ރިންގް ރޯޑް ސެނަހިޔާ ކައިރީގައި އިތުރު އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެ، ދެމީހެއްގެ ހާލު ސީރިއަސް ވެއްޖެއެެވެ.

މިއެކްސިޑެންޓްގައި ދެމީހުންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް މަންޒަރު ދުށް ފަރާތްތަކުން "ވަގުތު" އަށް މަޢުލޫމާތު ދީފައިވެއެވެ. ފުލުހުން މިހާރު އެކްސިޑެންޓް ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އިރު، އެކްސިޑެންޓްގައި އަނިޔާލިބުނު ތިން މީހުންނަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށާއި 21 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހަކަށެވެ. ސީރިޔަސް އަނިޔާތަކެއް ލިބިފައިވަނީ 17 އަހަރުގެ ކުއްޖާއަށާއި 21 އަހަރުގެ މީހާއަށެެވެ. އަދި 2 ސައިކަލް ދުއްވަން އިން ފަރާތަކީވެސް އެއްގަމު އުޅަދު ދުއްވުމުގެ ލައިސެންސް ނެތް ދެ ފަރާތްކަން ފާހަގަ ކޮށްލެވެއެވެ. އަދި އެއް ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖާކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ.

މިރޭ އެކްސިޑެންޓް ހިނގި ސަރަހައްދު --- ވަގުތު އިމޭޖްސް

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގާފައި ވަނީ މޫންލައިޓް ހިނގުން (ރިންގް ރޯޑް)އިން ދެކުނު އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ސައިކަލެއް އެމަގުން އިތުރު ދެކުނަށް ދުއްވާފައި ގޮސް، ބުރުޒު މަގަށް އަޅުނު ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސެނެހިޔާއާއި އައިޖީއެމްއެޗްގައިވެސް ފަރުވާ ދެމުންދާ އިރު، ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ސެނަހިޔާ ކައިރިން ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގެ އިތުރުން މިއަދު ހަވީރުވެސް ވަނީ ހަމަ މިސަރަހައްދުގައި އެކްސިޑެންޓްއެއް ހިނގާފައެވެ. އަދި މިއަދު ހެނދުނު މާރުކޭޓް ސަރަހައްދުގައިިވެސް އެކްސިޑެންޓްއެއް ހިނގާ 17 އަހަރުގެ ކުއްޖަކުވަނީ ނިޔާވެފައެވެ.

ރޭވެސް ސެނެހިޔާ ކައިރީގައި އެކްސިޑެންޓެއް ހިނގާ ދެ މީހަކަށް ވަނީ އަނިޔާތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ާަަަނާއްޓެ

    🙁 ވަރަށް ހިތާމަ ހުރިިކަމެއް

  2. ާސަޒޫ

    ސާބަހޭ ކުދިންނޭ މަޑީދުއްވާލެއް ޕިސް ޕިސް????????????

  3. އަށްޑޫ

    ނޫނޭ އަށްޑޫ އައް ވުރެން ނުރައްކާ ތެރި އެކްސިޑެންޓް ވާ ތަނެށް ރާޖެގަ ނޯން ނާނެ

  4. ޢަަބްދުﷲ

    ތިކަން ކަން ހުުއްޓުވަން ޕޮލިހުން ބަލަން

    ޖެހޭ

    • މަ

      ނަމަނަމަ ދުއްވާ ސްޕީޑް މަޑު ނުކުރާތި. ފުލުހުން ތި ހުރިހާ ކަމެއް ކުރަން ޖެހޭނީ. ރައްޔިތު މީހާގރ ނޯންނާނެ އެއްވެސް ޒިއްމާއެއް

  5. ދިވެހިން

    އަދިވެސް މި ދިވެހިން އަކަށް ނުވިސްނޭނެ.

  6. މާސްޓަރ

    ބަންދުކޮށްފަ އޮތްމަގެއް ވިއްޔާ ހުޅުވާ، ބޭނުންވަރަކަށް ބޮއެ މަޖާކުރަން 24 ގަޑިއިރު ފިހާރަތައް ހުޅުވާ، ޕާޓޭންނަށް ހިތުހުރިގޮތަކަށް އުޅެވޭ އެމީހުންގެ ސަރުކާރެއްއައީމާ އެކްސިޑެންޓް ގިނަވާގޮތް ދިމާވެއެވެ. =ދިރާސާ=

  7. Anonymous

    ދެކުނު އުތުރެއް ނޯވޭ

  8. ރާޅު ބޯއީ

    ސެނަހިޔަ ކައިރީގައި އަދި ތިނޫނަަސް ހިތާމަވެރި އެކްސިޑެންޓް ހިނގާފާނެ. ބަލި.މީހުން ކެނޑިނޭޅި ސެނަހިޔާ ހޮސްޕިޓަލަށް ދިޔުމަށް ހުރަސްކުރާއިރު އެތަނުގައި ސްޕީޑް ބްރޭކަރެއް ނެތްތަނުގައި ޒިބްރާ ކްރޮސްއެއްގެ މިންވަރު.

  9. ދުލި

    ލޮނިޒިޔާރަތްމަގުން ބުރިޖަށްއަރަން އެއޮންނަމަގަށް ނުކުމެފަ ކޮންމެމީހަކު މަޑު މަޑުން ދާނީ މަގުގެ ނުބައި ފަޅިން. ސެނަހިޔާ ވީފަޅިން. ދެން ނުޖެހުނިއްޔާ ދެރައެއްނު!!

  10. ޒިޔާދު

    ސައިކަލް ބާރަށްދުއްވާމީހުން ހިފާ ހައްޔަރުކޮށް ބޮޑު އަދަދުން ޖޫރިމައިނާ ކޮށްބަލަ.އެހެންމީހުންގެ ފުރާނަ ނުދަނީސް.މިއަށްވުރެން ހަރުަދަނާ ފިޔަވަޅު އެޅެންވާނެ.

