ކީރިތި ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނާ މީހަކީ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
ޝައިހް އިލްޔާސް މިހެން ވިދާޅުވީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ކީރިތި ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނެ ޓްވީޓްތަކެއް ކޮށްފައި ވަނިކޮށެވެ.
އިލްޔާސް ވިދާޅުވީ ކީރިތި ރަސޫލާ صلى الله عليه وسلم ބަދުބަސް ބުނުމަކީ މުސްލިމުންގެ ލެޔާއި ކުޅުން ކަމަށެވެ.
"ކަމާ ބެހޭ މުއައްސަސާތަކުން ފިޔަވަޅު އެޅުމަކީ އެފަރާތްތަކުގެ ޒިންމާއެއް. އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު ނޭޅުމަކީ މުޖުތަމަޢުގެ އަމާންކަން ގެއްލޭނެ ކަމެއް" އިލްޔާސް ވިދާޅުވިއެވެ.
Alhugandumen ge may nabiyya ah badhubas buna meehakee dheenun beyruve muruthadhdhuvefaiva meeheh
adhi a e muslimunge leya kulhelumeh!
kama behey muassasathakun fiyavalhuelhumakee efarathuge zimmaeh
efadha faraththakamedhu fiyavalhu ne elhumakee mujuthamauge amankan gelleynekameh pic.twitter.com/J6867hr1hG— Ilyas Hussain (@shkilyas) January 20, 2019
އިބްރާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްއަކީ އަމާނާތްތެރި ބޭކަލެއް ނޫންކަމަށާއި، މާތް ﷲ ވަހީ ކުރެއްވި ބައެއް ބަސްފުޅުތައް ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމް ފާޅު ނުކުރައްވާކަށެވެ.
އިބުރާ މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ އިރު، ،ރަސޫލާއަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމުގެ ސަބަބުން ޣައިރު މުސްލިމުންގެ މެދުގައިވެސް "އަލް އަމީން" ގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލެކެވެ.
އިބުރާ ވަނީ ޚުލަފާއުއްރާޝިދޫންގެ ދެވަނަ ޙަލީފާ، އުމަރުގެފާނަށްވެސް އެއްވެސް އިޙުތިރާމެއް ނެތި މިއަދުގެ ޓްވީޓުގައި ވާހަކަ ދައްކާފައެވެ.
އިބުރާގެ ވާހަކަތައް ހައްދުފަހަނައަޅައި ގޮސްފައި ވާއިރު އިބްރާގެ ވާހަކަތައް ތަޙްޤީޤު ކުރުމުގެ މަސައްކަތެއް ފުލުހުން ނުކުރެއެވެ. އެކަމާއި ގުޅިގެން ފުލުހުންނަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
އިލްޔާސް އެއްކަމަކު ތިހެންބުނާކަށް ނުވާނެ. ތިޔަބޭފުޅުންނަށް މިއީކޮންބައެއްކަން އެނގިތިބެ ވެރިކަމަށް ގެނައިބަޔަކު ދައްކާވާހަކަ މިއަދުކުއްވެކުމުން އެކަން އަހަރުމެނަކަށް ގަބޫލެއް ނުކުެރވޭ.
ވެރިކަމުގަ ހުރީ އިބްރާތޯ؟ ކޮންމެ މީހަކު ހުއްޓަސް އިލްޔާސް ޙައްޤުބަސް ބުނާނެ!
??ަހައްގުބސް ބުނެވެން ޖެހޭނެ
މުރުތައްދުން ވެރިކަމަށް ގެނެސްފައި، އެމީހުންނާއި ރައްޔިތުންނާއި ޖެހޭގޮތަށް ވާހަކަ ދެއްކުމަކީ ހައްގުބަސް ބުނުމަށްވުރެ ފިތުނު އުފެއްދުން. ޕަބްލިކުގައި ވާހަކަ ނުދައްކައި އެމީހުންގެ ގާތަށް ގޮސް ނަސޭހަތްދޭންވީނުން.
