މިއަދު މިފެންނަނީ ބަގާވާތް ގޮއްވާލި ގޮއްވާލުން އަތަަށް ގޮވީމަ ފިލާ ދުވާތަން ކަމަށް ޕީޕީއެންގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕީޕީއެމް, އެމްޑީއޭ, އަދި ޑީއާރުޕީގެ ޔޫތު ވިންގް އިން އިސް ނަގައިގެން "ރޫމާލު 2" ޖަގަހާގައި "ވަރަަށް ވާން ކޮށް ރައީސް ޔާމީން އާއި އެކު" މިނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އިސްލާމްދީނަށް އުރެދުމަށްފަހު އެންމެ ނުބައި އަމަލަކީ ގައުމަށް ގައްދާރު ވުން ކަމަށެވެ

"އިސްލާމްދީނަށް އުރެދުމަށްފަހު އެންމެ ނުބައި އަމަލަކީ ގައުމަށް ޣައްދާރު ވުން އަޅުގަނޑުމެން ޒުވާނުން މިކަމާ ފުންކޮށް ވިސްނަން ޖެހޭ ރައްޔިތުންނައްޓަކާ ރައީސް ޔާމީން އެކުރައްވާ ޖިހާދަށް ތައުރީފް ހައްގު" އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ބޭރުގެ ސިފައިން ގެނެސްގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވުމާއި އަދި އިދިކޮޅު ބައެއް ސިޔާސީފަރާތްތަކުން އެކަމަށް ތާއީދުކުރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ.

"ޓްވީޓްގައި ނަޝީދު ބުނެފައި އޮންނަނީ، ދިވެހިރާއްޖެއަށް އިންޑިއާގެ އެންވޯއީއެއް ފޮނުވަން އެބަޖެހެޔޭ ބެކެޑް ބައި މިލިޓަރީ. މިލިޓަރީއާ އެކު. އޭރަކު ވިދާޅެއް ނުވޭ ތިމަންނަމެން މި ތާއީދުކުރަނީ އެންވޯއީ އެކަނި ފޮނުވާށޭ. މިލިޓަރީ ފޮނުވާކަށް ތާއީދެއް ނުކުރަމޭ." އަލީ އާރިފް ވިދާޅުވިއެވެ

ކުރީގެ ރައީސް ނަޝީދަކީ އަބަދުވެސް ދެފަހަރު ދެގޮތަކަށް ވާހަކަދައްކާ ބޭފުޅެއް ކަމަށް ވިދާޅުވެ އަލީ އާރިފް ވިދާޅުވީ ކޮންމެ ހައްގަކާއެކު ޒިންމާއެއްވާ ކަމަށެވެ.

"އެބޭފުޅުން ދައްކަވަނީ ގާނޫނު އަސާސީގައި ހުރި ހައްގު ތަކުގެ ވާހަކަ އެކަނި ގާނޫނު އަސާސީގައި ހުރި ޒިންމާތަކުގެ ވާހަކަ ނުދައްކަވާ. މިއަދު މިފެންނަނީ ގޮއްވާލި ގޮއްވާލުން އަތަަށް ގޮވީމަ ފިލާ ދުވާތަން ހަތަރު ފަސް ދުވަސް ފަހުން އެބޭފުޅުން އެވިދާޅުވަނީ ތިމަންނަމެން ވިދާޅުވަި އެހެން ނޫން ކަމަށް" އާރިފް ވިދާޅުވިއެވެ.

ރައީސް އަބުދުﷲ ޔާމީނަށް ތާއީދުއޮތްކަން ހާމަކުރުމުގެ ގޮތުން ޕީޕީއެމް ރުމާލު ޖަގަހައިގައި ބޭއްވި ޖަލްސާގައި ދެ ޖިންސްގެ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.