މާލޭގެ ކާރޫބާރޫ ބޮޑު މަސްމާރުކޭޓު ސަރަހައްދުގައި މިއަދު ހެނދުނު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:05 ހާއިރު މަސްމާރުކޭޓު ކައިރީގައި އެކްސިޑެންޓެއް ހިނގި ކަމަށެވެ. އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން އެކްސިޑެންޓް ވި މީހާގެ ވިންދު ނުޖަހާ ކަމަށް" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ހޮސްޕިޓަލަށް ގެންގޮސް މީހާގެ ވިންދު ޖަހާކަމަށް ޑޮކްޓަރުގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންމޮހޮނު

    ވިންދު ޖަހާނިީ ކިހިނެއް ، ތިއޮތީ ސައިކަލަށް ވެފަ އޮތްވަރު ، މުއްގަޑު ފެލާނުވޭތީ ވާގޮތްގޮތް

  2. ގަޑި

    7:05 ނޫން 7:00 ގަ

  3. ކިޔާ

    ތިސައިކަލު ދުއްވަން އިން މީހަކަށް ސާބަސް...ތިއޮތީ ސައިކަލުގެ ކުރީކޮޅު ހިމުން ވެފައެއްނުން..އިބްރަތެއް ހާސިލްވާނެކަމުގެ އުއްމީދުކުރަން.އިންސާނުންނަށް ދޫނިސޫފާސޫފިއުދުހޭ ގޮތަށް އުދުހުމުގެ ގާބިލުކަން ދެއްވާފަ ނުވާކަމަށްޓަކާ އަހަރެން ހެއްދެވިފަރާތަށް ޝުކުރު ކުރަން.

  4. ހަކުލް

    ހިތާމައާ ހިތްދަތި ދުވަސްތަކެއް. ސޯލިހު އޮބޫ ކޮބައިތަ.

  5. ކަމަނަ

    ހިތާމަވެރި، ބިރުވެރި ދުވަސްކެއް .

  6. މޮއްބެ

    މި އިބޫއެއް ވެރިކަމަށް އައި ފަހުން ހާދަ ބަޔަކޭ ދޯ މި މަރުވަނީ... ވެރިން ސުންޕާވީމަ ވެސް މިހެން ވާނެ...