މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިރޭ މުޒާހަރާ ކުރުމަށް ނިންމައިފިއެވެ. އެޕާޓީ އިން މުޒާހަރާ ކުރުމަށް ނިންމާފައިވަނީ ކުރީގެ ނައިބު ރައީސް އަދި ޕާޓީގެ ރައީސް، އަޙުމަދު އަދީބު މިއަދު އަނެއްކާވެސް ޖަލު ބަންދަށް ބަދަލު ކޮށްފައިވާތީ އެކަމާ ގުޅިގެންނެވެ.

އެމްޑީޓީ އިން ބުނެފައިވާ ގޮތުގައި އެޕާޓީ އިން މިރޭ އިހުތިޖާޖު ކުރުމަށް ނިންމާފައިވަނީ މިރޭ 21:00 އިން ފެށިގެން 22:00 ގެ ނިޔަލަށެވެ.

"21:00 އިން 22:00 އަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް އިން އިހުތިޖާޖަށް ނިކުންނާނެ ވާހަކަ ދަންނަވަން. އެމްޓީޑީ ޕްރެޒިޑެންޓް އަޙުމަދު އަދީބަށް މިހާރުން މިހާރަށް ބޭސް ފަރުވާ ކުރުމުގެ ޙައްޤު ފަހި ކޮށްދެއްވާ." އެޕާޓީ އިން ވިދާޅުވިއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަދީބު ޖަލަށް ބަދަލު ކޮށްފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތުގައެވެ.

މިކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ޑޮސްޗާޖު ކުރުމަށްފަހު ޖަލަށް ބަދަލު ކުރިކަމުގައިވެސް، އާއިލާއަށް ޑިސްޗާޖު ސަމަރީ ދައްކާފައި ނުވާކަމުގައެވެ.

އަދީބުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާ ގުޅިވަޑައިގެން، ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ، އަދީބުގެ ފަރުވާއަށް ހުރަސް އަޅުއްވަމުންދާކަމުގައެވެ. އަދި ޑޮކްޓަރުންނަށް މަޖުބޫރުކޮށް، މެޑިކަލް އެތިކްސްއާ ޚިލާފަށް އެތައް ކަމެއް ކުރަމުންދާކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިޕާޓީ

    މިޕާޓީއާ ނަމަނަމަ ކޯލިސަން ނުހަދާތި އެއަދީބު އެއުޅެނީ މިގައުމު ދަވާލަންވެގެން

  2. Miadhu

    ފޭހުނު އިލޮށި ލޮލަށްވަފަތިހުރީ ލުހެލެވޭނެ އެއްގޮތެއްވެސްނެތް ލުލައިފިނަމަ ފަސޭހަނުވާވަރުގެ ފާރުގަޑެެއް ކަޅުކަޅިއާއި އެއްހަމަޔަކުން ބުރިކޮށްލައިފިނަމަ ޖެއްސޭވަރުން ލޮލެއް ނުމެރޭނެ ތިކެވުނީ ރާކަނިމަސް

  3. ރަބަރޭ

    ހާދަބޮޑު މުޒާހަރާއަކަށް ވާނެހެންހީވޭ، އަނެއްކާ ހާދަގިނަިރެއް ވަންދެނޭދޯ، ދިގުދެމިގެންވާ މުޒާހަރާއެއް އުތަ

  4. އިންސާފު

    އިދުކޮޅެއް އޮތުމަކީ ވ މުހިންމު ކަމެއް އެކަމަކު އޭގެ މާނައެއް ނޫ މުޒާހަރާ ކުރާށެކޭ

  5. ޢޖެނޓ

    އިބްރާ ދައްކާ ވާހަކަޔާއި ދެކޮޅަށް ނިކުންނަން ތައްޔާރު

  6. ހުސޭނުބޭ

    މަވެސް ނުކުންނާން ކަލޭމެންނާއެކު! އެކަމު ޝަރުޠެއްގެ މަތިން! އަދީބު ވަގަށްނެގި އެއްކަލަ ލާރިގަނޑުން މަށަށްވެސް ޖެހޭނެ އެތިކޮޅެއް ދޭން!