ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މިހާރުގެ ވެސް މެންބަރު ރޮޒައިނާ އާދަމް އެދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.
މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ރޮޒައިނާ އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގައެވެ.
ރޮޒައިނާ ފުރަތަމަ ރައްޔިތުން މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވީ 2009 ވަނަ އަހަރު ޑީއާރްޕީގެ ޓިކެޓްގައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އެމްޑީޕީ އާއި ގުޅިވަޑައިގެން 2014 ވަނަ އަހަރު އެޕާޓީގެ ޓިކެޓްގައި ވާދަކުރައްވައިގެން މަޖިލިސް ގޮނޑި ދިފާއު ކުރެއްވިއެވެ.
މިފަހަރު ރޮޒައިނާ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު ރޮޒައިނާ އާއި ދެކޮޅަށް ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަހަރު ރޮޒައިނާގެ މައްޗަށް އިމާދު ޞާލިހް ކުރި ހޯއްދަވާނެ ކަމަށް ބައެއް ފަރާތްތަކުން ކުރިން ލަފާ ކުރިއެވެ.
މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީގެ ޓިކެޓު ނަޝީދަށް ލިބިެއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ދެއަރ އިޒް ސަމްތިންގް އައި ހޭވް ޓު ސޭ ޓު ޔޫ ކެނެރީގެ ނަޝީދު އެންމެ 250 ވޯޓް ލިބުނީ 5000 ވޯޓް ލާން ޖެހޭ މީހުންގެ ދާއިރާ އަކުން ތިޔާ އަދަދު ނުބެލެވޭނެއޭ އެއީ ދާއިރާގެ މެޖޯރިޓީ ކަމަށް އާއް ޔޫވޯންޓް ގެޓް %50 އާއް ޔޫވޯންޓް ގެޓް އިޓް އާއް ޔޫވޯންޓް ގެޓް އިޓް ކީޕް އިޓް އިން ދަ ކްލޯސެޓް އާއް މަމެން ގަބޫލެއް ނުކުރާނަމޭ ތިޔާ އަދަދު އެއީ އެލިޖިބިލް އަދަދެއް ނޫނޭ ތިޔާ އަދަދު ތަމެން އޮޅާލާށޭ އޮޅާލާ އޮޅާލާ އޮޅާލާ..
އިމާދަށް ވަރަށް ގިނައިން ރޮޒޭ ގެ ސަލާން. އިމާދުމެންކަހަލަ ވަތަނީ ފިކުރު ގެ މީހުންނަކީ މިގައުމުގެ ހަލާކު.