ޤާނޫނީގޮތުން އުފެދިފައިވާ ދިވެހިރާއްޖޭގެ ސަރުކާރެއް މީގެކުރިން އެއްވެސް އިރެއްގައި ވައްޓާލެވިފައި ނުވާކަމަށާއި، ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއްކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
"ވަގުތު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މި ސަރުކާރު މަގުމަތިން ވައްޓާލަން ތާއީދު ކުރައްވަންތޯ އެއްސެވުމުން އުމަރު ނަސީރު ވިދާޅުވީ، އެއްވެސް އިރެއްގައި ދިވެހި ސަރުކާރު ވައްޓާލެވިފައި ނުވާ ކަމަށާއި، ވެރިކަމުގައި ތިބޭ ބޭފުޅުން އިސްތިއުފާ ދެއްވަނީ ކަމަށާއި، ނަމަވެސް މަގުމަތިން ސަރުކާރު ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއްކަމަށެވެ.
"ސަރުކާރެއް އެއްވެސް އިރެއްގައި ވައްޓައެއް ނުލެވޭ އިނގޭތޯ. ވެރިކަމުގައި ތިބޭ ބޭފުޅުން އިސްތިއުފާ ދީފައި ދަނިއްޔޭ އިނގޭތޯ،" އުމަރު ނަސީރު ވިދާޅުވިއެވެ.
ސަރުކާރު މަގުމަތިން ވައްޓާލުމަކީ ރައްޔިތުންގެ ހައްޤެއް ކަމަށް ވިދާޅުވެ އުމަރު ވިދާޅުވީ، "މަގުމަތިން ސަރުކާރު ވައްޓާލާ ހިސާބަށް އައީމާ، މަގުމަތިން ސަރުކާރު ވައްޓާލަންވެސް ވާނެ. އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްޤެއް،" ކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު ޤައުމުގައި އިއުލާނުކޮށް ޤާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރި ފަރާތްތައް ފުލުހުންގެ ބެލުމުގެ ދަށުގައިވާ މި ދަނޑިވަޅިގައި އުމަރު ވިދާޅުވީ، ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލަން ނުވަތަ ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ޔާމީން މިހާރު އިސްތިއުފާ ދެއްވަން ވެއްޖެ، ނޫނީ ހައްޔަރު ކޮށްފައި ތިބި މީހުން ދޫކޮށްލަން ވެއްޖެ. އެތަނުން ކޮންމެސް އެއްކަމެއް ކުރައްވަން އެބަޖެހޭ،" އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ ޖަލަށް ލާފައިވާ ފަރާތްތައް ދޫކޮށްލައްވަން ނޫވަތަ އިސްތިއުފާ ދެއްވަން ކަމަށް ވިދާޅުވެ އުމަރު އިތުރަށް ވިދާޅުވީ، "ޖަލުތައް ފުރިފައި ނޫންތޯ! މިއީ 1940 ގެ އަހަރުތަކެއް ނޫން. އެހާ ގިނަ މީހުން ޖަލަށް ލައިގެން ވެރިކަމެއް ނުކުރެވޭނެ،" ކަމަށެވެ.
ގައުމުގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން އެތައް ބަޔަކު ޖަލަށް ލައިގެން ކުރާ ވެރިކަމެއް ދިގު މުއްދަތަކަށް ދެމިގެން ނުދާނެ ކަމަށާއި، އެއީ މުޅި ދުނިޔެ ތަޖުރިބާ ކޮށްފައިވާ ކަމެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ވެރިކަމުގެ އިތުރު ދައުރެއް ރައީސް ޔާމީން ބޭނުންފުޅުނަމަ ސިޔާސީ ފަރާތްތަށް ބަލިކުރާނީ ޖަލުގައި ނޫން ކަމަށާއި، ސިޔާސީ ފަރާތްތައް ބަލިކުރަންޖެހޭނީ "ޕޮލިޓިކްސް" ގައި ކަމަށެވެ.
