އެއްވެސް މީހަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސްއެޅޭ ކަހަލަ ކަންތައްތަކަކީ ގަބޫލުކުރެވޭ ކަންތައްތަކެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވީ، މިއަދު ބާއްވާ އެމްޑީޕީ ޕްރައިމެރީގައި ވޯޓުލެއްވުމަށް އިމާދުއްދީން ސުކޫލަށް ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އެއްވެސް ރައްޔިތަކަށް އަދި އެއްވެސް މީހަކަށް އިންތިހާބަށް ކުރިމަތިލުމަށް ހުރަސް އެޅޭ ކަހަލަ ކަންތައްތަކަކީ ގަބޫލުކުރެވޭ ކަންތައްތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑު މި ދެންނެވީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ހުރަސް އެޅުމަށްޓަކައި ކުރާ ކަންތައްތަކަކީ ޑިމޮކްރަސީއާއި އިދިކޮޅަށް ކުރެވޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ". ރައީސް ސޯލިހު ވިދާޅުވިއެވެ.
ގާނޫނީ އަސާސީގައި ވަރަށް ސާފްކޮށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާނެ މީހެއްގެ ހުންނަން ޖެހެނެ ޝަރުތުތަކެއް ކަނޑައަޅާފައިވާކަމަށާއި، ބައެއް ފަރާތްތަކަށް އެ މަގު ހަނިކުރެވޭ ގޮތަށް ކަންތައްތައް ކުރުމަކީ ގާނޫނާއި އެއްގޮތަށް ކުރެވޭ ކަމެއްގެ ގޮތުގައި ނުދެކޭކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު މިގޮތަށް ވިދާޅުވި އިރު ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި ގާނޫނު އިސްލާހު ކުރުމަށް ހުށަހަޅާފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މި ފެންނަނީ ޑިމޮކްރަސީ ތަރައްގީވެ ހަމައަކަށް އެޅެމުންދާތަން ކަމަށެވެ. އަދި އެމްޑީޕީން ބާއްވާ ޕްރައިމަރީއަކީ ޑިމޮކްރަސީ ފައްކާ ކުރުމަށްޓަކައި ހުޅުވިގެންދާ ދޮރެއްކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މުސްތަގްބަލް އޮންނާނީ އެގޮތަށް. ރައްޔިތުންނަށް ފަހިވާގޮތަށް، ފުރިހަމައަށް ރައްޔިތުންނަށް ބަސްބުނެވޭ ގޮތަށް". ރައީސް ވިދާޅުވިއެވެ.
ބަލަ ސާލިހޫ ކަލެޔައް ނުފެނޭތަ އެއުޅޭ ކެރަފާ 87 އައްކުރިމަތި ލާނަމޭ ކިޔަމުން އެހެރަ ދުވަނީ ކޮބާ ތިބުނާ އުސޫލުތަތް ކޯލިށަންގެ އެއްބަސް ވުން ކޮބާ....އެކޮޅުން ދޫދިނީމަ ނޫނީ ދޫނުދޭތި ލަތީފު ކަލޯދޫނުދޭތި ސާލިހޫ ކަލޭ ހަމަ އަޑީގަ ހުރެގެންދޯ އެކަކޭގެ 87 ކޭ ކިޔައިގެން އެ ތެޅި ފޮޅެނީ
ލަތީފްގެ އިސްލާހަށް އިބޫ ދެކޮޅު ހައްދަވާނަމަ ދެން ކެނެރީގެ ނަޝީދު ރައްޔިތުންގެ މަޖްލީހަށް ވިޔަފާރިވެރިން ހޮވައިގެން ނުވާނެއޭ ބުނެ އޭނާ ދައްކާ ވާހަކަ ތަކަށް ދެކޮޅު ނަހަދަނީ އެއީ ހަމަ ހަމަ ކަމާއި އިންސާފަށް އިބޫ ލޯބި ނުކުރާތީ ކަން އެއީ މަމެންނަށް ފާހަގަ ކުރެވޭ ކަމެކޭ މިހެންވާ ނަމަ އެއީ އިބޫ ދައްކާ ވާހަކަ ދިމާނުވަނީ ނޫންތޭ ކޮބާތޭ އެންމެންގެ ރައީސް އަކަށް އިބޫވެފައި މިހެން ވާނަމަ މީ މަމެން ސާފުކޮށްލަން ބޭނުންވާ ކަމެކޭ ބުނަން މަމެން ނެތީމޭ އިނގޭތޭ..
ގާނޫނަކީ އިންސާނުން ހަދާއެއްޗަކަށްވާއިރު މިހާރު އޮތްގޮތުން ސިވިލް ސަރވަންޓުންނަށް އެ އޮންނަނީ ބަލާބޮޑު އަދަބެއްދީފަ އިންތިޚާބުތަކަށް ކުރިމަތިލެވޭގޮތަށް . މިއީ ބަލައި ގަނެވޭނެކަމެއްނޫން. ރައީސް މިކަން އިސްލާހުކޮށްދެއްވާ. ހޮވުނީމަ ވަޒީފާދޫކޮށްލާގޮތަށް. ނަޝީދު އެކަންޏެއްނޫން ހައްގު އޮންނަނީ
ތިޔަ ގޯސްވީ މިހާ ސީދާ އަންނިގެ ދުލުން، ރައީސް މީހާގެ އަނގައިން ވާހަކަ ދެއްކުމުން ކިޔާނީ ކީކޭ؟
އިބޫއަކަށް ޑިމޮކްރަސީ ނޭގުނެއްނު ގާނޫނީގޮތުން ކުރިމަތި ނުލެވޭތީ ނުންތަ ރައީސް މަޖިލީހަށް ކުރިމަތި ނުލަނީ ގާނޫނީ ގޮތުން ކުރެވޭކަމަކަށް ރައީސްކަންކޮށް އިނާޔަތް ލިބޭފަރާތްތަކުން މަޖިލީހަށް ކުރިމަތި ލުން ގާނޫނަކުން މަނާކުރަންވާނެ.
ދީނަށް ފުރައްސާރަވާ ގޮތަށް ދައްކާ ވާހަކަތަކަކީވެސް ދީނީ ކަންކަން ކުރިއަރުވަން އެޅޭ ހުރަހެއް ކަމަށް ނުފެނޭތަ؟