ކުރީގެ ނައިބު ރައީސް އަޙުމަދު އަޙުމަދު އަދީބުގެ ފަރުވާއަށް ހުރަސް އަޅަމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ވެރިންނާ ގުޅިގެން ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ކަމަށް ޤަބޫލު ކުރައްވާކަމަށް އަދީބުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.

އަދީބުގެ އާއިލާއިން މިހެން ވިދާޅުވެފައިވަނީ މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައެވެ. ބަޔާނުގައި އާއިލާ އިން ވަނީ ސުވާލެއް އުފައްދަވާފައިވެއެވެ. އެއީ އަދީބުގެ އޮޕަރޭޝަނެއް ދެ ފަހަރު ކުރެއްވުމަށް ނިންމެވުމަށްފަހު އަނެއްކާވެސް ޑިސްޗާޖު ކުރީ ކޮން ގޮތަކަށް، ކޮން ފަރާތެއްގެ ނުފޫޒުންތޯއެވެ.

މީގެއިތުރުން، ކަންތައްތައް ހިނގާދިޔަ ގޮތް، އާއިލާ އިން ވަނީ ވަރަށް ތަފްސީލުކޮށް މި ބަޔާނުގައި ހާމަކުރައްވާފައެވެ.

އެގޮތުން، އަދީބުގެ ކިޑްނީ ތެރެއަށް ވަތް ހިލަކޮޅުގެ ފްރެގްމެންޓްސް ފޭބުމަށް ގިނަ ދުވަސްތަކެއް ނަގަމުން ދިޔުމުގެ ސަބަބުންނާއި، އޭގެ ދިޔައިގެ ސަބަބުން އަދީބުގެ ހަށިގަނޑުގައި އުފެދެމުން ދިޔަ އިންފެކްޝަންތައް ފަރުވާ ކުރަން ޖެހިފައިވެއެވެ. މިކަމަށްޓަކައި އައިޖީއެމްއެޗްގައި އަދީބު އެޑްމިޓުކޮށް، ސީޓީ ސްކޭނާއި އެކްސްރޭ ފިލްމުގެ އެހީގައި ހިލައިގެ ތިން ފްރެގްމެންޓްސް އަދީބުގެ ބްލެޑަރގައި ހުރިކަން ވަނީ ކަށަވަރު ކުރެވިފައެވެ. އެހެންކަމުން ޑޮކްޓަރު އޮޕަރޭޝަން ކުރަން ބޭނުންވިކަމަށާއި އެހެންނަމަވެސް، ޑޮކްޓަރަށް ނުފޫޒު ފޯރުވައިގެން އޮޕަރޭޝަން ނުކޮށް ޑިސްޗާޖު ކުރިކަމަށް ބުންޏެވެ. އެހެންނަމަވެސް، އާއިލާ އިން ޕްރެޝަރުކޮށްގެން، އޭގެ ދެ ދުވަސް ފަހުން އެޑްމިޓް ކޮށްގެން އޮޕަރޭޝަން ކުރަން ޑޮކްޓަރު ނިންމިއެވެ.

އެހެންނަމަވެސް، އަނެއްކާވެސް ސީޓީ ސްކޭނެއް ނެގުމަށްފަހު، ބްލެޑަރ ގައި ހުރި ފްރެގްމެންޓްތައް ޕާސްވެއްޖެކަމަށް ބުނެ، އޮޕަރޭޝަން ނުކުރަން ނިންމިކަމަށް އާއިލާ އިން ވިދާޅުވެއެވެ. އެހެންނަމަވެސް، އެ ސީޓީ ސްކޭނާއި، މި މަހުގެ ފަސްވަނަ ދުވަހު އައިޖީއެމްއެޗް އިން ނެގި ސީޓީ ސްކޭނާ އެއްވެސް ތަފާތެއް ނެތްކަމަށް އާއިލާ އިން ވިދާޅުވެއެވެ.

އާއިލާ އިން އިތުރަށް ވިދާޅުވާ ގޮތުން އަދީބަށް ދެ ޑޮކްޓަރަކު މައިގަނޑު ގޮތެއްގައި ފަރުވާ ދީފައިވާއިރު، ދެ ޑޮކްޓަރުންވެސް މައުލޫމާތު ދެނީ ދެގޮތަކަށެވެ. އަދި އަދީބުގެ ހާލަތު ރަނގަޅަށް ތަފްސީލުވެސް ނުކޮށްދެއެވެ. ހަމައެހެންމެ، ވަރަށް ހަރުކަށިކޮށް ޑޮކްޓަރު ވާހަކަ ދެއްކިކަމަށާއި، ސިޔާސީ ކަންތައްގަނޑެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށްވެސް ބުނިކަމަށް އާއިލާއިން ވިދާޅުވެއެވެ.

މީގެއިތުރުން، އެހެން ހޮސްޕިޓަލަކަށް އަދީބު ގެންދިއުމުގެ ފުރުސަތުވެސް އާއިލާ އަށް ދީފައި ނުވާކަމަށް ބަޔާނުގައިވެއެވެ.

އާއިލާ އިން އިތުރަށް ފާހަގަ ކުރައްވާ ގޮތުގައި އަދީބު ޑިސްޗާޖު ކުރުމުގެ އެއްވެސް ބާރެއް ޑޮކްޓަރުންނަށް ނެތްކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އަދި އެއީ އިދާރީ ފަރާތްތަކުން ކުރިއަށް ގެންދާ ކަމެއްކަމަށާއި ރަސްމީ ގަޑިއެއްގައި ނޫންނަމަ، އަދީބު ޑިސްޗާޖު ކޮށްފިއްޔާ އާއިލާއަށް ނޭނގޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ޑޮކްޓަރުން މި ވާހަކަތައް މަޖުބޫރީ ހާލަތެއްގައި ދައްކަމުން ގޮސްފައިވާއިރު، މެޑިކަލް އެތިކްސްއާ ޚިލާފަށް އަދީބުގެ ޑިސްޗާޖު ސަމަރީތައް ކުރިއާލާ ތައްޔާރުކޮށް، ސޮއިކޮށް ކޮންމެ ގަޑިއެއްގައިވެސް ޑިސްޗާޖު ކުރެވޭނޭ އިންތިޒާމުތައް ހުރީ ހަމަޖައްސާފައެވެ. މިކަމަށް ޑޮކްޓަރުން އެއްބަސްވިކަމަށާއި، ސަމަރީގައި ލިޔަން ޖެހޭނީ ހަމައެކަނި ކްލިނިކަލީ އަދީބުގެ ހާލަތު އެކަނިކަމަށް ވަރަށް ހަރުކަށިކޮށް އަންގާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި، އަދީބު ބަހައްޓަންވީ ތަނުގެ ވާހަކަ ނުލިޔުމަށްވެސް އަންގާފައިވެއެވެ.

އާއިލާއިން މިކަންކަން އައިޖީއެމްއެޗްގެ މެނޭޖްމަންޓަށް އަންގާފައިވާއިރު، އަދި މިކަމަށް އެދެވޭ ޖަވާބެއް ނުލިބޭކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހަހަ

    އެއީ ނުރައްކާތެރި މުޖުރިމެއް ވީމަ.

  2. ތިލަ

    ކިޔެއްކުރަން ފަރުވާކުރާ މީހެއް ތިޔަ.

  3. ސަލާމް

    6000 އަށްވުރެ ގިނަ މީހުން ޕާޓީގެ ރައީސްއެއް ގޮތުގައި ހުރި ބޭފުޅެއް. ހަމ ބުނެލީ. މިހެން ބުނާ އިރުވެސް އިނގޭ މޑޕ ނޫނިއްޔާ ރައްޔިތުން ނުތިބޭނެކަން.

  4. ކެޔޮޅު

    ތި އާއިލާއިން އަމިއްލަޔަށް ފަރުވާ ކުރަންވީނު. އާއިލާއިން ޑޮކްޓަރުންނަށް ރިޝްވަތު ދޭކަމަށް އެބަ ޝައްކުކުރެވޭ. ޑޮކްޓަރު ލިޔަން ޖެހެނީ މެޑިކަލް ކަންތަކުގެ ވާހަކަ. ޑޮކްޓަރުން ލިޔަންޖެހޭ އެއްޗެހި އެނގެނީ ޢާޢިލާ މީހުނަށްތަ.