ދެން ފޮނިއުމަރު ދާންވީނު ސަރުކާރު ވައްޓަން އެއްކަލަ ހަރުގަނޑު ހިފައިގެން......؟؟؟
ކޮބާ ރިޝްވަތު ، އެކަމަށް ދާއީދުވީމާ ދޯ، އެމީހުން ދޫކުރަން އުމަރު ގޮވާލަނީ.
ޢުމަރާ ދެން ލަަލަލާ........ އިރާދުކުރެއްވިއްޔާ މަގުމަތިންވެސް ސަރުކާރު ނުވެއްޓޭނެ އިންޝާﷲ އުމަރު ތިއުޅެނި ވެރިކަމުގެ ދަހިވެތިކަމުގަ ތިކަމެއް އުމަރަކަށް ނުވާނެ . ވެރިކަމުގެ ވިސްނުންހުއްހުއްޓާލާ އުމަރޫ....
މަގުމަތިން ސަރުކާރު ވައްޓާލުމަކީ އެއީ ރައްޔިތުންގެ ހައްގެއް ނޫނޭ އެއީ ޚާއިނުންގެ ކަމެކޭ އެއީ ގައްދާރުންގެ ކަމެކޭ އެއީ ގައުމު ދެކެ ލޯބިނުވާ ބަތާހަރާމީން ދަ ހަރާމްކޯރޭ މެންގެ ކަމެކޭ. ޑޯންޓް ޔޫ ނޯ ދިސް ބެކް ބޯން މުގުރާ. ސްޕިންގް ހެޑް ބޭޑް ހެޑް އެން އެވްރީ ބޮޑީ އޮފް ދެމް ހޭޒް ގޯން ބޭޑް އެން މޭޑް އެން ކްރޭޒީ ޔޫ ނޯ އައި ރިއަލީ ހޭޓް ޓު ސީ ދިސް ޓައިޕް އޮފް ހަރާމްކޯރުން ދަ ބަތާހަރާމީން. އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އާއްހާއް އާއްހާއް އާއްހާއް އާއްހާއް. އުފުރާލާ އުފުރާލާ އުފުރާލާ މިރޭ މުޒާހަރާ ލީޑް ކުރަން ނިކުންނަން ތިބި އެންމެން އުފުރާލާ އުފުރާލާ އުފުރާލާ.
މިއީ މާއިނގިރޭސި ގޮލައެއް. ރޯންއިނދޭ ވެއްޓޭތަން.
ޢުމަރަށް އެގޭތަ ގާނޫނީ ގޮތުން އުފެދިފއިވާ ސަރުކާރެއް މަގުމަތިން ވައްޓާ ލުމަކީ ކޮންކަހަކަމެއްކަން. ފަޑިޔާރަކު ވިއަސް އެހެން މީހަކު ކަމު ގައި ވިއަސް ކުށެއް ކޮށްފިނަމަ ޖަލަށް ވެސް ލާން ޖެހޭނެ.!؟އަދި ހަރުގަޑު ކަންތަށް އޮތީ ކުރިއަށް. މަޑުން ހުރެވޭތޯ ބަލާ!
އުމަރާ އަނގަ މައިތިރި ކުރޭ. އެހެންނޫނީ ކުރިއަށް އޮތީ ހަރުގނޑު މައްސަލަ.
