުގެ މަޤާމަކީ ވަކި ނަސަބަކަށް އޮތް ކަމެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްވެސް އޮތް ޙައްޤެއް ކަމުގައެވެ. އަދި އެއީ ވަކި ބަޔަކަށް ލިޔުއްވާފައި އޮތް ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަނގެތިީ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވާ ނާޒިމް އިތުރަށް ވިދާޅުވީ ބޭނުންވަނީ ސިޔާސީ ގޮތުން ދެވެން އޮތް އެންމެ މައްޗަށް ދިއުމަށް ކަމަށެވެ. އަދި އެމީހަކު ކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ރަށްދު

  ރަށްޔިތުން ބަލައިގަނެ ބުރުމާގާސިމްވެސް ވެރިކަމަށް އާދެވޭތަ؟ ތިއުޅެނީ ރުކަށްނާރާ ބޮންތީގަހިފަން ނުވާނެ އެކަމެއް

 2. ލައިޒާ

  ހީކުރާގޮތް އުތަ؟

 3. ދޮންބެ

  ރައްޔިތުން ބޭނުންނަމަ ބަގާވާތެއް ކޮށްދެވިދާނެ ތޯ؟

 4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައްޔިތިން ބޭނުމެއްނުވޭ. ހެޔޮނުވާނެ އަހަރުންނަށް ބަލާ ނުޖައްސާ މައިތިރިވެގެން ހިރެވޭތޯ ބަލާ.

 5. ހުސޭނުބޭ

  ހަމަ ކުރިމަތިލާންވީ! ކާކު އެކަން މަނާކުރަނީ!

 6. ރައްޔިތުމީހާ

  ރައްޔިތުން ބޭނުމެއްނުވޭ!

 7. އެލެކްސް

  ޝައްކެއްވެސް ނެތް ހިންގީ ބަގާވާތެއް ނޫންނަމަ ކަލެ އާއި އަބުދުﷲ ރިޔާޒާއި އެފްއޭ ވާހަކަ ދައްކާނީ ސިފައިންނާއި ފުލުހުންނާއި ނަމަވެސް ކަލޭމެން ހިޔާރު ކުރީ ރައީސް އާ ވާހަކަ ދައްކާ ޝަރުތަކާނުލާ އިސްތިއުފާ ދޭން އެންގުމަށް ކަލޭމެން ވެރިކަމަށް ގެނެސްގެން އަނެއްކާ މިރާއްޖޭގައި ގިނަވާނީ ވަގު ހަތިޔާރެއްނު

 8. ާްަެައަންނި

  ތިޔަ ގޯސްވަނީ.. ޔާމީނު ކަލޭ ގޮޅިއަށް ލާން ޖެހުނީވެސް

  ތިޔަ ކަން އަޑިން ޕްލޭން ކޮށް ބަޢާވާތެއް ރާވަން އުޅުމުނ

 9. އެފިސްތޯލަ

  ރައްޔިތުން ބޭނުމީ ދޮގުނުހަދާ ގޭގައޮންނަން އަންހެނުން ކައިރީގަ. ވެރިކަމާހެދި ތެޅޭމީހުން މަދެނޫން މިހާރުވެސް. ގާސިމުވެސް އުމުރު ހުސްއެކުރަނީ ރައްޔިތުން އެދިގެންތަ ވެރިކަމާހެދި. މޮޔަނުގޮވާ މަޑުންހުރޭ.

 10. ޢޖެނޓ

  ނާޒިމްއަކީ ރައްޔިތުން ގޮވައިގެން ގައުމު ހިންގިދާނެ ބޭފުޅެއް

 11. ނުރަބޯ

  ހޫނ....ހޫނ ނުބުނެ ނުހުރެވިގެން އެންމެފަހުން ބުނެލީ ދޯ ސީނޭ. މާކުރިންވެސް އެނގެޔޭ ވެރިކަމަށް ފައި ނަގައިގެން އުޅޭކަން.

 12. ދަތްދޫނި

  މަނިކުފާނެވެ. ނާނާ ހުވަފެން ދެކެނީހެއްޔެވެ. ރަޢީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔަ ގޮތް އެއްވެސް ދިވެހި ދަރިއެއްގެ ކިނބައިގެ ހަނދާނުން ނެތިގެނެއް ނުދާނެ ކަމާއި މެދަކު ޝައްކެތް ނުކުރަނމު. މިކަމަކީ ދިވެހި ތާރީޙު ގައި ހުދާއި ކަޅުން ލިޔެ ކަނޑާ ނެގިގައިވާ ޙާދިސާ އެކެވެ.

 13. ރައްޔިތުން

  ބޭނުމެށް ނުވޭ

 14. !!!!!!

  ލާތި މަވެސް ވޯޓްދޭނަން ކެންޕޭންވެސްކޮށް ދޭނަން ވވ ސަޕޯޓް ކުރާމީހެއް

 15. އަހަންމާ

  ތީ މާކުރިންވެސް ފައިނަގައިގެން އުޅުނު ކަމެއް ޔާމީނުގެ ވެރިކަމުގަވެސް މީނާގެ މޮޅުކަމާ ކަންކަން ކުރެވޭކަން އަންގައި ރައްޔިތުންގެ އިތުބާރުހޯދަންވެގެން އަޑި އަޑިން ޕްލޭންކޮށްގެން ނުބައި އެތައް ކަމެއް ކޮށްފައި ވަނީ އެގޮތުން ފުރަތަމަ ޕްލޭނުގަ މުޅި މާލެ ފެނަށްޖައްސާލީ، ދެވަނަ ޕްލޭނުގަ އޮތީ ކަރަން،ޓް، މުޅިމާލެއަށް ދިގުމުއްދަތަށް ނުލިބޭގޮތަށް ކަރަންޓް ދުއްވާލުން، އެކަން ނުވެ އުޅެނިކޮށް އިންޓެލިޖެންސް އަށް
  އެނގިގެން ގޮޅިއަށް ލާން ޖެހުނީވެސް. އެގޮތުން ޔާމީނުގެ ވެރިކަން ދުއްވާލާފަ ވެރިކަމަްށް ފައިނަގަން ކުރިން ވެސް އުޅުނީ. ކޮންމެ މީހަކުވެސް ވެރިކަން. ސާބަހޭ