2015 ޖެނުއަރީ 18 ވަނަ ދުވަހު އަޅުގަނޑު ދިރިއުޅޭ އެޕާރޓްމަންޓް ބީ ބަލައި ފާސްކުރިކުރިއިރު އެތަނުން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ ކަމަށް ބުނެ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ޖަރީމާ ތަހުގީގު ކުރުމަށް ފުލުހަށް ދަންނަވައިފިން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމު ވިދާޅުވެއްޖެއެވެ.

ނާޒިމު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ 2015 ޖެނުއަރީ 18 ވަނަ ދުވަހުގެ އޭރުގެ ސަރުކާރުން ހިންގި ޖަރީމާ ތަހުގީގު ކޮށް އެ ޖަރީމާގައި ޒިންމާވާ ފަރާތްތަށް އިންސާފުގެ ކުރި މައްޗަށް ގެންދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ އެވާހަކަ ސިޓީއެއްގެ ޒަރީއާއިން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.

ނާޒިމު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އެދުވަހުގެ ހިންގި ކަންކަން ތަފްސީލީ ގޮތެއްގައި އެކްޓިން ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ބައްދަލު ކުރައްވައި ހިއްސާ ކޮށްފައިވާނެ ކަމަށެވެ.

ދައުލަތާއި އިދިކޮޅު ހަރަކާތްތަކެއް ހިންގަން ރާވަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، 2015 ފެބްރުއަރީ 10 ވަނަ ދުވަހުގެ 00.35 ގައި ނާޒިމް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން އޭރު ވިދާޅުވީ ނާޒިމް ދިރިއުޅުއްވާ އެޕާރޓްމަންޓް 2015 ޖެނުއަރީ 18 ވަނަ ދުވަހު ބަަލައި ފާސްކުރިއިރު ފެނިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ޕެންޑްރައިވްގައި، ދިވެހި ދައުލަތުގެ އިސްވެރިންތަކަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވާކަމަށެވެ. އަދި މީގެއިތުރުން، ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ މަޢުލޫމާތުގެ ތެރޭގައި، އެކިފަރާތްތަކާއި ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ރާވަމުންދާކަމުގެ މައުލޫމާތު ހިމެނޭކަން ފާހަކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ނާޒިމް ހުންނަވަނިކޮށް އޭނާގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އިއްވި ޖަލު ޙުކުމް ތަންފީޒު ކުރުން ސުޕްރީމް ކޯޓުން މިހާރު ވަނީ މަޑުޖައްސާލާފައެވެ. އެމައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން މިހާރު ގެންދަނީ ތައްޔާރުވަމުންނެވެ.

11 އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ނާޒިމް އަކީ މިހާރު ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމްގެ އެޑްވައިޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލަބީބު

    ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަތްދުވަހު ކަލޭތީ ޑިފެންސްމިނިސްޓަރުތަ؟ ކަލޭ އެދުވަހު އަދައިގެ ހެދުމުގައި ސަފްތަކުގެ ފުރަގަހުން ފާރަވެރިވަމުންދާތަން ކާލިގަނޑުޓީވީން ވަގުތުން ދައްކަމުންދިޔަ! އަދި ޑިފެންސްމިނިސްޓަރު ވަރަށް އާދައިގެ ގޮތަކަށް ނުކުމެ އެއްވެފައިވާ މީހުންތަކުގެ ފުރަގަހުގައި އުޅޭތީ ކާލިގަނޑުޓީވީން އެދުވަހު ފާޑުވެސްކީ! މިއަދު އެހެން އެއްޗެކޭ ކިޔާފާނެ!

  2. އަލިބެއްޔާ

    މި މައްސަލަ ރަނގަޅަށް ބަލައިފިނަމަ ޕީޖީ ކަމުގައި ހުރި މުހުތާޒު މުހުސިން، މިނިސްޓަރު ކަމުގައި ހުރި އަދީބު، ކަމިޝަނަރގެ މަގާމުގައި ހުރި ހުސައިން ވަހީދު ސަލާމަތެއް ނުވާނެ. މީހަކަށް ދީފައިވާ ވަރަށް ބޮޑު އަނިޔާއެއް.

  3. ވިނޭ

    އިސްލާންދީނާއި ގައުމުބޭނުންނުވާ މިގައުމުގަތިބި
    ހުރިހާނުލަފާލީޑރުންވެގެން ޔާމީނަށާ ރަތްޔެތުން
    ނައް އަނިޔާލިބޭތީ އުފަލުންދަންކާނެނުދަންނެ
    ވާހަކައެންނެތިގއްއުޅެނީ

  4. މުހައްމަދު

    ކަލޭކުރި ކުރިކުށަށް ކަލެއަށް އަދަބުދިނީ.

  5. އަލްޖިބްރާ

    ބަޔަކު ކަލޭ ފްރޭމް ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން ! އެކަންކުރިބަޔަކަށް އެކަމުގެ އުޤޫބާތްވެސް ލިބެންޖެހޭނެ ! އެކަމަކު ކަލެއަކީ މިޤައުމުގައި ބާޣާވާތް ކުރުމުގައި އެންމެ އިސް އެކަކު ! ކަލެއަށް އެކިގޮތް ގޮތުން ތިލިބެނީ އެކަމުގެ އުޤޫބާތް ކަމުގައިވެސް ވެދާނެ ! ބަޣާވާތް ކުރުމަކީ ހާދަހާވާ ނުބައިކަން ބޮޑުކަމެކެވެ. އިސްލާމް ދީނުގައި ބަޣާވާތް ކުރާމީހުނަށް އޮތް އުޤޫބާތަކީ މަރު !

  6. ސަމާހަތު

    ނުބެލޭނެ.އެއްވެސް ކަމެއް.

  7. މޯދީ

    ބަޣާވާތަުން ވެރިކަން ވައްޓާލި މީހުންގެ ތަޙްޤީގު

    ނުފައްޓާނަމަ ދިވެހި ރައްޔިތުން މަގުމަށްޗަށް

    ނިކުމެ މުޒާހިރާ ކުރަނަން ޖެހޭ.

  8. އަލިތަކުރު

    މިކަން މިހެން ކޮއްފައިވާނަމަ ވަރަށްވެސް ދެރަ. އެކަމަކު ދަންނަވަންތޯ އެމްޑީޕީން ދުވަހަކުވެސް ބަލައިގަންނާނެ ބަޔެއްނޫން ތީކީ.. ހަޤީގަތުގަ ތިޔަ މައްސަލަ ބަލަން ބޭނުންވެސް ނުވާނެ. މިހާރުވެސް ތިޔަ ދައްކަނީ ވެރިކަމަށް އަންނަހިއްވާ ވާހަކަ. އެހެންވީމަ އެބަ އެނގޭތާ އޭރުވެސް ވެރިކަމުގެ ރަހަ ކަރުތެރޭލާކަން.

  9. ޢާސީ

    ﷲފުޅުން ނައް އެއްވެސް ކަމެއް ބަޔަކު އާދޭސް ނުކުރަނީސް ތަހްގީގެއ ނުކުރެވޭތަ ތިވެސް އަނެއް ބޮޑު އަޖައިބު..މިދެން ދެރަކަމެއްދޯ

  10. ޥިންދު

    އިބްރާގެ މައްސަލަ ބަލަންޖެހޭ