ކުރިއަށް އޮތް އާއްމު އިންތިޚާބުން އިންތިޚާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ތާއީދު އޮތް މަޖިލީހަކަށް ހެދުން ވަރަށް މުޙިއްމުކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު ނިކުމެވަޑައިގެން މީޑިޔާ އަށް ވިދާޅުވީ ސަރުކާރަށް ތާއީދު އޮތް، ސަރުކާރުގެ ވައުދުތައް ފުރިހަމަ ކުރުމަށްޓަކައި އެއްބާރުލުން ދޭނެ މަޖިލީހެއް އިންތިޚާބުވުމަކީ ވަރަށް މުޙިއްމު ކަމެއްކަމުގައެވެ.

"އަޅުގަނޑު ބޭނުންވާ ކަމަކީ ސަރުކާރަށް ތާއީދު އޮތް އަޅުގަނޑުމެންގެ ވައުދުތައް ފުރިހަމަކުރުމަށްޓަކައި އެއްބާރުލާ މެޖޯރިޓީ އޮތް މަޖިލީހެއް ކުރިއަށް އޮތް 19 ވަނަ ރަޔިތުންގެ މަޖިލީހަށް އިންތިހާބުވުން. ސަރުކާރަށް ތާއީދުއޮތް މަޖިލީހެއްގެ މުހިންމުކަން އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން" އެތައް ދުވަސްތަކެއް ވަންދެން މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވި ރައީސް ސޯލިހު ވިދާޅުވިއެވެ.

ހަމައެހެންމެ، އިންތިޚާބުން އިންތިޚާބުވާ އެމްޑީޕީގެ މެންބަރުންގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރު ކޯލިޝަނަށް އަޣުލަބިއްޔަތު އޮތް މަޖިލީހެއް މުޙިއްމުކަމަށް ރައީސް ވިދާޅުވިއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ ވައުދުތައް ފުއްދޭނީ އެމްޑީޕީ އަށް މެޖޯރިޓީ އޮތް ސަރުކާރެއް މަޖިލީހަށް ގެނެސްގެންކަމުގައެވެ.

އެހެންނަމަވެސް، ޖުމްހޫރީ ޕާޓީން ރޭ ބުނެފައިވަނީ ދެން އަންނަ މަޖިލިސް ވާން ޖެހޭނީ ފާރަވެރިވާ މަޖިލީހަކަށްކަމަށާއި އެހެންކަމުން ހަމައެކަނި ވަކި ބަޔަކަށް އަޣުލަބިއްޔަތު ދީގެން ނުވާނެކަމުގައެވެ. ހަމައެހެންމެ، އެފަދަ މަޖިލީހެއް، ޖުމްހޫރީ ފަހުލަވާނުން ގެންނާނެކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރުގެ ފުރަތަމަ 5 ދުވަހުން 4000 ރުފިޔާ ޚަރަދުވި ސަރުކާރަކަށް މަޖިލީހެއް ބޭނުމެއްނުވާނެ! އޭރުން މާ ޚަރަދު ބޮޑުވެދާނެ!

  2. ބީނޫ

    އޭ ބަލަ މިހިރަ ވަގުކަލޯ. ކަލޯ މެނަށް ދޭނެ އެއްޗެއް ނެތް..ދެންވެސް ވައްކަން ކޮށްގެން ހޮވެންޔަ ހޮވޭ!

  3. މަކަރުމޭން

    ހެއި ހެއި ހެއި ތަމެންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަށް ވޯޓް ކަރުދާސް ޗާޕް ކޮށްގެން ނުގެނެވުނީ ކިއެއްވެތޭ ތަމެން ބަލާބަލަ މޭޒު މަތީގައި ނެތެއް ނޫންތޭ އެންމެ ވޯޓް ކަރުދާސް ކޮޅެއް ވެސް ތަމެންނަށް ނުވާ ކަންކަމުގެ ތެރެއަށް ވާނެއޭ ކިޔާ ބޭނިގަނެގެން ނޫޅޭ ނަމަ ވާ ވަރުގެ މީހުންނާއި ނޫންތޭ މިކަންކަން ހަވާލު ކުރާނީ އައި ހޭވް ބީން ހިއަރ ފީލިންގް ލައިކް ތަމެން މަކަރާއި ހީލަތް މިފަހަރު އިންތިޚާބުގައި ހަދަނީއޭ މަކަރޭ ހަދަނީ މަކަރޭ ހަދަނީ..

  4. ގަބުރޭ

    ދީނަށް ފުރަށްސާރަކޮށް ގޮންޖަހަމުން ދާއިރުވެސް އެކަންތައް ހުއްޓުވަން ނޫޅެ ސަރުކާރަށް ތާއީދު އޮތް މަޖިލިހެއް ހޯދަން އުޅުމަކީ ގޯހެއް. ﷲ ގެ އިރާދަފުޅުން ތިކަމެއް ނުވާނެ.އާމީން

    • އަހުމަދް

      އާމީން

  5. ރައްޔިތުން

    ތިން ބާރު ވަކިކުރަން ޖެހޭ ކީ ބައިގަނޑު މީ

  6. ޙސހސހ

    ރައްޔިތުންނޭ އާދޭސްކޮށްފަ މިބުނަނީ މިހާރުވެސް މިމީހުންގެ އިސްމީހުން ފާޅުގަ މީސްމީޑިޔާގަ ޤުރުއާނާއި ރަސޫލާ ސ.އ.ވ އަށް ބަދުބަސްބުނެ އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ. މިބައިމީހުންނާ މިމީހުންނަށް ބަޔަތު ހިފަިގެން ތިބޭ މީހުންނަށް ވޯޓު ނުދޭތި.

  7. ކިންގްފިޝަރ

    މިހާރު މިހިނގަނީ ރ.ޔާމީން ހިނގިމަގުން. ވަކި ތަފާތެއްނެތް.