ސަރުކާރު ވައްޓާލާނީ ގާޒީންނަށް ރިޝްވަތު ދީގެނެއްނޫން. ރައްޔިތުން ނުކުމެ. މައްސަލައަކީ ގާއްޓޭއާއި ހަރުގަޑާއި މިހެން ގޮސް ގާފިލާއެއް ރިޝްވަތު ދީގެން ސަރުކާރު ބަދަލުކުރަން އުޅުނު ކަން
މޮޔަވޭ ސާއްލާ މުއްލާ
އުމަރުބޭ ތިބުނުއްވީ ތެދުފުޅެއް
އުމަރަކަސް ބުމަރަކަސް ހެޔޮ ތިމާ އާއި އެކަށީގެން ނުވާ ޒާތުގެ ވާހަކަ ނުދައްކާ ހޮރުތެރޭގަ އޮވެވޭތޯ ބަލާށެވެ. ރައީސަކީ އުމަރު ނަމަ ތިޔާގެ ތެރެއިން ކޮން ގޮތެއްތޯ ޗޫޒް ކުރައްވާނީ.؟
މިއީ އުނދުޅީގެ ދަނޑި މާ ދިގުކުރަންވީ ވަގުތެއްނޫން. 2018 ގެ އިންތިހާބުގަ ވާދަކޮށްލާ ވެރިކަން ބަދަލު ކުރަންޏާ. ޖަންގަލީގެ ވައްތަރަށް މަގުމަތިން ވައްޓާލައިގެން ނޮޅާ ކާ ހުސްކުރާ ޒަމާނެއް މިހާރުނެތް. ޑިމޮކްރަސީއަކީ ލިޔެފައިވާ ގާނޫނުގައި އޮތް ގޮތަށް ކަން ކުރުން. މަގުމަތިން ވައްޓާ ބާބެއް/މާއްދާއެއް ނެތް އެއްވެސް ގާނޫނެއްގައެއް.
ކޮބާ.. މަބުނީމެއްނުން ކުރީދުވަހު އުމަރު މިހާރު ނުކޮށް ހުރިކަމަކީ ޒުންބާކުލާހަށް ނުދާކަން އެކަންޏޭ.. މިބަޢާވާތަށް ތާއިދުކުރާނީ މިކަމުގަ ހޭކިފަހުރީމަ... ރނަޝީދަކީ ކޮލަރާއޯ.. އެކޮލަރާ އާއި ގުޅިފަ ހުރި ގާސިމުގެ އެޑުވައިޒަރަކީ މީނަ.. އެހެންވީމަ މިއީ މީނަގެ ލަފާގެ މަތިން ހިންގާ ބަޢާވާތެއްތާ.... އުމަރާ ހޭކެޑެން ނޫޅެ ހަމަޖެހިގެން ޓީވީ ބަލަން ގޭގައޮވެބަލަ... ރޔާމީނަކީ ތިކަހަލަ ދެއުޅިއެއްނުވާ ފޮނިކަޑާމީހެއްނޫން.. ﷲއިރާދަ ކުރެއްވިއްޔާ ތިކުޅެންއުޅޭ އެއްކުޅިއެއްވެސް ނުކުޅެވޭނެ.. ﷲވެރިކަންދެއްވަނީވެސް އެވެރިކަން ދިފާއު ކޮއްދެއްވާނީވެސް ﷲ.... މީނަގެ މިޒާތީ ހަސަދާއިގެ ސަބަބުން އަހަރެން ވަރަށް ފޫހިވޭ... ކުރިން މަރަށް ތާއިދުކުރިން މީނައަށް.. ކާލާމަންނަ ހަކުރުލާންދޭ... ދުވަހަކުވެސް ﷲއިރާދަ ނުކުރައްވާށި މިބައިގަޑަށް ކާމިޔާބެ.. މިއީ ހުސްގައްދާރުން...
ޜައްޔިތުންނަށް ލިބޭނީ ގާނޫނުއަސާސީގައި ބަޔާންކުރާ ހައްގުތައް. ތިޔަބުނާ ހައްގެއް ބަޔާނަ ކޮށްފަ ގާނުނު އާސާސީއަކު ނެތް. ޢޯކޭ ނަސީރު
ތީހަމަ އުމަރު ބުނި ވާހަކައެއްބާ. ފުރަތަމަ އުމަރު އަށް ކޮއްލާ ސުވަލަކީ މިއަދު ރައީސް ކަމުގައި އުމަރު ހުރިނަމަ އިސްތިއުފާ ދޭނެތޯ. ރައީސް ޔާމީން އަށް ގޮވާލަން އުމަރު ހަރުގަނޑު މައްސަލަ އަވަހަށް ބައްލަވާ ދެއްވުން. މަ ހެކިބަސް ދޭނަން އެހެން އުމަރު ބުނި އިރު މަހުރިން ކައިރީގަ.
