މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑާ) ކާމިޔާބު ކުރައްވައިފިއެވެ. އޭނާއާ ވާދަކުރައްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވަނީ އިންތިޚާބުން ބަލިވެފައެވެ.

އަނަސް ދިޔައީ ޕްރައިމަރީގެ ތިން ވަނަ އަށެވެ.

އަނަސް އަކީ ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހުނު ހަމައެކަނި ބޭފުޅާއެވެ.

މާފަންނު މެދު ދާއިރާގެ ޓިކެޓް ހޯއްދެވި ބޮންޑާ ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމައަށް މެންބަރުކަން ކުރައްވާފައެވެ. އެންމެ ފަހުން އޮތް އިންތިޚާބުގައި ވާދަކުރެއްވި ނަމަވެސް އޭނާއަށް އެފަހަރު ގޮނޑި ދިފާއެއް ނުކުރެވުނެވެ.

ބޮންޑާ އަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ބޮންޑާއަކީ މީހުންނަށް ވަރަށް ހެޔޮމީހެއް. ކުރިން އެދާއިރާގެ މެންބަރަކަށް ހުރިއިރުވެސް ފަގީރު ނިކަމެތިންނަށް ފައިސާގެގޮތުން އެހީތެރިވެދީ ހެދި.

  2. ބަޑި

    ކިޔެވުމަށްވުރެން މޮޅީ ނުކިޔެވުން ކަމަށް ގަބޫލު ކުރާ މީހުން ގިނައީ