ރޭ ސެނަހިޔާ ކުރިމަތީ ހިނގި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އޭޑީކޭއަށް ބަދަލުކޮށްފައިވާ ކަމަށާއި އަނެއް ދެމީހުންގެ ހާލު ރަނޅުކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗް އިން ވިދާޅުވީ ހާލު ސީރިއަސްވި މީހާ ނިއުރޯ ސާޖަން އަކަށް ދައްކަން ޑޮކްޓަރު ލަފާދެއްވުމުން އޭޑީކޭއަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނަނީ ސާޖިކަލް ވޯޑްގައި ކަމަށާއި އަނެކަކަށް ފަރުވާދެމުން އަންނަނީ މެޑިކަލް ވޯޑްގައި ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތު ދެއްވައެވެ. އެދެމީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް އައިޖީއެމްއެޗް އިން ވިދާޅުވިއެވެ.

މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށާއި 19 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށެވެ.

ރޭ ސެނަހިޔާ ކައިރީ ހިނގި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެފައިވަނީ ރިންގްރޯޑުން ދެކުނުން އުތުރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އުތުރުން ދެކުނަށް ގޮސް ބުރުޒު މަގަށް އަޅަން އުޅުނު ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދެ ސައިކަލު ދުއްވަން އިން މީހުން އަތުގައި ވެސް ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އިއްޔެ ވެސް ސެނަހިޔާ ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އިއްޔެ ހެނދުނު ވަނީ މާލޭ ގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކު ނިޔާ ވެސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެވަރު މިވަރު

    މިހާރަކަށް އައިސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ މަރެއް މީﷲގެ ކޯފާ..

  2. Anonymous

    މިހާރު ވަރައްގިނަ ބަންގްލަދޭޝް މީހުންވެސް ލައިސަންސް ނެތި ސައިކަލް އެބަދުއްވާ އެމީހުން ބުނަނީ ޕޮލިހުންހުއްޓުވީމަ ދެންނުދުއްވާނަމޭ ބުނީމަ ދޫކޮއްލަޔޯ

  3. ާއަހުމަދު

    މިހާރު ވަރައްގިނަ ބަންގްލަދޭޝް މީހުންވެސް ލައިސަންސް ނެތި ސައިކަލް އެބަދުއްވާ އެމީހުން ބުނަނީ ޕޮލިހުންހުއްޓުވީމަ ދެންނުދުއްވާނަމޭ ބުނީމަ ދޫކޮއްލަޔޯ