ފުރަތަމަ ކަމަކީ އުމަރަކީ މީހުން ފުރޭމް ކޮށްގެން ހައްޔަރު ކުރާހާ ފިނޑިއެއް ނޫން.. ކުށްވެރިންގެ ފައިގައި ޓެގު އެޅުވިއިރުވެސް ނުލާހިކު އިންސާފުވެރިވި.. ރައީސްމީހާގެ ޕާޓީ ކުއްޖަކު ފައިގަ ޓެގު އެޅުވި ހިސާބުން މައްސަލަ ގޯސްވީ..
ބުނަންތަ ވާހަކައެއް ދިވެހިރާއްޖޭގެ ސަރުކާރު ކޮއްމެ ސަރުކާރެއް އޮތަސް މަގުމަތިން ވައްޓާލުމާ އަހަރެން ދެކޮޅު. އެހެން ވަންޏާ ސޯމާލިޔާއަށް ވީގޮތް މިތަނަށްވެސް ވާނީ. އިންތިހާބު މިއޮތީ ހައެއްކަ މަހަހށްވެފަ ދެން ހިނގާބަލަ ވޯޓުން މިކަން ކުރަން. މަގުތަކަށް ނިކުމެގެން ލިބޭނީ ހުސް އަނިޔާ. އެއްވެސް ބައެއްގެ އަޅުވެތިކަމަކަށް ދާކަށްވެސް އަހަރެން ތާއީދެއް ނުކުރަން
ކަލޭ ތަޅަނީ ހުސް އަނގަ! ކަލެއަށް ވަނީ ކޮންކަމެއް!
އުމަރާ! ތިހެން އުޅެނިކޮށް ހަރުގަނޑުން ވެއްޓިދާނެ! އެ ޖަލަށް ދިޔަ މީހުން ބުނީ އެއޮއްވަރަށް މީހުންއަޅާ ފުރާފައި ހުރި އިރުވެސް އެބަހުއްޓޯ ބޮޑު ބޭކަލަކަށް ހުސްކޮށްފައިހުރި ގޮޅިއެއް! މީހުން ކައިރީ ކުޑަކޮށް އަހާލަބަލަ ޖަލުގައި ހުސް ގޮޅިއެއް އެ ހުންނަނީ ކާކަށްތޯ!
އުމަރު ވިދާޅުވިއަސް ސަރުކާރު މަގުމަތިން
ވައްޓާނުލެވޭނެއެވެ އަދި ރައީސް ޔާމީން
އިސްތިއުފާވެސް ނުދެއްވާނެއެވެ އަދި ޖަލުގައި
ތިބި ކުއްވެރިންވެސް ދޫ ނުކުރާނެއެވެ އަދި
ދެވަނަ ދައުރަކަށް ރައީސް ޔާމީން ވެރިކަންވެސް ކުރައްވާނެއެވެ އުމަރު ތިޔައީ
ދެފުއް ކެހެރިއެކެވެ.
ވެރިކަމަށް ކުރިމަތިލާގެން ބާތިލް ވޯޓާއި ވާދަކޮށް ބަލިވި ގޮތް ހިތުންނުފިލާގެން ތިއުޅެނީ..
ކަލޯ ކަލޮޔަކަށް ނޭންގޭނެ ގުނބޯ ހެދެން ނޫންގޮތެއް ތިމާ މީ ހީކުރަނީ މަތިން ފުއްމާލައިގެން އުޅޭމީހެއްހެން ބަލަ ކަލޯ ކިޔަވައިފައި އޮތް ޑިމޮކްރަސީގައި އޮތީ ރައީސަކު އިންތިޚާބު ކުރަން މަގުމަތިންތަ!
އަމިއްލަޔަށް ކިޔޭނުކިޔޭ އެއްޗެއް އެބަ އިނގޭބާ އުމަރުގެ ވެސް ތާއީދު ގެއްލޭނީ ތިކަހަލަ އެއްޗެހި ކިޔަންޏާ
ފައިވާނުގެ ވަދު ދާނީ މަގުމަތިން ވައްޓަންޏާ.
އަގަ ތަޅަނިކޮށް ދެން ފެންނާނީ ފުރިފައޮތް ޖަލުގެ ފުރާޅު މައްޗަށް އުމަރު ލާ ތަން.