މިއަދު ހެނދުނު މާލޭގެ ކާރޫބާރޫ ބޮޑު މަސްމާރުކޭޓު ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 7:05 ހާއިރު މަސްމާރުކޭޓު ކައިރީގައި ހިނގި އެކްސިޑެންޓެއް ގައި އަނިޔާވީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށާއި އެކްސިޑެންޓް ހިނގީ ޕާކު ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލެއް ޖެހިގެން ކަމަށެވެ.

"އަނިޔާވި ކުއްޖާ އަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެވެމުން, ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ޑޮކްޓަރުން ވިދާޅުވޭ" ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ލާމު

  ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވިއިރު ލައިސަންސްވެސް ނެތް ކުޑަ ޒުވާނެއް.

 2. ކުޑޭ

  ވަރަށް މަޑުން ދުއްވިކަން ފާހަގަކުރެވޭ ސައިކަލަށް ބަލާލީމަވެސް.

 3. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ކީއްވެހޭ މިހާކުޑަކުދިންނަށް ސައިކަލު ދުއްވެންވީ؟؟؟

 4. މުހައްމަދު

  ހަމަ ކޮންމެދުވަހަކު މިކަހަލަ މުސީބާތަކާ ކުރިމަތިލާން އެބަޖެހޭ ވަގަށްނެގި ސަރުކާރު ވުޖޫދުވީފަހުން ހިތާމަޔަކީ އަހަރެމެން އަމިއްލަޔަށް ބަދުނަސިބާ ކުރިމަތި ލާން ނިންމީ މިހާރު ކަންކަން ހުރިގޮތަށްބަލާނަމަ ކުރިޔަށް އޮތް ތަނުގަ އިތުރު ކަންކަން ދިމާވުން އެޖަށީގެންވޭ

 5. އިއްސެ

  ޕާރކުކޮށްފައޭ ނުބެނޭ... މަގުގެ އެއްފަރާތަށް ނުވަތަ މަގުމަތީ 'މުދާ އަރުވައިގެން" މަޑުކޮށްގެން އޮތް ލޮރީއެއްގައި ޖެހުނީއޭ ބުނޭ... އަދި ތަންކޮޅެއް މަޑީ ކަންނޭނގެ ދުއްވުނު.. ދެރަކަމެއް.... އެހެން މީހުންގެ ފުރާނައަށް މުދަލަކަށް ލިބިދާނެ ގެއްލުމަކަށް އަދި ކިޔެއްތަ، އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުމަކަށް ނުބަލާ ދުއްވާ މީހުން ވަރަށް ގިނަ. މަ ތިހައް އރާ އަމިއްލައަށް އެމީހުން ތަނަކަށް އުރި ފުނޑޭނެ ނަމައޭ... ވަރަށް ސަލާމް

 6. ޕީޖޭ

  ކުއްޖާ ގޯހެއް ނުވާނެ ޕާކުކުރި ޕިކަޕާއި ޓްރާންސްޕޯޓް މިނިސްޓަރ އަދި ރައީސަކަށް ހުރި މީހާ ޒިންމާ ނަގަންޖެހޭނެ..އަދި ކުޑަކުއްޖެއް ވީޔާ ޖެންޑާ މިނިސްޓަރ އިސްތިއުފާ އަށް ގޮވާ..ދިވެހިންގެ ފިކުރު

 7. Anonymous

  ީ will be there

 8. ދުންތަރި

  18 ނުފުރޭ ކުއްޖަކަށް ސައިކަލް ދިން ފަރާތްވެސް ޖަވާބުދާރީ ކުރުވން ޖެހޭ