ބޭޅާތީ ކޮންމެރިޔާސީ އިންތިހާބެއްގަ އެންމެފަހުދުވަހު ފާޅުވާއިލްމުވެރިއެއް އެހެންވީމާ އަދި އެއްޗެކޭ ބުނަން މާއްވަސް
ނުކުރާނެނު ތިޔައީ އެމްޑީޕީ ބައިގަނޑުގެވިސްނުން ސިފައިންގެ އިސްމީހަކީ ކޮންބޭކަނބަލެއްތޯ
މިވަރަށް މިމީހުން ދީނަށް އަދި މާތް ނަބިއްޔާ އަށް ބަދުބަސް ބުނާއިރުވެސް އެންމެ ކުޑަމިނުން އިސްލާމިކް މިނިސްޓްރީން ބަޔާނެއް ވެސް ނެރެނުލާ ކޮބައިތަ އެތާނގެ މިނިސްޓަރ ޒާހިރު ކޮބައިތަ ވެރިކަން ވައްޓަން އުޅުނު އެތާނގެ ނައިބު އަހުމަދުﷲ. އެތާގެ ވަޒީފާގައި ހުރެ މުޅި މިނިސްޓްރީ ފަލޭހަތް ކުރީ އަހުމަދުﷲ . ރާއްޖެ ޓީވީގެ މީހުންނާއި ގުޅިގެން ދޮގު ރިޕޯޓް ތައް ފޮނުވާ ސިއްރު ސިއްރުން ގޮސް ރާއްޖެ ޓީވީ އަށް ވެދެ ކުރިކަންތަން ރަނގަޅު ވެއްޖެ އެއްނު.
އިބުރާ ބޭނުން ގޮތަކައް އަޅުގަނޑުމެންގެ ނަބިއްޔާ ބަދުބަސް ބުނަން ކެރުނީ ސަރުކާރުގެ ދޯހޮޅިކަމުން.ހެއްކެއްގެ ގޮތުގައި ކަމާބެހޭ މުއައްސަސާ ތަކުގެ ހަމަހިމޭންކަން ފުދޭ.މިހާހިސާބައްވެސް އިބުރާ ދޭތެރޭ ޢެއްވެސް ފިޔަވަޅެއް ނާޅާ. މީ އިންތިހާއީ ލަދުވެތިކަމެއް.އެއްގޮތަކަށްވެސް އިބުރާ ދޫކޮއްފަ ބެހެއްޓުމަކީ އަޅުގަނޑުމެން ޤަބޫލު ވާނެކަމެއްނޫން. އިބުރާ ހައްޔަރުކޮށް ހައްޤު އަދަބުދޭން ޖެހޭނެ.
އިބްރާ ގޯސްވާހަކައެއް ދެއްކި ކަމަކަށް ގަބޫލު ނުކުރެވޭ.
އެހިސާބަށް ދިޔަނަމަ ރައީސްގެ ގަރާރަކުން ވަގުތުން ވަގުތަށް ފިޔަވަޅު އަޅާނެ، އަދި އިސްލާމިކް މިނިސްޓްރީން ތިކަމާއި އުޅޭނެ، އަދި ފުލުހުން މައްސަލަ ބަލާނެ. އެތަންތަނުގައި އެތިބީ ދީން ރަނގަޅަށް ދަންނަ ކަންކަން އިނގޭ މީހުން
ސްޕެއިންގެ އޮތް އިސްލާމިވެރިކަން ބަދަލުވެގެންދިޔައީ ތިގޮތަށް އަޅާނުލާ ދީނަށް ފުރައްސާރަކުރަން ދޯކޮއްލީމާ މިއަދު އަޅާނުލައިފިނަމަ މާދަމާ ކިޔާ އެއްޗެހި ގިނަވާނެ ފުލުހުން ހުވާކޮއްގެންތިބީ އިސްލާމްދީން ހިމާޔަތްކުރާށާއި ރައްޖޭގެ ރައްޔަތުންހިޮމާޔަތް ކުރަން މިއީ މުސްލިމްގައުމެއް ކީރިތި ރަސޫލާ (ސ އ ވ ސ މ) މާލާމަތް ކޮށް ފުރައްސާރަ ކުރަން ދޫކޮއްލެވިގެން ނުވާނެ މިއީ ސިޔާސީ ކަމެއްނޫން އެމްޑީޕީ މީހުންވެސް އެބަޖެހޭ މިކަމާއި ދެކޮޅަށް ތެދުވަން މީނަގެ ސަބަބުބުން އެމްޑީޕީގެ އަގު ރައްޔަތުންގެ ކުރިމަތީ ވެއްޓީ ޙަރާބު ވެއްޖެ.
