ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ތަރުޖަމާނު ފައިސަލް އާދަމް ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ޤާނޫނީ ވަކީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ފައިސަލް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށާއި ނަމަވެސް އަދި ވަކީލަށް ބައްދަލުކުރެވޭގޮތް ނުވާކަމަށެވެ.

މިކަމާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ލިބިފައި ނުވާއިރު، އޭނާ ހައްޔަރު ކުރީ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

ފައިސަލް ހައްޔަރުކޮށްފައި މިވަނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނާއި ޚިލާފަށް ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ހައްޔަރުކޮށްފައި ވަނިކޮށެވެ.

މި ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އާއި ފަނޑިޔާރު އަލީ ހަމީދުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އެމެންނޭ

  ޑީޖޭއޭގެ ތަރުޖަމާން ހައްޔަރުކޮށްފި ނަމަ މިހާރު މިއެގިގެން ދަނީ ޖުޑިޝަލް ސާރވިސް އަކީ އެއީ ކޮރަޕްޝަން އިން ފުރިގެންވާ ތަނެކޭ އެހެންވެގެންނޭ މެލޭ ގައި ދިރިއުޅޭ ފަނޑިޔާރުންގެ ދަރިން އަގު ބޮޑު ރޯލްސް ރޯއިސް ކާރުގައި ކޮލެޖަށް ވެސް ދަނީ. މަމެން ވެސް ތިބެނީ ކޮސް ވެފައޭ އެމެން އުޅޭ ލަގްޒަރީ ލައިފް ފެނިފައި. ރޭގަނޑު ވެސް ޑިނަރ ނަގަން އެދަނީ އެންމެ އަގު ބޮޑު ރެސްޓޯރެންޓްްސް ތަކަށޭ އެއީ ކޮންތާކުން އެމެން ހޯދާ ފައިސާ އެއްތޭ އެއީ ހަމަ ކޮރަޕްޓް ފައިސާ ކަން މިހާރު މިދަނީ އެގެމުުން ނޫންތޭ. ރަންރީނދޫ ޓްވިޓަރޭ މެން ގައުމަށް ގައްދާރު އެވަނީ އެމެން ވެސް ވަގު ފައިސާ ގައި ކިޔެވީމައޭ މަމެން ބުނަން ނެތީމު ދޯ.

 2. ޑޭންޖުރެސް

  ސްޓޭޓް އޮފް އެމެޖެންސީ ހިންގާފައި ވަނި ކޮށް މާލޭގެ މަގުމަތީ ގައި މުޒާހަރާ ކުރާ މީހުން އެބެލެވޭނީ އެއީ ގައުމަށް ގައްދާރު ވާމީހުންނަށޭ އެމެންނަކީ އެއީ ނުރައްކާތެރި ބަޔެކޭ އެމެންނަކީ އެއީ ނުރައްކާތެރި ބަޔެކޭ އެމެން ގޭބަންދަށް ބަދަލު ކުރުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ މާލޭގެ މަސްލަހަތަށް ޓަކައި ނަމަވެސް ދޭ އާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

 3. ފެންނަނީއޭ

  ޑީޖޭއޭގެ ތަރުޖަމާން ހައްޔަރުކޮށްފި ނަމަ ދެން މީގެއިން އެގިގެން ދާނެ 1 ފެބްރުއަރީ ގައި ދަ ކޮރަޕްޓް ވަގު އުއްތަމައޭ މެން ނެރުނު ދަ ނަހަލާލު ކޯޓް އަމުރަކީ އެއީ ސީދާ އުއްތަމައޭ މެން ގައުމަށް ގައްދާރު ވެތިބެ އެމެން ކުރާ ކަމެކޭ އެއީ ހަމަ ޔަގީން ކަމެކޭ އެކަން މިދަނީ އެނގި ސާބިތު ވަމުން ނޫންތޭ.

 4. މުސްތަފާ ހޭޒްއަގޮވީނާ

  ތިއީ ވަރަށް ފިތުނަވެރި ބޭފުޅެއް. އިދިކޮޅު ފަރާތްތަކަށް ފަނޑިޔާރުންނާއި ކޯޓްގެ މަޢްލޫމާތު ހިއްސާކުރާ ޖާސޫސީ ބޭފުޅޭއް!