ޤާނޫނީ ވަކީލް ހިސާން ހުސައިން އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިިފިއެވެ.
އޭނާ ވާދަކުރެއްވީ ތުޅާދޫ ދާއިރާގެ ޕްރައިމަރީގައެވެ.
މިހާތަނަށް ނަތީޖާ ލިބުނު ފޮށިތަކުން ހިސާން އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގައެވެ.
މީގެ ކުރިން ބޭއްވި މަޖިލިސް ދެ އިންތިޚާބުގައި ވެސް ހިސާން އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރެއްވިއެވެ. ނަމަވެސް އެއްވެސް ފަހަރަކު ކާމިޔާބެއް ނުލިބުނެވެ.
މިފަހަރު ތުޅާދޫ ދާއިރާގެ ޓިކެޓް ހިސާން ހޯއްދެވިއިރު އޭނާ ވަނީ ފާއިތުވި ފަަސް އަހަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުން ގިނަ މަސައްކަތްތަކެއް ނަޝީދުގެ ދިފާޢުގައި ކުރައްވާފައެވެ. އެހެންކަމުން އެމްޑީޕީ އާއްމު މެންބަރުންގެ މެދުގައި ހިސާން އަކީ މިހާރު ވަރަށް މަގުބޫލް ބޭކަނބަލެކެވެ.
ހިސާން ވާދަކުރައްވާ ތުޅާދޫ ދާއިރާ އަކީ އެމްޑީޕީގެ ތާއީދު ވަރަށް ބޮޑު ދާއިރާއެކެވެ.