މާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ސެނަހިޔާ ކައިރީ ރިންގް ރޯޑް ސަރަހައްދުގައެވެ.

"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 5 ޖެހި އިރުއެވެ. އަދި އެކްސިޑެންޓް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވި ފަރާތަށް މިހާރު ސެނަހިޔާ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްޑެންޓްގައި ޒަޚަމްވި ފަރާތުގެ ހާލު ސީރިޔަސް އެއް ނޫނެވެ.

ފުލުހުން ވިދާޅުވީ މިއަދު 17:01 ގައި ސެނަހިޔާ ކުރިމަތިން އެކްސިޑެންޓެއް ހިނގާފައިވާކަމަށެވެ. ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި އަނިޔާވި އެކަކަކަށް ދަނީ ސެނަހިޔާގައި ފަރުވާ ދެމުންނެވެ.

މިއަދު ހެނދުނުވެސް ވަނީ މާލޭގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ 17 އަހަރުގެ ކުއްޖަކު މަރުވެފައެވެ. ހަމައެހެންމެ، ލާމު އަތޮޅު ލިންކު ރޯޑުގައިވެސް މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙައްމަދުބެއްޔާ

    މިހާ ގިނައިން އެކްސިޑެންޓް މިވަނީ އެއްލަކިން ލައިސަންސް ނެގީމަބާވައެވެ މިހާރު ސައިކަލް ދުއްވާ ގިނަ މީހުންނަކަށް ޤަވާއިދު މާބޮޑަކަށް އެގޭހެނެއް ހިއެއްނުވެއެވެ މިހެންމިބުނަން ޖެހުނީ ސައިކަލްގައި ދާމީހެއްގެ ކުރިއަރައިގެން ދާކަމަށްވަނީނަމަ ކުރިއެރޭނީ ކުރިމަތިން ދުއްވާފައިދާމީހާގެ ކަނާތްފަރާތުންނެވެ ވައަތްފަރާތުން އަރައިގެންނެއްނުދެވޭނެއެވެ ބުރިޖްގައި ވެސް ދުއްވަނީ މިގޮތަށް ނުބަލައެވެ

  2. ދިވެހިން

    ބާރަށް ދުއްވާ މީހުން އަށް ވިސްނޭނީ ކޮންދުވަހަކުންބާ؟ ބާރަށް ދުއްވާ މީހާގެ ސަބަބުން އެހެން މީހުން އަށް ކިހާ ގެއްލުމެށް..

  3. ތައްހާނު ބެ

    ރޭގަނޑައް ވުރެ ދުވާލު ތި ހައިވޭގަ ޔާ ބުރިޖު މަތީގަ އުޅޭ އަންހެން ޖިންނި ޔާ އޭގެ ދަރީގެ އުނަދަގޫ މާ ބޮޑު ހެން ހީވޭ ދޯ . ދުވާލު މިއަދު ވެސް ކިތައް އެކްސިޑެންޓް . އެ ޖިންނިގެ ފެނިގެން އެވީ