ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށް އެމްޑީޕީގެ ޕްރައިމަރީ ނާކާމިޔާބުވެއްޖެއެވެ.

ވައިކަރަދޫ ދާއުރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްފައިވަނީ ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.

ފިއްޓޭއަށް 472 ވޯޓު ލިބުނެވެ. ނާޒިމަށް ލިބިވަޑައިގެންނެވީ 335 ވޯޓެވެ. މުހައްމަދު މުސްތަފާއަށް 204 ވޯޓު ލިބުނުއިރު އަބްދުﷲ ޒަމީރަށް ލިބުނީ 25 ވޯޓެވެ.

ނާޒިމް މަޖިލީހަށް އިންތިޚާބުވީ 2014 ވަނަ އަހަރު އެވެ.

ވައިކަރަދޫ ދާއިރާ އަކީ އެމްޑީޕީގެ މެންބަރުން ގިނަ ދާއިރާއެކެވެ. އޭޕްރީލް މަހު އޮންނަ އިންތިޚާބުގައި އަދާލަތު ޕާޓީ އިން ވެސް ވައިކަރަދޫ ދާއިރާއަށް ވާދަކުރާނެއެވެ.