ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިޙް އިސްވެ، ސަރުކާރު ހިންގާ ކޯލީޝަންގައި ތިއްބެވި ހަތަރު ލީޑަރުންނާއެކު އަވަސް މަޝްްވަރާތަކެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ، ޖުމްހޫރީ ޕާޓީ މެންބަރު އަލީ ހުސެއިން ގޮވާލައްވައިފި އެވެ.
ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ އަލީ ހުސެއިސް މިކަމަށް އެދިވަޑައިގެންފައިވަނީ، ކޯލީޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމުގެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވަމުންދާ ދަނޑިވަޅެއްގަ އެވެ.
އަލީ ހުސެިއން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، " ކޮންމެ އުނދަގޫ ވަގުތަކުވެސް އިތުރަށް ވިސްނުން އިސްކުރަންޖެހޭނެ، ގައުމުގެ ހައްގުގައި އަދި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ގުޅޭގޮތުން، ރައީސުލް ޖުމްހޫރިއްޔާ އިސްވެ، ލީޑަރުންގެ މެދުގައި އަވަސް މަޝްްވަރާތަކެއް ބޭއްވުން ރަނގަޅުވާނެކަމަށް ދެކެން،" ކަމަށެވެ.
Undhagoo konme vaguthakuves ithurah visnun iskuran jeheyne. Gaumuge haqqugai adhi rayyithunge haqqugai kuranjehey masakkai thah kuriyah gendhaane gothakaai gulhey gothun Raeesul Jumhooriyyaa isve, leaderunge medhugai avas mashvaraa thakeh beyvvun rangalhuvaane kamah dheken.
— Ali Hussain (@AleeVoice) January 19, 2019
ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓްނަރ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.
"ޖޭޕީއަށް މި ޖެހުނީ މިފަހަރު ވެސް ސަލާން ޖަހަން، މަޖިލީހުގެ ގޮނޑިތައް ކުރިމަތިލުމުގައި ޖޭޕީއާއެކު ގުޅިގެން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައީން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފައެވެ.
ގާސިމް މަނިކް ފާނަކީ ރައްޔިތުން ނަން ހެޔޮއެދޭ ކަމަށް ހެދިގެން ރައްޔިތުންގެ ބޮލަށް ބިލުކަޑާލާ މީހެން! ތަރައްގީގެ ނަމުގައި ވެރިކަން ކުރާ ޕާޓީ ތަކާއި .އެކު މަސައްކަތް ކޮންފަ އެންމެފަހުންވެސް 80މިލިއަން އަން ބިލުހަދާ ފައިސާ .ނޫނީ އޭގެ ބަދަލު ނެގީ.ކޮބާ ޔާމީން ގެ ތެލުގެމައްސަލަ އޮންބާލަން ވަހީދުގެ ސަރުކާރުގައި .ޖެހި މަޅި. މަނިކުފާން ވެސް އެތެލުގެ ބޭނުން ކޮންގެން ތިހުރީ ރަންޔިތުންގެ ލާރި ދީގެން ވަހީދު ބޮލަން އެރިގެންސިންގަފޫރުގެ ކޯޓުގައި އޮތްމައްސަލައެއް އޮއްބާލީ
ކިތައްމެ މަސައްކަތެއް ކުރިޔަސް ތިފަޅައިގެންދާނެ. ??????????????????????????
)
އަލީ މަޝްވަރާއަކުން ނުކުންނާނެ ދިޔައެއް ނެތް.
އަސްލުގަ އެމް.ޑީ.ޕީގެ މެންބަރުން ޤަބޫލްކުރާގޮތުން 7 އަހަރު އެބޭފުޅުން ފަރުދީގޮތުން އަދި މާލީ ޚަރަދުކޮށް މެދު ނުކެޑި 7 އަހަރުގެ ހަރަކާތަތައް ހިންގި ގެއްލުނު ސަރުކާރު ހޯދަން ؛ އަދި މިހާރުވެސް އެމީހުންނަކީ އެތެރެފުށުން އޮނަރަބަލް ޤާސިމްގެ ދުޝްމަނުން. ޖޭޕީ ހަމަ ކެރިގެން ވަރު ދަމާލަންވީ. ރާއްޖޭގެ އާބާދީގެ ގިނަބަޔަކު ޤާސިމަށް ސަޕޯޓްކުރޭ. ބޭނުންވަނީ ވަރުގަދަ ޓީމެއް. މިޤައުމުގަ އަދިވެސް ޤާސީމް ވަރަށްބޮޑް އަގުގަ ސިޔާސީގޮތުން ވިއްކޭނެ. އޭގެ ސަބަބުތައް.
1 . ޤައުމީ ވަތަނީ ލޯބި
2.ދީލަތިކަން
3. ވަރުގަދަ އަޒުމެއްގަ ހުރުން
4.ކިބުރުވެރިކަމެެނެތުން
5. އެންމެ އާދައިގެ މީހާއަށްވެސް ކަމޭހިތުން.
6. ޤައުމުގެ ކަންތަކާ ބޭރުމީހުން ބެހި އަތްބޭނުމަށް ފާޅުގަ ދެކޮޅު ހެދުން.
މީހާއަށްވުރެ ބޮޑެތި އައިނުއަޅައިގެން ހުސް އަނގަ ތެޅުމުގެ ބޭނުމެއްނެތް
އަލީ ހުސޭނަކީ ހިތުގެ އެންމެފުންމިނުން އެމްޑީޕީ މީހެއް އަދި ކަމުން ޖޭޕީ މީހެއް މީހަމަ ފައްކާ ދެފުއްކެހެރި ގަނޑެއް މިކލޭގެ ލީޑަރުންގެ މަސްވަރާއަށް ގޮވާލުމަކީ ޖެޕީއަށް ހަރާންކޯރުވުން މީނަޔަށް ނުފެނޭތަ ވަމުންދާގޮތާއި ހަދަމުންދާގޮތް އަދިވެސް މަސްވަރާއަށް ތި ގޮވަނީ ހަމަ މިހާރު ޖޭޕީއިން ކަލޭ އިސްތިއުފާ ދިނުމަށްގޮވާލަން.
ދެއުޅިއެއްނުވާ ފަސްލީޑަރުން ( އަންނި ، މައުމޫނު ، ޤާސިމު ، ޢިމްރާނު ، ޝިޔާމު ) އެކީއެކައްޗަކަށް ބޮޑުރޯނުން ބަނދެވިގެން ތިއްބަސް އިންޝާއަﷲ ތިޔަ ރޫޅޭނެ! މިހާރުވެސްވަނީ ރޫޅިފަ! ތިޔަ ކޭމުން މައުމޫނު ބޭރުވާދުވަހަކީ އަހުރެމެން ކޭން ކައްކާނޭ ދުވަހެއް! އިންޝާއަﷲ އެދުވަސް ފެންނާނެ!
ކާފަރުންނާ ގުޅުމުްން ތިބާވަތުގެ ހުރިހާ ކަމެއްވެސްވާނެ
ކަލޭ ތީ ކޮންމެ ތާކު ހުއްޓަސް ލާދީނީ ރީނދޫ ބައިގަނޑު މީހެއް. ދާން އުޅޭ. ދަހިވެތި މީހާ ތިިހުންނަނީ ގާސިމް ކައިރިން ލިބޭ މަންފާއާހުރެ.