ތި އިބިލީސްމެން، މި ނުބައިވެރިކަން ގެނައީ އެކަންކަން އެހެން ހިނގާނެކަން އެނގިތިބެނޫންތަ؟ ކާކަށް އޮޅުވާލާ މަކަރުހަދާނަމޭހިތާ އަނގަ މިތަޅަނީ. ބަލަ، ކުރުސީގެ ވެރި އިލާހު ތިޔަބައިމީހުންގެ ހިތުގައި ފޮރުވާފައިވާ ނުބައި ނުލަފާ އެދުންތަކާ ހަދާ ދޮގުތަކާ އޮޅުވާލާ އޮޅުވާލުން މޮޅަށް ދެނަވޮޑިގެންވާނެ. އެއިލާހު މިންވަރުކުރެއްވި ގޮތަކަށް ކަލޭމެންގެ ނިމުން އަންނާނެ. އިންސާނުންނަށް ހުރި އިބުރަތެއްގެ ގޮތުގައި މި ނުލަފާ ދީނުގެ އަދުއްވުންގެ ނިމުން ގެންނަވާ ފާނދޭވެ. އާމީން.
އެންމެ ފުރަތަމަ ހައްޔަރުކުރަންވީ ކަލޭ ނުލަފާ އިލިޔާސް މި ހުރިހައި ޖަރީމާއަކަށް ހިތަވަރުލާދިނީ ކަލޭ ކަލެއަށް ހަލާކުހުރި ކަލެއަށް ހަލާކުހުރި ކަލެއަށް ހަލާކުހުރި
އެންމެ 2 ޕަސެންޓުގެ މުސްލިމުން ހިމެނޭ ގައިރު ދީންތަށް އޮންނަ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް، މާތް ނަބިއްޔާއަށް ބަދުބަސް ބުނެއުޅުންވަނީ މަނާކޮށްފައި. އަދި އެކަލޭގެ ފާނަށް ބަދުބަސްބުނެ ހަޖޫޖަހާ މީހުންނާ މުޅި ދުނިޔޭގެ އެންމެން ދެކޮޅުހަދާ އެކަން ކުއްވެރިކުރޭ. އެކަމަކު، މި 100 ޕަސެންޓު މުސްލިމު ދިވެހިރާޢްޖޭގައި، މުސްލިމެއް ވެރިކަމުގައި ހުރެ މިނުބައި ޝައިޠާނު ހިތުހުރި އެއްޗެއް ކިޔާއިރު، ކަންފަން ބީރުކޮށް ދެލޯ ކަނުވެފަ ހުރި މީހެއް ގޮތަށް ހުންނަ ހުރިމީ މީނާއާ ދެކޮޅަށް މުސްލިމުން ހަނގުރާމަ އިއުލާނު ކުރަންޖެހޭވަރުގެ ކަމެއް ނޫންބާ؟
މުރުތައްދު ވެފައިވާ މިކަހަލަ ނުލަފާ މީހަކަށް މި ދިވެހި ފަސްގަނޑުން ޖާގަ ދީގެން ނުވާނެ.
"އިބްރާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްއަކީ އަމާނާތްތެރި ބޭކަލެއް ނޫންކަމަށާއި، މާތް ﷲ ވަހީ ކުރެއްވި ބައެއް ބަސްފުޅުތައް ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމް ފާޅު ނުކުރައްވާކަށެވެ."
ބަލަ މީނަޔައްތަ ވަހީ އަންންނީ، މިއީ ތަ އެމްޑީޕީ އިން އެބުނާ މެދުމިނަކީ، ބަލަ މެދު މިނަކީ އިސްލާމް ދީނޭ،
ބައްލަވާ ސޭކޫ!!!! ރަސޫލާ ދުޢާދެއްވިފަދަ މީހުން ވެރިކަމުގަތިބޭއިރު ސޭކު އަނގަނުހުޅުވުންނޫންތޯ ކަމުދާނީ؟ ދެން އަނެއްކާ ރާއްޖޭގައި އިސްލާމްދީން މި އޮންނަނީ ވަކިމީހަކު ވެރިކަމުގައި ހުންނާތީއެއް ނޫނެއްނުތޯ؟
އެހެންވީމަ ހުރިހާ ދިވެހީން ދެން އިލްޔާސް ތިގެނެސް ދެއްވި މުރުތައްދު ވާން ދަސްކޮއްދޭ ސަރުކާރާ އެކީ ބާރައް ކުރިއަައް ދެއްތޯ ހަމަހިނި އަންނަނީ ....