  11. މާމިގިލީ މީހާ

    މިނިސްޓަރު އައިސާއަށް މަގުތައް ނުބެލެހެއްޓޭކަން ތިފެންނަނީ. ލައިސަންސް ނެތި މީހުން ސައިކަލު ދުއްވަނީ ފުލުހުންނައް ނުބެލެހެއްޓޭ ތީ އެއްނޮއް. މިނިސްޓަރު އައިސާއަށް މިނިސްޓަރު ކަން ކުރާން ނޭގޭތީ.. އަދިވެސް ކިތައްމެ އެކްސިޑެންޓެއް ހިގާނެ.

    • އ

      މައިންބަފައިންނަށް އެމީހުންގެ ދަރިން ނުބެލޭތީ ދޯ އެފާޑަށް އުޅޭނީ.. ފުރަތަމަ ރަނގަޅަށް ދަރިން ތަރުބިއްޔަތު ކޮށްފަ، ދެން އެހެން މުއައްސަސާތަކުގެ ޒިންމާ ނެގޭތޯ ހަޅޭލަވާނީ

  12. ދުވެލި

    ކަމިޝަނަރަށް މިޚަބަރުތައް ނުފެންނަނީބާ 
    ލައިސަންސް ދިނުމުގެ އޭޖް ކެޓަގަރީ 25 އަށް ހިއްލަން ފެނޭ

    ޕޮލިސް މިކަމަށް ހައްލެއް ހޯދަންޖެހޭ
    ކޮބާ އައިޝާ

  13. ?

    ފުރަތަމަ މައިންބަފައިން ދަރިންނަށް އަޅާލާ ނަސޭހަތްތެރިވާންވީނު. އެދަރިންގެ ތަރުބިއްޔަތާމެދު ސުވާލުކުރެވޭނީ މައިންބަފައިންނާކަން ހަނދުމަކޮށްގެން. ދެންކިޔަނީ ޕާޓޭއިންނޭ ބަލަ އެކުދިންގެ މައިންބަފައިންނެއްނޫންތަ އެކުދިންނަށް ރަނގަޅު ތަރުބިއްޔަތު ނުދިނީ. ދަރިންތަށް އެކިހާލުގަ އެތަށްމިތާ ?. މާތްﷲ އަޅަމެންގެ މައިންބަފައިންނަށް ހެޔޮވިސްނުންދެއްވަވާށި އާމީން

  14. ނާފިޒާ

    މަސްތުވާތަކެތި ތިޔާގިވީވަރަކަށް މީހުންގެ ކުއްލިމަރުތަކާ މިބާވަތުގެ އެކްސިޑެންޓްތައް ގިނަވާނެއެވެ. ދިވެހިރާއްޖެއަށް މިއޮތީ މިބާވަތުގެ ރަންޒަމާނެއް ދިވެހިންގެބަޔަކު ގެނެސްދީފައެވެ. ދެމަސްތެރޭގައި ވީ ކުއްލިމަރުގެ ޢަދަދާ ، މަސްތުވާތަކެތި އަތުލައިގަނެވުނުޢަދަދާ ، އެކްސިޑެންޓްތަކުގެ ޢަދަދުތައް ހިސާބުކޮށް ބަލާލަބަލާށެވެ. 50 އަހަރުގެ ރެކޯޑް ދެމަސްދުވަހުން އޮންނާނީ ހަމަޖެހިފައެވެ.

  15. ލައްކަވާހަަކަ

    ފުލުހުން ގެ އިހުމާލު ހަމަ ހަގީގަތުގަވެސް މިހާރު ވ ވ ބޮޑު، ޢާއްމު ރައްޔިތުންނަށް އެކަށީގެންވާ އެއްވެސް އެވެއާރނަސްއެއް، ނުވަތަ މަގުމަތި ބެލެއްޓުމަކުން ނެތް ނުދޭ، ޒިންމާނަގަންޖެހޭ.

    • ޠ

      ކޮބާ ތިބޭފުޅާގެ ޒިއްމާ. ތިކަހަލަ އެހެން ބެލރނިވެރިންގެ ޒިއްމާ. އެކަންކަން ކޮށްފަ އެހެން މީހުންގެ ވާހަކަ ދެއްކޭތޯ އުޅޭނީ

  16. ސްޕީޑޯ

    ދިވެހި ޒުވާނުން ފިނިހަ ސްޕީޑްގައި އުޅެނިކޮށް ކުއްލިއަކަށް އިންޖީނުގައި ހުރިވަރެއް ދައްކާލާނެ ސަރާސަރު މަގެއްލިބުމުން ރަންބިންފެނި ހަނާވާތަން މިފެންނަނީ. ސަރުކާރަށް މިކަން ނުހުއްޓުވެންވީ ސަބަބެއް ނުފެނޭ،

  17. ވިއެޓްނާމް

    21 އަހަރުން ދަށުގެ މީހުންނަށް ލައިސަންސް ދޫނުކުރަން ފެނޭ. ރާއްޖޭގައި ކުދިންނަށް ހަމަވިސްނުން 18 އަހަރުވާއިރުވެސް ނުލިބޭ.

  18. ހައިވާ

    އިބޫ ރައީސް ކޮބައިތަ. އޭނާގެ އެއްވެސް ކަމެއްނެތީތަ؟ މަޖިލީހުގެ އަގުލަބިއްޔަތު ހޯދަުމުގެ މަސައްކަތުގައިތަ؟ މިހިތާމަވެރި ކަންތައްތައް ދިމާވަމުންދާއިރު ރައީސް މީހާގެ ހަބަރެއް ނުވޭވިއްޔަ