ގދ. ތިނަދޫ އިން ތިން މީހުންނާއެކު މާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން އެމްއެންޑީއެފް ރޭ މަސައްކަތް ފަށާފައިވާ އިރު، އެ ދޯނި ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުން ދަނީ "ފްރެޝް" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏަކީ މީގެ ތިން ދުވަސް ކުރިން މާލެ އައުމަށް ފުރި ދޯންޏެކެވެ. މިއަދު ދޯނި ފެނިފައިވާ އިރު، ދޯނިން ދަތުރުކުރި ތިން މީހުންވެސް ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދަމުންދިޔަ އިރު، ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓު ލިބިފައިވަނީ އިއްޔެ 18:45 ހާއިރުކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައިވާ ގޮތުގައި، އެ ދޯންޏާ އެންމެފަހުން ގުޅިފައިވަނީ މި މަހުގެ 16 ވީ ބުދަ ދުވަހު 19:11 ހާއިރު ގއ.ކޮލަމާފުށި ކައިރިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެ ދޯންޏަކީ ދިގުމިނުގައި 17 މީޓަރު ހުރި ބޭރުގައި ގަދަނޫ ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮންތާކުންތަ ފެނުނީ؟

  2. ސަޓޯ

    ގަދަ ކޯސްޓްގާރޑް އެންޑް ޕޮލިސް... ތިއީ އަހަރެމެންގެ ފަޙުރު..