އަނިޔާވެރިންނާއެކު ބައިވެރިވެ މަސައްކަތް ކުރުމަކީ "ޗޮއިސް" އެއް ނޫން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ ޖޭޕީ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވިދާޅުވެއްޖެއެވެ.

އަބުޅޯ މިހެން ވިދާޅުވީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރައީސް ޔާމީން އާއި އެކު ކޯލިޝަން ހަދަނާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށެވެ.

އަބުޅޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އެ ދުވަސް" ހަނދާނެއް ނުނެތޭ ކަމަށާއި އަނިޔާވެރިންނާއެކު ބައިވެރިވެ މަސައްކަތް ކުރުމަކީ "ޗޮއިސް" އެއް ނޫން ކަމަށެވެ.

ބެލެވޭ ގޮތުގައި އަބުޅޯ ފާހަގަކޮށްފައިވަނީ ޕީޕީއެމުން ނިކުމެވަޑައިގަތް 12 މެމްބަރުންނަށް އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ފިއްތުންތަކުގެ ވާހަކައެވެ.

އެކޮޅުކޮޅުން އެލުވާފައި ކާޅަށް ކޮށާ ކާންދިނަސް ޔާމީނާ އެއްކޮށް މަސައްކަތް ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވި ގާސިމް ރޭ ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުމުން ޖޭޕީ މަގުމައްޗަށް ނެރެ އެއްލާލާފައި ވާތީ ޖޭޕީ އާއި ގުޅިގެން މަޖިލީހަށް ކުރިމަތިލުމަށް ހުރިހާ ބަޔަކާއި ވާހަކަ ދައްކަން ޖޭޕީ ތައްޔާރު ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ވިދާޅުވެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ.

ގާސިމް ވަނީ ކޯލިޝަންގެ އެއްބަސްވުމާއި އެމްޑީޕީން ޚިލާފުވުމުން އަހުދާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާޅު ބޯއީ

    ކޮއްކޯ ސިޔާސީ ގޭމްތަކަކީ އެހެން އޮންނަ ކަމެއް. ވެދިޔަތަން ވެދިޔައީ. މިއަށްވުރެ ރަނގަޅު ގޮތެއް އޮތްނަމަ ހޯދުމަކީ އެންމެ ބުއްދިވެރި ގޮތް. ޔާމީނަކީ ސަޕޯޓަރުން އޮތް މީހެއް. ޖޭޕީ ގުޅިގެން މަސައްކަތް ފަށައިފިނަމަ ކުރިމަގު އުޖާލާވާނެ މުޖައްރިބު.

  2. ނާބަ

    މަނަވަރު ފެތޭއިރުވެސް ބޭންޖަހާލަ ޖަހާލަތިބޭ. ޢެއީ އިގިރޭސިންގެ ގޮތަކީ.

  3. Miadhu

    އަނިޔާވެރިންނާއި ބައިވެރިވުމަކީ ޗޮއިސްއެއްނޫން މުނާފިގުންނާއިބައިވެރިވެ ދެމިތިބުމަކީ ޗޮއިސްއެއްތޯ؟

  4. Anonymous

    ޗޮއިސްއެއްް ނޫނިއްޔާ ރަށުގަ މަސްކަނޑަން ހުރޭ. ޕީޕީއެމްއާނުލާ އަބުޅޯއެއް ނުހޮވޭނެ.

  5. ލަބީބު

    ކަލޭތިޔަބުނީ ރައީސް ޔާމީން ކަލެޔަށް ބޭނުންވާވަރަކަށް ފައިސާ ނުދެވޭނޭ ވާހަކައެވެ. ފައިސަ ގިނައިން ދިނީމަ އަނިޔާ ނިޔާއަށްވެ ، ބަނގުރާ ރާހުތަށްވެ ، އަލިފާން ފެނަށް ވާނެއެވެ. ތިޔަ ފާޑުގެ މީހުންނަކީ ދުނިޔޭގެ ހުރިހާތަނެއްގައިވެސް ހުރިހާ ޒަމާނަކުވެސް އުޅުނު އަދި އުޅޭބޭ ބަޔެކެވެ.

  6. Anonymous

    އަމިއްލަ ގޮތުން ނުކުމެގެން ނުހޮވޭނެ. ޢެމްޑީޕީ ވޯޓެއް.ނުލިބޭނެ. ޖޭޕީ އެކަނި ވޯޓުން ހޮވޭނެ ކަމައްތަ ހީކުރަނީ

  7. Anonymous

    ގައުމައް ގައްދާރުވި 12 މެމްބަރުން ނުހޮވޭނެ. ޢޭގެ ހެތްކެއް މުހައްމާ ޕްރައިމަރީން ބަލިވީވެސް

  8. ފެންމީރު ރީތިރަށް

    ދީނަށް ފުރައްސާރަ ކުރާމީހުން ނާބައިވެރި ވުމަކީ ޗޮއިސްސެއްނޫން. އެންމެ ބޮޑެތި އަނިޔާވެރިން ނަކީ ﷲ ގެ ދީނަށް ފުރަށްސާރަކޮށް އެކަލާނގެ ހުކުމް ފުޅުތައް ބަދަލުކުރުމަށް ގޮތްކިޔާ މީހުނާ، އިސްލާމީ ޝަރިއްޔާ ހިންގުމަށް ހުރަސްއަޅާ، އެޝަރިއްޔާ އިންކަޑައަޅާފާއި ހުކުމްތައް ތަންފީޒު ކުރުން ލަސްކުރެވޭނެ މަގުތައްހޯދާއި، އެ ހުކުމްފުޅުތައް ތަންފީޒު ކުރުން ދިގުދަންމާލެވޭނެ ގޮތުގެ ލަފާދިނުން

