ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ. މިކަން، އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވަނީ ހާމަ ކުރައްވާފައެވެ.

ނަޝްވާ ވިދާޅުވީ ޑިސްޗާޖް ސަމަރީ އެއް ދެއްކުމެއް ނެތި، ކަރެކްޝަންސްގެ 15 ވަރަކަށް އޮފިސަރުންނާއި އެސްއޯ ފުލުހުން ވެގެން ވަރަށް އަނިޔާވެރިކޮށް އަދީބު ޖަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމުގައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، އަދީބު ޖަލަށް ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމުގައެވެ.

އަދީބު މިއަދު ޖަލަށް ބަދަލުކޮށްފައިވާއިރު، އާއިލާ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އަދީބުގެ ފަރުވާގެ ކަންކަމަށް ހުރަސް އަޅަމުންދަނީ އައިޖީއެމްއެޗްގެ އިސް ފަރާތްތަކާ ގުޅިގެން ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ކަމުގައެވެ.

ހަމައެހެންމެ، ހޮސްޕިޓަލުގެ ޑޮކްޓަރުން ތިބެނީ މަޖުބޫރީ ހާލަތެއްގައިކަމަށްވެސް އެބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ. ހަމައެހެންމެ، މެޑިކަލް އެތިކްސްއާ ޚިލާފަށް ކުރިއާލާ ޑިސްޗާޖު ސަމަރީ ތައްޔާރުކޮށްފައި ހުރިކަންވެސް ފާހަގަކޮށްލެވެއެވެ.

އަދީބު އެންމެ ފަހުން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވަނީވެސް ޖަލު ބަންދަށް ބަދަލު ކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އޭރު ގޭބަންދުން ޖަލަށް އެމަނިކުފާނު ބަދަލު ކުރީ، ޑޮކްޓަރުގެ ލިޔުމަށް ރިއާޔަތް ނުކޮށް، ކުއްލި ގޮތަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސަޓޯ

  ގަދަ.. ބެސްޓު .. އަދީބެއް ގަދީބެއް ނޯންނާނެ... ނަޝްވާ އެހެން މީިހަކު ހޯދާ އިންނަން.... މަވެސް މިހުރީ ހުސްކޮއް.

 2. ތަކުރު ބެއްޔާ

  ޢަދީބަށް ފަސޭހަވެ ފަސޭހަކަން ލިބިގެންދާހުށީ ޢެނަ އުޅަބޮށީގައި ހިރުވާތީވެ ޚާއްސަ ކުއްލިފަރުވާއަކަށް ރާއްޖެއިން ބޭރަސް ފޮނުވުމުންނެވެ.

 3. ސޯލިހު

  މަވެސްވަރައްހިތާވާމީހެއް ނަޝްއަކީ

 4. ރާޅު ބޯއީ

  އަނިޔާވެރިކޮށޭ ތިޔަ ބުނަނީ ވާޖަހާ ދަމާ ކޫއްތަފަތަ ގެންދިޔައީ.

 5. Anonymous

  ގެންދޭ ގެންދޭ. އަހަރުމެން ގެ ލާރިގަނޑުގަ އަދިވެސް ބައްދައިގެން އެ އުޅެނީ. އެ ބަހައިގެން ބަޔަކު ކައިރި ކޮށްގެން ޕާޓީ ހަދައިގެން އުޅެނީ. ތައުބާވެ ހައްޤު ފާޅުނުކުރާހާއިނދަކު މީނަޔާ މީނަގެ ވާގިވެރިން ބަލިކަށި ކުރައްވައި ނިކަމެތި ކުރައްވައިފާންދޭވެ.

 6. ސަޒަން

  ތީ އަދީބުގެ އަންހެނުން ތިފަރާތައް އަދަބުވެސް ގޯސްވާނީ އެނެއްފަރާތް ނަމަވެސް ވިސްނާލަބަލަ އަދީބު އަތުގައި ހަރާން ފައިސާ ގިނަކަމުން އޭގެނާޖާއިޒް ފައިދާނަގާ އެހެންމީހަކަށް ވެރިކަންވެސް އެއުޅެނީ ނުކުރެވިގެން ނިކަން ވިސްނާލަބަލަ ދޫކޮށްފައި ބެހެއްޓީމާ ޖާސިމާ ޔާންބެއާ ގުޅިގެން ގަންނަން އުޅުނު ގަނޑު މިކަން އެންމެ ރަނގަޅަށް އެގޭ އެކަކަށް ތިޔަ ނަސްވާ ވާނެކަން ޔަގީން! އެހެންވީމާ އެންމެ ރަނގަޅުވާނީ މަޑުމަޑުން ހުރިއްޔާ!