މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ރޯކޮށްލާފައިވަނީ ޤައުމީ ދާރުލްއާޘާރުގެ އުތުރުން އޮންނަ ޕާކިންގ ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައެވެ. އެސަރަޙައްދުގައި ސިފައިންނާއި ފުލުހުން ދަނީ މިހާރު ހަރަކާތްތެރިވަމުންނެވެ.

މިރޭ އަލިފާން ރޯކޮށްލި ކާރު- ފޮޓޯ: އެމްއެންޑީއެފް

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވެފައިވަނީ މިކަން ހިނގާފައިވާކަން ސިފައިންނަށް އަންގާފައިވަނީ މިރޭ 20:50 ގައިކަމަށެވެ. އަދި، ސިފައިން ކުރި މަސައްކަތުން 20:58 ގައި ރޯވި އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މިކަމާ ގުޅިގެން އިތުރަށް ވިދާޅުވެފައިވަނީ އަލިފާނުގެ ޙާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާކަމަށާއި އެހެންނަމަވެސް، ކާރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށެވެ.

ފުލުހުންދަނީ މިހާރު މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނިއުމާ

  މިއެމްޑީޕީ ކުދިންގެ އަސްލު މަސައްކަތް ފެށުނީތާ

  • ޟމމ

   ތީ ބަޔަކުބޮލުގައި އަޅުވަންވެގެން ކުރިކަމެއް?

 2. ކިޔަވާ ކުއްޖާ

  ގެއެއްގެ ބަދިގޭގައި ހުރި އުނދުން ރޯކޮށްފި... ދެން ދެވަންވީ ދޯ އެންމެން އަރުވައި ޖަހައިގެން

 3. ޖޮއްބެ

  ތިޔައީ އެއްވެސް ޝައްކެއްނެތް ގޮތުގައި ބޮޑުހުޅު-2 ގްރޫޕްގެ ޢަމަލެކެވެ. ގައުމަށް ހެޔޮބަދަލާ ތަރައްގީ އާއި ފާގަތިކަން އަންނާތީ ޖޭވެގެން ކުރެވޭ ކަންކަމެވެ.