  9. ނަޝީދު

    ތިބުނާ ކިތައް ހުކުމް ޔާމީންކުރިތަ؟ ރަގަޅު އެކަކުވެސްނެތް

  10. ސަންގުގެރި

    ލާދީނީ މަގުފުރެދިފައި ތިބި އެމްޑީޕީ ފިކުރަށް ތަބާވުމަކީ ޗޮއިސް އެއްނޫންތޯ ކަލޭގެ ދީނާއި މެދު ވިސްނާލިންތަ ބަލަ ރައީސް ޔާމީނަކީ މިއަދު ގިނަމީހުން ސަޕޯޓުކުރާ ވެރިއެއް.

  11. ހަސަން

    އެންމެ ބޮޑު އަނިޔާއަކަށް ވާންވާނީ މުޅި ދިވެހިންނަށް ދެވޭ އަނިޔާ. ރާއްޖޭގައި ލާދީނީ ހަރަކާތްތައް ހިންގުމާއި ރާއްޖޭގެ މިނިވަންކަން ވިއްކާލުން އެއީ މުޅި ދިވެހިންނަށް ދެވޭ އަނިޔާއެއް. މިދެކަންތައްވެސް އެމްޑީޕީއިން ކޮށްފި. ވީމާ އިދިކޮޅުވާންވީ ލާދީނީ އެމްޑީޕީއާ.

  12. ބެއްޔާ

    އަހަރަމެންނަށް އަނިޔާވެރިވިކަންވެސް ހަނދާނުގައި އެބަހުރި. ތިނަދޫގެ ކައުންސިލަށް ޕީޕީއެމް މެމްބަރުން ނުހޮވުނީ އަބުޅޯ ސައުދު ޕާޓީއަށް ގައްދާރުވުމުގެ ސަބަބުން. އެކަން އެބަހުރި ހަނދާނުގަ. އެމްޑީޕީ ޕްރައިމަރީގަ ބަލިވި މީހާއެކު ކޯލިޝަން ހދައިގެން މެމްބަރުކަމަށްއާދޭ. ބަލަން މިތިބީ ގައްދާރު

  13. ސައިބޯނި

    ޕީޕީއެމުންވަކިވީ ސަރުކާރުވައްޓާލަން ލައްކަގިނަ ރުފިޔާ ލިބުމުން. ގައްދާރުންނަކީ ޗޮއިސެއްނޫން. އެކަން އެބަހުރި ހަނދާނުގަ.

  14. ސައިބޯނި

    މިފަހަރު ފެއިލްކޮށްލާނީ. މެމްބަރުކަމުގަ އުޅެވިއްޖެނުން. މިހާރުތީ ޗޮއިސެއްނޫން.

  15. ޙސހސހ

    އަބުޅޯ ތީ ކާކު. ވަރަށް މުނާފިގު ގޮލަޔެއް. ޕީ.ޕީ.އެމް އަށް ސޮއިކުރި ހަފްތާނޫން އަނެއް ހަފްތާގަ ޝެންޕަލް ކެފޭ ގަ އިންދެގެން ސޮއިކުރި ޕާޓީޔަށާއި ޕާޓީގެ މުޝްތަޝާރަށް ނިސްބަތްކޮށް އެއްޗެހި ކީއަޑު ޖެހިގެން އިން މޭޒުގަ ކޯފީބޯން އަޅުގަނޑު އިނދެ އަޑުއެހީން. މީ މިމީހުންގެ މުނާފިގުކަން އަރާފަ ހުރި ހިސާބު.

  16. ރިޔާޟު

    ސާފްބަހުން މި ބުނެ އަންގަނީ ކަލޭ ނޮވާނަމޭ! ކަލޭތީ ރައީސް ޔާމީނަށް ލޮޓިދިނުމުގެ އެކެކޭ! ރުފިޔައަށް ންފުސުވިއްކައިލި މޮޔައެކޭ! ރަގަޅުވާނީ އަދައިގެ ގޮތެއްގައި ހުރުނމޭ!

  17. ބެއްޔާ

    ކަލޭ އިށީންނަށް އަމިއްލައަށް ގޮނޑިއެއް ޖަހަންފެނޭ. ފިސާރި ގަދައަށް ސޮޕްންޖްޖަހާފަ

  18. Anonymous

    ބަލަ އަބްޅޯ ތިމާމީހާ ގާސިމް ޢަށް ދޯކާދީފަ ފިލަން ދުވި ހަންދާން ނެތުނީތަ؟މިވެސް ދެން މާވެގަނެގެން އުޅޭމީހެއް .އަތުގައި ރުފިޔާއެއް އޮވެގެން ނޫން މަޖްލިސް އައީ ،ނުލާހިކު ނިކަމެތި ކޮއް އުޅުނުމީހެއް ގާސިމް ނަގާ ގޮނޑީގައި ބޭންދީމަ ...
    ތިޔަވާހަކަ ދައްކަން ލަދުގަނެބަލަ