އދ. ފެންފުށީގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި އަލިފާން ރޯވެފައިވަނީ އެގޭގެ ބަދިގޭގައެވެ.

މީގެއިތުރުންވެސް، ފުލުހުން ވިދާޅުވި ގޮތުގައި އަލިފާނުގެ މި ޙާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:10 ހާއިރުއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ފުލުހުންނާއި އެތަނުގައި ދިރިއުޅޭ ބިދޭސީންގެ އެހީތެރިކަމާއެކު އަލިފާންގަނޑު ނިއްވާލެވުންކަމުގައެވެ. އަދި މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް ވިދާޅުވިއެވެ.

އިއްޔެ، ދަރަވަންދޫގައި ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. އެރަށުގައި އަލިފާން ރޯވީ ވަލުތެރޭގައެވެ.