ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން ބުނެފިއެވެ.

ރޭ ގާތްގަނޑަކަށް 12:05ހާ އިރު، ކުޑަކުއްޖަކަށް ހަމަލާ ޒަޚަމް ކޮށްލައިފައިވާ އިރު، އެ ކުއްޖާއަށް އަށް އޭޑީކޭގައި ފަރުވާދީފައިވެއެވެ. ކާނިވާ ސަރަހައްދުގައި ހިނގި މާރާމާރީގައި ކުޑަކުއްޖަކު ޒަހަމް ކޮށްލާފައިވާ އިރު، އެ މައްސަލައާ ގުޅިގެން މިހާރު ވަނީ މީހަކު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މާލޭގައި ހިންގާ މާރާމާރީތަކުގައި އެކިއެކި ގޮތްގޮތުން ކުޑަކުދިން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރު ތެރޭގައިވެސް ކުޑަކުދިންތަކެއް ވަނީ ނުރައްކާތެރި މާރާމާރީއެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަވްބެ

    ތިބުނީ ކުޑަކުދިންގެ ވާހަކަ. ކުޑަކުދިންވީމާ އުޅޭނީ އެހެންނޭ. އެއީ މައްސަލައެއްނޫން. 40 އަހަރު ވެލީމަ އެ ބޮޑުވީ. އޭގެ ކުރިން އެންމެންތިބޭނީ ކުޑަކުދިންގޮތުގައި. އެއްކުޖެއް އަނެއްކުއްޖަކާ ތޮޅޭނެ. ތީ އަބުއިކަމެކޭ ބުނީމާ ރަނގަޅުވާނެ.

  2. މުހައްމަދު

    އެނިމުނީ މާދަން ވާނީ މެންބަރަކަށް ދެންކުރާނީދޫ އޭގެފަހުގަ އެކަހަލަ ކިތަންމެ މާރާމާރީއެއް ހިންގާ އެތައްބަޔަކު މަރާ ޒަހަމްކުރާނެ ބޮޑުވަރަކަށް ބުނާނީ ސާބިތުވާވަރުގެ ހެއްކެއްނެތޭ ހައްގުތަކޭ އަނިޔާއޭ އަނިޔާލިބޭމީހުންނަކަށް އިންސާފުލިބޭނީ މައްސަލަ އޮއްބަން މިހާރު އަމުދުން މިނޫންގޮތެއް ނުވާނެ އަދާލަތު އެހުރީ ހުރިހާކަމަކަށް އިންސާފުކުރަން އަނެއްކޮޅުން ޔުނީފޯމް ލައިގެން ވެރިޔަކަށް އެހުރީ އެކްޓިވިސްޓެއް ކީކޭބުނާނީ ބޯހަލާކު ހެހެހޭ

  3. ބޮލި މުލައް

    ތީ 100 ދުވަހުގެ ވައުދުގައި ހިމެނޭ ކަމެއް