ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) އަށް ޕްރައިމަރީން ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިވަޑައިގެންފިއެވެ.

ރުކުމާ މަޖިލިސް މެންބަރުކަމަށް ހޮވިވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ. އެހެންކަމުން އެއް ދައުރަށް ފަހު އޭނާގެ މަޖިލީހުގެ ޚިދުމަތް މެދުކެނޑިގެން ދާނެއެވެ.

ޕްރައިމަރީގައި ލިބުނު ނާކަމިޔާބާއި ގުޅިގެން ރުކުމާ އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ރުކުމާ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދެވީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމުގެ ސްލޯގަން އެއް ބޭނުން ކުރައްވައިގެންނެވެ.

ރުކުމާ އަށް ޕްރައިމަރީ ނާކާމިޔާބުވި އިރު މިހާރު މެންބަރުކަން ކުރައްވާ ގިނަ ބޭފުޅުން ވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައެވެ.