އެމްޑީޕީ ރިފޯމް ކުރަން ޖެހޭ ކަމަށް އިއްޔެ ބޭއްވި އެ ޕާޓީގެ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެންމެ ހަރަކާތްތެރި އެއް މެންބަރު އަލީ ނިޒާރު "ވީ ނިއުސް" އާއި ހަވާލާދީ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހިންގުން ބަދަލުކުރަންޖެހޭ ކަމަށާއި އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ ލީޑަޝިޕުން ވަކިވަކި މެންބަރުންނަށް ފާޅުގައި ކެމްޕެއިން ކުރި ކަމަށެވެ.

"ލީޑަޝިޕުން ވަކިވަކި މެންބަރުންނަށް ތާއީދުކޮށް ކެމްޕެއިން ކުރި އެގޮތުން އެތެރޭގެ އިންތިޚާބުގެ ކެމްޕެއިންގައި ލީޑަރުން ވަކިވަކި މެންބަރުންނަށް ވޯޓު ދިނުމަށް އެދިވަޑައިގަތް އަދި ލީޑަރުންގެ ފަރާތުން މަންދޫބުން ވަކިވަކި މެންބަރުންނަށް ކެމްޕެއިން ކުރި" އަލީ ނިޒާރު ވަނީ ފާހަގަކުރައްވާފަ އެވެ.

ޕްރައިމަރީން ލިބުނު ނާކާމިޔާބީ އާއި ގުޅިގެން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރުކަން މިހާރުވެސް ފުރުއްވަމުން އަލީ ނިޒާރު ވިދާޅުވީ ނާކާމިޔާބީގެ ފަހަތުގައި ކަންބޮޑުވާ މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ބޮޑު ނާކާމިޔާބަކީ އެމްޑީޕީގެ ޕްރައިމަރީގެ އުސޫލުތައް ކުރިއަށް ގެންދިޔަ ގޮތް ކަމަށެވެ.

"ޕްރައިމަރީގައި ނާކާމިޔާބުވެވަޑައިގެންނެވި އެއް ސަބަބީ ޕީޕީއެމުން ކުއްލިއަކަށް އެމްޑީޕީއަށް ބަދަލުވި ގިނަ މެންބަރުންތަކެއް އޭނާ އާއި ދެކޮޅަށް ނިކުތުމުން ޕްރައިމަރީގެ އުސޫލުތައް ގޯހީ. ފަހުވަގުތާ ހަމައަށްވެސް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ވަން މީހުންނަށްވެސް ވޯޓުލެވުނު. 400 އެއްހާ މީހުން އަލަށް ގުޅުނު" އަލީ ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީތައް ކުރިއަށް ގެންދާ އުސޫލަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ އަލީ ނިޒާރު ވިދާޅުވީ އޭނާ އަކީ ނިމިދިޔަ ސަރުކާރުގައި ޕީޕީއެމަށް އެންމެ ބޮޑަށް ފާޑުކީ އެކަކު ކަމަށާއި ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި ގިނަ މީހުން ތިބީ ސީދާ އޭނާ ބަލިކުރަން ހިފާފައި ކަމަަށެވެ.

"ފައިސާއިންވެސް ކުޅެފައި އެބަހުރި. އެއީ އެއް ސަބަބު، ރައީސް ނަޝީދުވެސް ވަކި ބޭފުޅުންނަށް ވޯޓުދެއްވަން ވިދާޅުވި. އެއީ ލީޑަރަކު ކުރައްވަންޖެހޭނެ ކަމެއް ނޫން. ދެން އޮތް ކަމަކީ ޕާޓީ ރިފޯމް ކުރަން ލީޑަޝިޕުން އެއްވެސް މަސައްކަތެއް ނުކުރޭ" އަލީ ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮވެމެ، ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދެ އިންތިޚާބުގައިވެސް އެމްޑީޕީއަށް މަޖިލީހުގެ ގޮނޑި މަދުން ލިބުން އެއީ މައްސަލައެއް ކަން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީން ގެންގުޅެމުންދާ މުސްކުޅި ގޮތްގަނޑު ދޫކޮށްލަންޖެހޭ ކަމަށެވެ.

އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި އަލީ ނިޒާރަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް އާއި ވާދަކުރައްވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޘަމާހު

  ތިކަލަ ރުންކުރު ހަޔާތް ނެތިގެން އުޅޭ މީހުންނަށް އަބަދުވެސް ލިބޭނީ ތިކަހަލަ ލަނޑު. ރައީސް ޔާމީނަށް ކިހާ އެއްޗެއް ގޮވިންތަ ކަލޭ. އޭރު ހިތަކަށް ނާރަދޯ ކަލެއަށްވެސް މިދުވަސް އަންނާނެކަމެއް. ކަލޭ ހީކުރީ ޕޯޑިޔަމަކަށް އެރޭއިރަށް ނޫނީ ޓީވީ ޕްރޮގްރާމަކށް އެރޭއިރަށް ރައީސް ޔާމީނަށް އެއްޗެހިގޮވީމަ މީހުން ކަލޭ ވަރަށް ބަލައިގަންނާނެކަމަށްދޯ؟ ތިކަމުން ފިލާވަޅެއް ލިބިގެން ދެންވެސް އަނގަމައިތިރިކޮށްގެން ހުރޭ!

 2. ބޮންދު

  ފަރަންޖީ ފަލްސަފާގައި ޖެހި ބޫތު ކެއިމާ ދެން އިތުރު އާގޮތެއް ނުވިސްނޭނެ. ތީގާ ތިއުޅެނީ އިގިރޭސީން ޒަމާން ތަކެހް ވަންދެން ހުތްދީފާ ތިބި ބަޔަކާއި.ފަރަންޖީން އުޅޭގޮތައް އުލެން ބޭނުންވާ ބައެއް.. އެވިސްނުން ބަދަލެއްނުވާނެ.ނިޒާރުވެސް ތިޔައިގެ ތެރެއިން ސަލާމަތްވި ކަމައްޓަކާ ޝުކުރު ކުރުން ރަގަޅުވާނީ.

 3. އަސްއަދު އަލީ

  މިސޮރު ކެޓީމަ މަ ވަރަށް ހެޕީ ވެއްޖެ. މީ ވަރަށް ކިބުރުވެރި މީހެއް. ނާޒިލް އަކީ ވަރަށް ހިތްހެޔޮ މީހުނާ ގުޅޭ މީހެއް. ދެންވެސް މާ ފުއްޕާފަ ކަރުބުޑަށް ނާރު އަރުވާފަ ނޫޅޭތި.

 4. ސަލީމު

  ޜިފޯމެކޭކިޔާނި ކަމެއްނެތް ކަލެއަށް ވާންނީގޮތްތިވީ މަޖިލިހުގޮނޑީގަ އިދެގެން މީހުނަށް ހެއްދެވިހާއެއޗެއްގޮވީމަ ވާނީތިހެން ދެން މަހަށްދޭ

 5. އަލީ

  އެމްޑީޕީގެ ހަލަަކަކީ އަންނި

 6. އަށްޑޫ

  ކަލޭ ދެން ދޭ ހަޅޭލަވަން ކަލޭ ހިންގާ ކެފޭ މޭޒުދޮށަ ވަރަށް އަސަރުކޮއްފި ތާ ދޯ ހަހަހަހަހަހަހަހަހ
  ޙެހެހެހެހެހެހެހެ

 7. ހުސޭނުބޭ

  ރިފޯމް ކުރުމުގެ ކުރިން އެންމެ ފުރަތަމަ ޖެހޭނީ ޝަހާދަތްލާދޭން! ކޮބައިތަ އިބުރާ!

 8. Anonymous

  މާވާހަކަ ގިނަ ކުރާނެ ކަމެއްނެތް. ޓިކެޓު ލިބުނީ، މައިއެތި ބުނާގޮތަށް ބަސްއަހާގެން ތިބޭނެ ކުދިންނަށް.