ހުކުރު ދުވަހު ބޭއްވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މަޖިލީހުގެ ޕްރައިމަރީ އިންތިޚާބުން ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާވެސް އަވަހަކަށް އެމަނިކުފާނާ ގުޅުއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިލައްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވި މެންބަރުންނާ މުޙާޠަބު ކުރައްވަމުންނެވެ. މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީން ނަގަން ޖެހޭނެ ކަމީ އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިފައި އޮތް ކަމަކަށް ނުވާނެ ކަމަށާއި، އެންމެންގެ މަސައްކަތުން އެކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ޕާޓީ އޮތީ އެންމެ ފުރިހަމައަށް އިންތިޙާބަށް ތައްޔާރު ވެފައި ކަމަށާއި، ނާކާމިޔާބުވި ކެނޑިޑޭޓުންވެސް ކާމިޔާބުވި ކެނޑިޑޭޓުންނާއެކު މަަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔާބުވި ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ކެމްޕޭން ކުރިއަށް ގެންދިޔަ ޓީމުން ވީ އެންމެ އަވަހަކަށް އެމަނިކުފާނަށް ގުޅުއްވުމަށެވެ.

އެމަނިކުފާނު ވަނީ މިއަހަރުގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް އެޕާޓީގެ މެންބަރުން ގުޅިގެން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ނަޝީދުވެސް ވަނީ ވާދަ ކުރައްވާފައެވެ. އެ މަނިކުފާނު ވާދަ ކުރެއްވި ދާއިރާ މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ވަނީ އައިޝަތު އަލައިކާއާއި ވާދަ ކުރައްވައި ކާމިޔާބު ކުރައްވާފައެވެ. އަދި ހަމައެހެންމެ އައިޝަތު އަލައިކާވެސް ވަނީ ހުކުރު ދުވަހު ބޭއްވި ޖަލްސާގައި އެމަނިކުފާނަށް ތަޢުރީފު ކުރައްވާފައެވެ. އަލައިކާ ބުނެފައި ވަނީ ޕްރައިމަރީގައި ވާދަކުރީ ރައީސް ނަޝީދާއި އެމްޑީޕީ ތަޖުރިބާ ކޮށްލުމަށް ކަމަށާއި މި ޕްރައިމަރީ އަކީ ޑިމޮކްރަސީގެ ރީތި ނަމޫނާއެއް ކަމަށެވެ.

މަޖިލީހުގައި ނަޝީދަށް ވާދަ ނުކުރެވޭ ގޮތް ހެދުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ހުށައަޅުއްވާފައިވާ އިސްލާހަށް ފާޑު ކިޔަމުން އަލައިކާ ބުނީ ނަޝީދަށްވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށާއި، އަދި އެންމެން ގުޅިގެން ނަޝީދަށް ގޮނޑި ކާމިޔާބު ކޮށްދިނުމަށް ވެސް އަލައިކާ ގޮވައިލައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޕޮފުބާ

  ގަދަބާރު މީހުން ނުހިފެއްޓޭނެ

 2. އަލައިކާހެޔޮއެދޭ

  އަލައިކާ! ނަޝީދުއަށް ގޮނޑި ހޯދަދިނުމުގެ މަސައްކަތް ކުރުން ހުއްޓާލުން އެދެން. އެކަމާއި ފަހުން ހިތާމަކުރަން ޖެހިދާނެ. މީ ނަސޭހަތެއް.

 3. އަބްދުއްލާ

  ޕްރައިމަރީގައި ނާކާމިޔާބުވި ކެނޑިޑޭޓުން ނަޝީދު އާއި ގުޅުއްވުމަށް އެމަނިކުފާނު ގޮވާލައްވައިފި
  33 މިނެޓް ކުރިން ( ޖެނުއަރީ 19, 2019 )

  އެމްޑީޕީ ރިފޯމް ކުރަން ޖެހޭ - އަލީ ނިޒާރު

  މީސްމީހުން ޒިންދަގީ ދުއްވާލާފަ އަދިއެބަބުނޭނު މަށާ ގުޅޭށޭ.؟

  ކަލޭނޫންތަ ހުރިހާވަޒީރުން އެއްފަހަރާ ފުށުން ޖެހީ؟

 4. ނުރައްކަލޭ

  އެމްޑީޕީގެ ޕްރައިމަރީ ގައި މިނިސްޓަރު އަސްލަންޓޭ ވެސް މިދިޔަ ފަހަރު ކަޓުވާލީ އެއީ ސީދާ ކެނެރީގެ ނަޝީދު އަންގައިގެން ކަން އެއީ މަމެން ދަންނަ ތަމެން ވެސް ދަންނަ ބޮޑު ސިއްރެއް ނޫންތޭ މިފަހަރު ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން އައްޑޫ ނިޒާރު އާއި އަދި ބްރިގޭޑިއާ ޑީޑީ ކަޓުވާލީ ސީދާ އެއީ ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ކަން މަމެންނަށް ޔަގީންވެ ކަށަވަރޭ ނުރައްކަލޭ ދޯ ނުރައްކަލޭ ނުރައްކަލޭ ހާއް ހާއް ހާއް ހޯއް ނުރައްކަލޭ ނުރައްކަލޭ ގެޓް ދަ ޕޮއިންޓް.

 5. ރެކިފުތާ

  ޜައީސް ނަޝީދު އާއި އަޅަގަނެގެން އުޅޭ މަދު ދިވެހިންކޮޅެއް އެބައުޅޭ. އެއީ ދިވެހިންގެ ތެރޭގައި އުޅޭ އެއްކަލަ ފެންސިރު މީހުން އެއަރކޯން، ޓީވީ އެއްދިނީމާ ވޯޓު ވިއްކާ މީހުން.