މިރޭ ފުލުފުލުގައި ނޫސް ކޮންފަރެންސްތައް ބޭއްވުމަށް، ވެރިކަންކުރާ ޕީޕީއެމް އިން ނިންމައިފިއެވެ.

ޕީޕީއެމް އިން މިކަން ހާމަކޮށް ވިދާޅުވީ، މިރޭ 9:00 އިން ފެށިގެން އެ ޕާޓީގެ ނޫސް ކޮންފަރެންސްތައް ކުރިއަށްދާނެ ކަމަށެވެ.

ޕީޕީއެމްގެ ނޫސް ކޮންފަރެންސްތައް ކުރިއަށްދާ ގަޑިތައް:

1. 21:00 - 22:00
2. 22:00 - 22:30
3. 22:30 - 23:00
4. 23:00 - 00:00

ޕީޕީއެމް އިން ނޫސްވެރިންގެ ބައްދަލުވުންތައް ފުލުފުލުގައި މިރޭ ކުރިއަށްގެންދާން ނިންމާފައި މިވަނީ، "ހުއްޓުވާ" ނަމުގައި އިދިކޮޅު ފަރާތްތަކުން އަތޮޅު ތެރެއިން މީހުން ގެނެސްގެން މިރޭ މާލޭގައި ކުރިއަށް ގެންދާން ނިންމާފައިވާ މުޒާހަރާއަށް، އެފަރާތްތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

މި މުޒާހަރާ ފަށާނީ މިއަދު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް މުޒާހަރާ ފަށާނެ ސީދާ ގަޑިއެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ޙަރަކާތްތަކުގެ ތެރެއިން ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުންނާއި އެފަރާތްތަކަށް ތާއީދުކުރާ މީޑިއާތަކުން ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު، މީގެ ކުރިން ބޭއްވި އިދިކޮޅު ބައެއް ޙަރަކާތްތަކާއި ދިމާކޮށް ޕީޕީއެމް އިން ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާކަން ފާހަނގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަގުކަލޭގެ

    ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ..

  2. ބަލާބަލަ

    އެއްވުމަށް ނުކުންނަނީ އިސްލާމްދީނުގެ އަދުއްވުން ބުނުމުން މިއަދު އެއަޑު އިވޭނީ ވަރަށް މަދު ބަޔެކޭ. ދިވެހިންނަކީ އެއީ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ބަޔަކަށް ވާތީ ނޫންތޭ މީހުންގެ ބޭންކް ކާރޑުގެ މައުލޫމާތު ހޯދަން ވަގުން ތައް ބޭންކް މީހުން ކަމަށް ހެދިގެން ގުޅަނީ. އޭގައި ވެސް ގިނައީ ރާއްޖެތެރޭން މާލެ އަށް އަރާ ތިބި މީހުންނެވެ. ކަން މިހެން ހުރުމުން މިހުރިހާ އަންޑަރވޯލްޑް ވިޔަފާރި ތައް ގުޅިފައިވަނީ އެއީ މާލޭގައި ބޮޑު އަގުގައި ކުއްޔަށް އުޅޭ މީހުން ޕެނިކް ރޫމް އަށް ވައްދައިގެން މާލޭގައި ބިން ކުއްޔަށް ދޭ މީހުން މަލްޓި މިިލިއަނަރުންނަށް ބަދަލު ވަމުން ދާތީއެވެ. ކަން މިހެން ހުރުމުން މީ ހަގީގަތުގައި މިއަދު 15 ހާސް ރައްޔިތުން ރަސްމީ ސިފައެއްގައި ސަރުކާރުން އެކަން ހައްލު ކޮށްދޭން އެދިފައިވާ އެދުމަކީ. މިކަން ސަރުކާރުން ހައްލު ނުކޮށް ގެން އުޅެނީ ހައުސިންގް މިނިސްޓަރު އެކަން ކުރާނެ ކަމަށް ހީކޮށްތޯ އޭ އެކަން ނުކުރާނެ ހައުސިންގް މިނިސްޓަރު ވެސް އަދި އެހެން މިނިސްޓަަރަކު ވެސް އަމިއްލަ އަށް ފެނިގެން. ޔޫސޭ ގެ ކޮމެޑީ ފޯން ކޯލްގައި އޭނާ އެވާހަކަ ދައްކާ ރަނޑު ސްޓައިލް އިން މަމެންނަށް އެންމެ އަޅައިގަތީ މަނިކުފާނަށް ވެސް ނުގުޅުނުދޯ އަޅުގަނޑަށް ވެސް ނުގުޅެއޭ ދެން ވަކި އަޅުގަނޑު ކީއްތޯ ކުރާނީ ކިޔާ ދައްކާ ޑައިލޮގް އޭ. މީ އޭ މިނިސްޓަރުންގެ އެޓިޓިއުޑް އެން ބިހޭވިއަރ ހުންނާނެ ގޮތަކީ. ކަން މިހެން ހުރުމުން ރައީސް އޮފީހުން އެބަޖެހޭ ބޯލްޑް ޑިސިޝަންސް މިރޭ ނަގަން. މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަން މިރެެއިން މިރެއަށް ޕީޕީއެމް އިން ބާއްވާ ނޫސް ކޮންފަރެންސް ތަކުގައި އިއުލާން ކޮށްލަންވީ ސަރުކާރުން ކޮށްދީފައި ހުރި ކަންކަން ނޫން ކިޔަންވީ ނޫސް ކޮންފަރެންސް ތަކުގައި ސަރުކާރުން އަލަށް ރައްޔިތުންނަށް ކޮށްދޭނެ ކަންކަން މިނިސްޓަރުން ހަމަ ނޫސް ކޮންފަރެންސް ގައި ޕީޕީއެމް ޕީޖީ ގްރޫޕް ހާޒިރުގައި ބުނަންވީ އިއުލާން ކުރަންވީ ރައްޔިތުންގެ މޫނު މަތިން ހިނިތުން ވުން ގެނެސް ދޭންވީ. މިރާއްޖެ އަކީ އެއީ އެންމެހާ ރައްޔިތުންގެ ރާއްޖެ އެއް ކަން މިހެން ހުރުމުން މާލެ ސަރަހައްދުން ފްލެޓްސް ބޭނުންވާ ކޮންމެ މީހަކަށް ފްލެޓް މާލެ ސަރަހައްދުން ދިނުމަކީ އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރުގެ ޒިންމާ އެއް. މީ ޕީޕީއެމްގެ ރިޔާސީ ވައުދެއްވެސް މެ. މިކަން ނުކުރަންވީ ކީއްވެ. ހަމަ މިހާރު އިއުލާން ކޮށްލަންވީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމަށް 2019 ވަނަ އަހަރު ނިމުމުގެ ކުރިން. އަދި އެފަދަ ލިޔުން ތައް ފްލެޓްސް ތަކަށް އެދުނު އެންމެންނަށް ހަވާލު ކުރަން ފަށަންވީއޭ.

  3. މަޒް

    ހާސް ބޮޑުވާ ވަރަކަށް ޕްރެސް ކޮންފަރެންސް ގިނަވާނެ