މާތްﷲ އިލިޔާސްއަށް ހެއުބަސްނުބުނުމުގެ ތައުފީޤު ދެއްވާށި އާމީން
ނަބިއްޔާއަށް ބަދުބަސް ބުނާ މީހުންނަށް ވެރިކަން ހޯދައިދީ އެމީހުންގެ ވެރިކަން ދަމަހައްޓަން މަސައްކަތް ކުރުމަކީ ކޮންކަހަލަ ކަމެއްބާ؟ މުނާފިގުކަންތޯ ނޫނީ ދީނަށް ޚިޔާނާތްތެރިވުންތޯ؟ ތިއިލިޔާސު ބުނި މިތާ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އިސްލާމްދީން އޮންނާނެކަމަށް. މުނާފިގުން ގިނަ ކަމާ އެވެ.
އިލްޔާސާ ކޮށްލަން ބޭނުންވާ ސުވާލަކީ ނަބިއްޔާ އަށް ބަދުބަސް ބުނާ މީހާޔާ ދޭތެރޭ އިސްލާމްދީނުގައޮތީ ކޮން ހުމެއްތޯ؟ އަދި މުސްލިމުންނައް އޮތީ ތިހެން ބުނެލުންތޯ؟
ސަރުކާރުގެ އެޖެންޑާގެ ހިމެނޭ ކަންކަން ކުރާނެ ބައެއްފަހރު އާނިޔާ ބައެއްފަހަރު އަންނި ނުވަތަ އިބްރާ މިނޫނަސް ރޭވިފަ އޮތްގަޮތަށް އެކަންތައް އެދަނީ ކުރިޔަށް. އިބޫ ބުނެލާނީ ވަރައް ފިނޑި ބަހެއް. ޕޮލިހުންވެސް އެމީހަކު ހާޒިރު ކުރިޔަސް އިތުރައް އެއްވެސް ފިޔަވަޅެއް ނާޅާނެ. މައުމޫން އެހެރީ ސަރުކާރުގަ ދެމިހުރުމައްޓަކާ ކޮންމެ ކަމެއްވެސް ވަރިހަމަކަމަށް ނިންމައިގެން. ޤާސިމްއަށް ވެސް މާބޮޑުކަމެއް ނުކުރެވޭނެ ވަށައިގެން އެތިބީ ބާރުބޭނުންވާމީހުން މިނިސްޓްލަރކަން ގެއްލިދާނެތީ ޤަސިމްއަށް މިމީހުންގެ ޕްރެޝަރ އިންތިހާއަށް ބޮޑު. ޤާސިމް ކޯލިޝަނުންވަކިވިޔަސް މިފަހަރު އަދާލަތު ވަކިނުވާނެ. އަދާލަތަކީ މިހާރު ނާޒިމްގެ ނުފޫޒު އޮންނަ ޕާރޓީއެއް.
އެހެންނަމަވެސް މިފަދަ ކަންކަމާ ދެކޮޅަށް ނުކުންނަށް ކެރޭމީހުން އަދި ނުކުންނަ ދުވަސް އަންނާނެ. އިންޝާﷲ
ނަބިއްޔާ އަށް ބަދުބަސް ބުނާ މީހަކީ ކާކު؟ އެމީހެއްގެ ނަން ބުނަން ކަލެއަށް ކެރޭނެތަ؟ މީ ކާކު؟ ކަލޭ އަނގަ ނުގަޅާ ހުރޭ ބޮޑާ ކިބުރުވެރިޔާ.
ހާދަ ފޫއްސެއް ކަރުވާ އެތިގަނޑެކޭ
ވެރިކަމުގައިހުރީ މިކަލޭގެ ބުނާގޮތުންނަމަ ދުޢާދެއްވާފަހުރި މީހެއް. ކަލޯ މޮޔަނުގޮވާ މަޑުންހުރެވޭތޯބަލާ. ތިދައްކާވާހަކަ އަޑުއަހާނެމީހަކު ހުރިހެނެއް ހިއެއްނުވޭ. މިހީވަނީ ފަތވާމަޖިލިސްހެންދޯ
އީމާންތރިކަން ކުޑަވާ މީހުންގެ އީމާންތެރިކަން ވަރުގަދަ ކުރުމަށް ހެލްޕް ވުމަކީ ދީނީ އިލްމުވެރިންގެ ޒިންމާއެއް އޭނާގެ ސުވާލަށް ޖަވާބު ދިނީމަ ވީ. އަހަންނަކީ ދީނީ އިލްމުވެރިއެއް ނޫން. އެކަމް މުރުތައްދުވާ މީހުން ހަމަމަގަށް އަޅުވަންޖެހޭ ވާހަކަ އަޑުއަހަން.
