އެންޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.

ހަސަން ލަތީފް ވާދަކުރައްވާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ޕްރަައިމަރީގައެވެ.

ހަސަން ލަތީފް އެމްޑީޕީގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ.

ހަސަން ލަތީފް 2014 ވަނަ އަހަރު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވިއެވެ. އެފަހަރު ހުޅުހެންވޭރު ދާއިރާގެ ޕްރައިމަރީގައި ރީކޯ މޫސަ އާއި ވާދަކުރައްވާ އޭނާ ބަލިވިއެވެ.

ހަސަން ލަތީފް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވިއިރު މިދިޔަ އަހަރު އަލުން އެމްޑީޕީ ވެރިކަމަށް ގެންނަން އެންމެ ވަރުގަދަ އަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ހަސަން ލަތީފެވެ. ޕާޓީގެ ރައީސް ރާއްޖެ އިން ބޭރަށް އަރުވާލެވިގެން ހުންނެވުމުން ހަސަން ލަތީފްގެ ދައުރު ވަރަށް ބޮޑަށް ފާއިތުވި އަހަރުތަކުގައި ފެނުނެވެ.

ހަސަން ލަތީފް ވަނީ ކުރިން ވަޒީރު ކަން ވެސް ކުރައްވާފައެވެ.