  5. ފާފަޅޯ

    އެމަންޖެވެސް ބޭނުންވަނީ މި މުޖުރިމު ޖަލުގަ އޮންނަން.

  6. ކެޔޮޅު

    އެ ސޮރު ވަގައްނެގި ލާރި ކޮޅު ސަރުކާރާ ހަވާލުކޮށްބަލަ ފުރަތަމަ. ހިންގިފަހުރި ޖަރީމާ އަދިވެސް މަދުވެގެންތަ މީސް މީހުންގެ ބޮލުގަ ކަންކަން އަދިވެސް އެޅުވޭތޯ ތިބަލަނީ

  7. ބަކުރުބެ

    ތިގޮލާ ގެ ވަގު ލާރިގަޑު ކޮބާތަ، ޕާރޓީ ހަދާލީދޯ

  8. ފަހަރި ވަޒީރު

    އައިޖީއެމްއެޗްގެ ވެރިން އެހެން ބުނީތަ ކަލޭ ކައިރީ. ކިހިނެއް ކަލެއަށް އެނގުނީ؟ ކަލޭ ލޯ މެރީމަ ފެންނަނީތަ؟ ވަސް ދުވަނީތަ؟

  9. ޕީޖޭ

    ޝެއިޚް ނުކުރާނެ ތިފަދަ ކަމެއް ޝައްކެއް ނެތް..އަދީބަށް މިގަވްމުން ވޯޓެއް ނުލިބޭނެ އިންޝާﷲ..އަދީބު ފައިސާތައް ދައްކާ ހިންގި ޖަރީމާތައް އެއާއިލާތަކުގެ މީހުން ކައިރީ މާފަށް އެދިފައި ތައުބާވޭ..ނަމަވެސް އެހެން ގައިދީންނޭ އެއްގޮތަށް ބޭސްފަރުވާގެ ފުރުސަތު ދޭން ޖެހޭ އޭނައަށްވެސް..

  10. ާމުހައްމަދު

    ކޮންފަރުވާއެއްތަ މުޅިގައުމު ވިއްކާލާފައި ހުރި ގައްދާރެއް ތީ

  11. ހާލީ

    ރައްޔިތުންގެ ލާރި ކަމުން ބަޔާން ނެރެން ރަނގަޅު!

  12. އަލްޖިބްރާ

    އެހެންމީހުނަށް ޖެއްސި ހާލު ތިމާވެސް އިހުސާސް ކުރަން ޖެހޭނެ ދުވަހެއް އަންނާނެކަން ކޮންމެ މީހަކުވެސް ޤަބޫލު ކުރަން ޖެހޭނެ ! އެއީ މިދުނިޔޭގައި ނުވަތަ އާޚިރަތު ކަމުގައިވެސް ވެދާނެ ! މޮޅަށް ދެނެވޮޑިގެން ވާނީ ﷲ ސުބްޙާނަޙޫ ވަތަޢާލާ !

  13. އަހަންމާ

    ރ.ޔާމީންސަރުކާރުގަ މީހަކު ބަނޑުދިޔާވިޔަސް ރ.ޔާމީން އަށް އެއްޗިހި ކިޔާނެ މިހާރު ކީއްވެ ސޯލިހުއަށްއެއްިހި ނުކިޔަނީ އައިޖީއެމްެއެޗް އޭކިޔަނީ

  14. ނަގޫރޯޅި

    ހިސާބައްވުރެ އޯގާތެރި ހަމަހަމަ އުސޫލުންކަން ކަންކުރާ ސަރުކާރެއް އޮންނައިރު މިކަހަލަ ކަންތައްތައް ހިންގާދިއުމަކީ ހަމަ އާންމުއުސޫލު.

  15. ނޭނގޭދެރަމީހާ

    ހޮސްޕިޓަލުން ކަންކުރަންވާ ގޮތާ، ޑޮކްޓަރު ކުޑަކަކޫ ޖަހަންޖެހޭގޮތާ، ސްކޭންގައި ހުރި އެއްޗެއްގެ ތަފްސީލާ، ދެންކުރަންވީ ބޭހާ މިހުރިހާ އެއްޗެއް އެނގެނީ ދުނިޔޭގަ ނެތްފެންވަރަށް ކިޔަވައިގެން ތިބިއާއިލާޔަށް! ލޮލް!