ކުރީގެ ނައިބު ރައީސް އަދި ޕާޓީގެ ރައީސް، އަޙުމަދު އަދީބަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން މިރޭ ސައިކަލު ބުރެއް ބާއްވައިފިއެވެ.

އެމްޓީޑީން މިރޭ މަގުމައްޗަށް ނުކުމެފައި ވަނީ އަދީބު މިއަދު އަނެއްކާވެސް ޖަލު ބަންދަށް ބަދަލު ކޮށްފައިވާތީ އެކަމާ ގުޅިގެންނެވެ. މިރޭގެ ސައިކަލު ބުރުގައި އަދީބަށް ތާއީދުކުރާ ޒުވާނުން ބައިވެރިވެފައިވާ އިރު، ސައިކަލުތަކުގައި އަދީބަށް އިންސާފު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މިރޭ ބެއްވި ސައިކަލު ބުރުގެ ތެރެއިން --- ވަގުތު އިމޭޖްސް / އަޝްހާދު އަބްދުﷲ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް އަދީބު ޖަލަށް ބަދަލު ކޮށްފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތުގައެވެ.

މިކަމާ ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ އަދީބު ޑޮސްޗާޖު ކުރުމަށްފަހު ޖަލަށް ބަދަލު ކުރިކަމުގައިވެސް، އާއިލާއަށް ޑިސްޗާޖު ސަމަރީ ދައްކާފައި ނުވާކަމުގައެވެ.

މިރޭ ބެއްވި ސައިކަލު ބުރުގެ ތެރެއިން --- ވަގުތު އިމޭޖްސް / އަޝްހާދު އަބްދުﷲ

އަދީބުގެ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިޖީއެމްއެޗްގެ އިސްވެރިންނާ ގުޅިވަޑައިގެން، ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ، އަދީބުގެ ފަރުވާއަށް ހުރަސް އަޅުއްވަމުންދާކަމުގައެވެ. އަދި ޑޮކްޓަރުންނަށް މަޖުބޫރުކޮށް، މެޑިކަލް އެތިކްސްއާ ޚިލާފަށް އެތައް ކަމެއް ކުރަމުންދާކަމަށް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަދާލަތު

    އިމްރާން ގަސްތުގައި ކުރާ ކަމެއް. ދުވަހެއް އިންކަން ދަންނާށި.

  2. އަލްޖިބްރާ

    ސައިކަލު ބުރެއްނޫން ! މަތިންދާބޯޓު ބުރެއްބޭއްވިއަސް އޭނާއަކީ ޖަލުގައި އޮންނަން ޖެހޭ މީހެއް !

  3. ރާޅު ބޯއީ

    ސައިކަލް ބުރު ޖަހަނީ އުފާފާޅު ކުރުމުގެ ގޮތުން. މަށަށް ހީވަނީ ޓެރަރިސްޓް އަދި ޗޯރުކަލޭގެ ޖަލަށް ބަދަލުކުރީމާ އުފާވެގެންހެން ތިޔަ އުޅެވެނީ. ތިކަމުން ވީ މޮޅެއް ނިކަން ބުނެދީބަލަ.

  4. ޕީޖޭ

    100 ވަރަކަށް ޕާޓޭން މަގުމައްޗަށް ނެރެ ސަރުކާރަށް ބިރުދެއްކުން ހުއްޓާލާ..ނުވާނެ ތިކަމެއް..

  5. ކީކޭ

    ރައްޔިތުންގެ ފައިސާ ހަވާލުކޮށްފިބާ؟

  6. ޢަދީބާ

    ވަރުގަދަ އަދީބެއްނު ތީ. މީހަކު ނޫޅޭ ތިކަމަކައިގެނެއް. ޚުދު ނަޝްވާ ވެސް ނޫޅޭނެ ތި ސޮރު އަތުގަ ފައިސާ ނެތްނަމަ.

  7. ރަޝީދު

    އިންސާފު ލިބުމަކީ މިނިވަންވުންތޯ؟ ޖަަލުހުކުމެއް ކޯޓުންވެސް އިއްވަނީ އިންސާފުން ނޫންތަ؟

  8. ޙަސަނު

    އެތިކޮޅެއް ދިއްކޮށްލާއިރަށް ތިޔަކަހަލަ ގޮލާތައް ލިބޭނެ ބައިވަރު 30 އަހަރު އަދި 3 އަހަރުން ތިޔަ ވައްތަރު އޮތީ ތިޔާގި ކޮށްފަ

  9. ސަމާހު

    ގޭންގް ބުރެއް. ކިހިނެއް ސަޕޯޓްކުރާނީ؟

  10. ދދދދދދ

    ކޮންމެ މީހަކަށް ކިހާ ވަރެއް ލިބުނުބާ!

  11. ފަރޭ

    ތި ފޮޓޯ ތަކުގައި ތިބި ޒުވާނުންގެ ތެރޭގައި އެބަހުރިބާ މާލޭ ގޭންގަކަށް ނިސްބަތް ނުވާ މީހެއް؟

  12. ބުރުމާސްޕޭސްމޭން

    ސަމާލުކަން ހޯދަން ކަނޑު އަޑިގައި ފީނިޔަސް ތިޔަ އަދީބު އޮންނަން ޖެހޭނީ ހަމަ ޖަލުގައި، ތައުބާ ނުވާ ހާ ހިނދަކު ހަމަ ޖަހަންނަމުގަ. މީ ވަރަށް ސާފު ކަމެއް. ހަޔެއްކަ ޒޯންބީސް ނެރެގެން ކޮން ސޮޑު ވައްތަރެއް ތި ޖައްސަނީ ނަރަކަ ވެލިދޫ ޔާމިން. ދޭބަލަ އަދީބު އާއި އެކީ ގޮނޑުހޮވަން. ތާހިރުވާނެ އޭރަށް