ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދަށް ވެސް އެމްޑީޕީގެ ޕްރައިމަރީ ނާކަމިޔާބުވެއްޖެއެވެ.

ކުރީގެ ބަންޑާރަނައިބު ދިޔާނާ ވާދަކުރެއްވީ ވިލިނގިލީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައެވެ.

ދިޔާނާ ވަނީ އިންތިޚާބުން ލިބުނު ނާކާމިޔާބީ ގަބޫލު ކުރައްވާފައެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓާއި އެކު އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.

ދިޔާނާގެ ފިރިކަލުން ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް ވެސް ވަނީ ޕްރައިމަރީ ނާކާމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރަގަޅު. މިހާރު ހުންނާނީ ރަގަޅަށް ރެވިފަ.

  2. ގޮޅާބޯ

    ޢަލަ ކެވިފަ ހުންނާނީ

  3. ކާރީ

    ރައްޔިތުން ނައް އެއްޗެއް ވިސްނޭހެން އެބަ ހީވޭ.

  4. ޖޮއްބެ

    ދެންއަވަހަށްދޭ ޖާޓޭ ގޮވައިގެން ހޮނޑައިދުއަށް. ގޮސް މިނިވަން މެންބަރެއްގެ ގޮތުގައި ހޮނޑައިދޫ ދާއިރާއަށް ކުރިމަތިލާ. ޙެހެހެހެހޭހޭހޭ ހޯހޯހޯހޯ?

  5. އަލީ

    އޭންދި ރީތިކުއްކާ ޖާބިރު