އޮލިމްޕިކް ކޮމިޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމު ފުރުއްވަމުން ގެންދަވާ އަހްމަދު މަރުޒޫގު (މަރޭ) އެމްޑީޕީގެ ޕްރައިމަރީގައި ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

މަރޭ ވާދަކުރެއްވީ ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައެވެ.

މިހާތަނަށް ލިބުނު ނަތީޖާ އިން މަރޭ އަށް 454 ވޯޓް ލިބުނު އިރު ކުރީގައި އުޅުއްވާ ނިހާދު ވަނީ 910 ވޯޓް ހޯއްދަވާފައެވެ.

ނިހާދު ވަނީ 2014 ވަނަ އަހަރު ވެސް ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް އޭނާ އަށް މަޖިލިސް އިންތިޚާބު ކާމިޔާބެއް ނުކުރެވުނެވެ.

އެމްޑީޕީގެ ޕްރައިމަރީ އިން ބަލިވި މަރޭ އަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުން ފެނުނު ބޭފުޅެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރުންކުރުބެ

    ޚަލޯކިހިނެއް ތިވީ އަދިވެސް ނެއް ފެންވަރުން އު ޅޭ .

  2. ދދދދދ

    ރަނގަޅު. ވަރަށް ފޮނި އަރައިގެންތެޅޭ މީހެއް ތީ.

  3. ވައްޗިކިބޮޑޭ

    މަރޭ އެންމެ ފަހުން 2019 ގެ ކުރީން ފޭދޫއަށް އަރާލި ދުވަސް ހަނދާން ވޭތަ؟ ނިޒާންބެ ލީނަމަ ހޮވުނީސް!