ހައްގު ބަސް ވިދާޅުވުމުގައި ޝެއިޚް އިލްޔާސް ވަރަށް ކެރި ސިޔާސީ ފިކުރު ދޫކޮށް ޖިހާދަށް.
ޥ. ރަގަޅު ފާލެއް. މާޒީގަވެސް ޝެއިޚް ވަނީ މިފަދަ އަގުހުރު ދީނީ މަސައްކަތްކޮށްފަ.
ސޭކް އިލިޔާސްއަށް ތިވަރު ބުނަން ކެރުނުކަމަށްވެސް ޝުކުރު ކުރަން. އެކަމު ބަލާ ބަލަ ސޭކް އިމްރާންނުމެން ވަޒީރުކަމުގަ ރަސޫލާއަށް ބަދުބަސް ބުނާ މީހުންގެ ދިފާއުގަ އެތިބީ ހެވިދިލިފަ ވަޒީރުކަން ލިބުނީމަ. ދުނިޔޭގެ އެދުމަށް ދީން ބަޔަކަށް ވިއްކާލެވޭނި މިވަރަކަށްދެން. ތިއޮތީވާ އަދާލަދު ޕާޓީއެއް. އެނޫން ގޮތެއްވެސް ނެތީތާދޯ! މަޖިލިސް އިނތިހާބުގަ ގޮނޑިގަނޑެއްވެސް ލިބެން އޮތީ އެމްޑީޕީގެ ހިޔަނީގަ އޮވެގެންވިއްޔާ. އެއީ އެވާގޮތަކީ އެހުންނޫނީ އަދާލަތު ކުދިން ކޮޅު ސަރުކާރުން ބޭރުކުރާނެ ވަގުތުން.
އެމްޑީޕީ އަކީ ޙައްދުފަހަނަ އަޅާފައިވާ ޢަލްމާނީ ފިކުރުގެ ލާދީނީ ބައިގަނޑެއްކަމާ އެ ބައިގަނޑަށް ވެރި ކަން ލިބިއްޖެނަމަ އެއްމެފުރަތަމަވެސް ދިމާކޮށްލާނީ މާތްވެގެންވާ އިސްލާމްދީނާ ކަން އެނގިހުރިޙާލުގައި އިލްޔާހާ ޢިމްރާނާ އިޔާޒާ މިފަދަ މީހުން އެޕާޓީ އަށް ތާއީދުކޮށް ތާރީފު ކޮށްގެން އެމީހުންނަށް ތިޔޮތީ ވެރި ކަން ލިބިފައެވެ. ދެން އެޕާޓީގައި ތިބި މުރުތައްދުންގެ ކިބައިން އިސްލާމްދީން ޙިމާޔަތްކޮށް ރައްކައުތެރި ކުރުމުގެ ޒިއްމާ ކަލޭމެން އަދާކުރޭ.....!!!
އިލްޔާސް ބުނާ އެއްޗެއްނޫން މުހިއްމީ.
މިވަގުތު މުހިއްމީ ފުލުހުންނާއި، އަދި އިސްލާމިކް މިނިސްޓްރީ އަދި ރައީސުލް ޖުމްހުރިްޔާގެ ނިންމެވުމެއް.
ރައީސް އާއި މަތިކޮށްފައި އޮންނާނެ މިގައުމުގެ ދީން ހިމާޔަތްކުރުން.
ކޮން ޣައިރު މުސްލިމުންނެއްހޭ؟ ކާފަރުންނޭ ކިޔާބަލަ. މިލިޔުމުގައި މިއޮތް އާޔަތުގައިވެސް އެއޮތީ ކާފަރު ، ޣައިރު މުސްލިމެކޭނޫން.
ތިއޮތީ ވަރަށް ވަރު ކޮށްދެވިފަ އިލްޔާސް އަށް..ތިހެން ބުނެލީމަ ވާޖިބު އަދާވީ ދެއްތޯ!ސަހަރޯހީވޭ...
ނަބިއްޔާއަށް ބަދުބަސް ބުނުމުގެ ފުރުސަތު ހޯދަދިން މީހަކީވެސް ހަމަ އެފަދަ މީހެއް ތީ ކޮން ކަހަލަ ސޭކެއްތަ...
ދީނީ ތާކިހާ ބޮލުގަ އަޅައިގެން އުޅޭ ލާދީނީ ބޭފުޅެއް އިލިޔާސް އަކީ