ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ މެންބަރު އަލީ ނިޒާރު އެމްޑީޕީ ޕްރައިމަރީ ގައި ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ހިތަދޫ ދެކުނު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޤާނޫނީ ވަކީލް ހިސާންގެ ފިރިކަލުން އިބްރާހިމް ނާޒިލް އެވެ. ނާޒިލް އަކީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ ރައީސް އެވެ.

ނާޒިލްއަށް 806 ވޯޓު ލިބުނު އިރު ނިޒާރުއަށް ލިބުނީ 599 ވޯޓެވެ.

ނިޒާރުގެ އިތުރުން ބްރިގޭޑިއާ ދީދީ އަށް ވެސް ޕްރައިމަރީ ކާމިޔާބެއް ނުކުރެވުނެވެ. ނަމަވެސް ހިތަދޫ އުތުރު ދާއިރާއިން ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު އިބްރާހިމް ޝަރީފު އަދި މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާވެސް ވަނީ ޕްރައިމަރީ ޓިކެޓު ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގާއްގޫލާ

    އެންގްރީބާރޑް އެވަރަށް ފެލިިއެރުވީމަވެސް ބޭރު އަރުވާލީ! އަޅެ ދެރަވޭ. ހެހެހެ ސަޅި. ގާއް ގޫ ލިއޭ ވަރަށް ރިިތެނެމެއިޔަސް ވީވަރަ ދީ ކަލޯ؟ ކެކެކެކެ

  2. ބުރޯ

    ނާޒިލް މަޖިލީހައް ވަންނަނީ ގޭންގް ހިމާޔަތުގަ، ބޮޑުގޭންގަކައް ހަރަދުކުރާ ގޭންގް ލީޑަރެއް،،،އެލްޗަޕޯ...

  3. ޒުންނަވާރު

    ﷲ އަށް ޝުކުރުކުރަން އަނގަ ހަޑި ގޫބެރާ ކެޓިމެއި. ޢަފިރިންގެ ކަލްޓްގެ ވެރިއާއި ދިމާއް އެކްސްޕަޔަރ ވެފެއި ބެނީ. ކޮބާ ކަލޯ ކަންކާ އެކްސްޕަޔަރވީ. ޙައްހާ...