ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މިހާރުގެ މެންބަރު ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ އަށް އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވެއްޖެއެވެ.

ދީދީ އާއި ވާދަކުރައްވާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ ވިޔަފާރިވެރިޔާ އަހުމަދު ރަޝީދު (ޗެކްމާކު އަހުމަދު ރަޝީދު) އެވެ.

އަހްމަދު ރަޝީދަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމަށް ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން އެމްޑީޕީގައި ރަޖިސްޓްރީ ވިއެވެ.

ރިޔާސީ އިންތިޚާބަށް ފަހު ބްރިގޭޑިއާ ދީދީ އާއި އެމްޑީޕީގެ ގުޅުން ހީނަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ދީދީ ހިތްހަމަނުޖެހިފައި ވަނީ އޭނާ އަށް ޑިފެންސް މިނިސްޓަރުކަން ނުދެއްވުމުންނެވެ. ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގަންނަވަން ދީދީ ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް ވެއެވެ.

ދީދީ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރު

    އިބްރާހިމް ދީދީ އަކީ އަސްލު އެމްޑީޕީގަ އޮންނަ އަންނިގެ ސެކިއުލާ ފިކުރުގެ ބޭފުޅެއްނޫން ، އެބޭފުޅާގެ އަކީ ވަތަނީ ދީނީ ރޫޙުގެ ބޭފުޅެއް ، އެހެންވީމަ ނާކާމިޔާބު ވީ