އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލާއި އަދި ފަހަކަށް އައިސް ގިނަ ބަޔަކު އިސްލާމްދީނަށާއި ކީރިތި ރަސޫލާއާއި ބެހޭ ގޮތުން ދައްކަމުން ގެންދާ ހުތުރު ވާހަކަތައް ކުށްވެރި ކުރުމުގެ ބަދަލުގައި އިސްލާމިކް މިނިސްޓްރީ އިން މިއަދު ދިވެހި ހުރިހާ ރައްޔިތުންނަށް ނަސޭހަތެއް ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިސްލާމްދީނާއި މެދު ޝައްކާއި، ވަހުމާއި، ނަފުރަތު އުފެދޭ ގޮތަކަށް ނުވަަތަ ދީނުގެ ޙުކުމްތައް އޮޅޭ ގޮތަށް ނުވަތަ ދީނަށް ފުރައްސާރަކުރެވޭ ފަދަ މޭރުމަކުން ވާހަކަ ދައްކައި، ޝަރީޢަތަށާއި ﷲގެ އާޔަތްތަކަށް، މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނަށް ﷲގެ ވައީދުގެ ބަސްފުޅު އައިސްފައިވެއެވެ.

"ޝަރުއީ މައްސަލަތައް އޮޅުން ފިލުވުމަށްޓަކައި ދީނީ އިލްމުވެރިންނާއި ސުވާލު ކުރެއްވުމަށާއި މީސްތަކުގެ މެދުގައި އޮޅުން އަރާފަދަ ގޮތަށް މީސް މީޑިއާގައި ދީނުގެ ޙުކުމްތަކާއި ބެހޭ ގޮތުން ނޭނގި ތިބެ ބަހުސްކޮށް ނުހެދުމަށް ނަސޭހަތްތެރިވަމެވެ." އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

އަދި މިފަދަ ވާހަކަތަކަށް ޖަވާބު ދިނުމުގައި ވެސް ދައުވަތުގެ ރިވެތި އުސޫލުތަކުގައި ހިފުމަށް މިނިސްޓްރީ އިން ވަނީ ދަންނަވާފައެވެ. ދީނީ މައުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އިސްލާމިކް ނިސްޓްރީއަށް ވަޑައިގެން އެފަދަ މައުލޫމާތު ސާފު ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ ފޮރުވިގެން ތިބެ ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދީ މީހުންގެ މުދަލާއި ފުރާނައަށް ޝަރުޢީ ހަމަތަކުން ބޭރުން ގެންލުން ދޭނެ ކަމުގެ އިންޒާރު ދިނުން ފަދަ އިސްލާމްދީން އެކަންކަމުން ބާރިއާވެގެންވާ ކަންކަން ކުރާ ފަރާތްތަކާއި އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރަތްތައް ހޯދައި ކަމާބެހޭ މުއައްސަސާތައް ގުޅިގެން އެކަންކަން ހުއްޓުވަން އިސްލާމިކް މިނިސްޓްރީ އިން މަސައްކަތް ކުރާނެ ކަމަށެވެ.

އިސްލާމްދީނަށް މަލާމާތްކޮށް ފުރައްސާރަ ކުރާ ފަރަތްތައް ހޯދާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވި އިރު ގިނަ މީހުން މިހާރު އެކަންތައްތައް ކުރަމުން ގެންދަނީ ވަރަށް ފާޅުގައި މީސް މީޑިއާގައި އެމީހުން ބޭނުން ކުރަމުން އަންނަ ރަސްމީ އެކައުންޓްތަކުންނެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ބަޔާނެއް ނެރުއްވާފައި މިވަނީ އިސްލާމްދީނަށް ބަޔަކު ފާޑުކިޔަމުން ދާއިރު ވެސް އިސްލާމިކް މިނިސްޓްރީ އިން އެއްވެސް އެއްޗެއް ވިދާޅު ނުވާތީ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ޙަސަނުބެ

    އޯ ސަޅި ކޮބާ މިނިސްޓްރީ އަށް ނޭގުނު ދީނައް މަލާމަތްކޮށް ފުރަށްސާރަ ކުރާ ބައެއް ވީމާ ރައްޔިތުން ނިކުމެ އެމީހުން ހޯދާ މިނިސްޓްރީއާ ހަވާލުކުރަންފެނޭ އެ ނޫން ގޮތެއް ދެންނެތްކަންނޭގެ ކީކުރާ ޝަރުއީ ދާއިރާ ތަކެއް އެމީހުންގެ އަބުރަށް ހުތުރުވާކަހަލަ ކިތައްމެ ކުޑައެއްޗެއް ބުންޔަސް ބަޔާންތައް ނެރޭ އެކަމު ﷲ ފޮނުއްވި އިސްލާމްދީނާ ރަސޫލާ އައް ފުރައްސާރަ ކުރިެައަސް ބަޔާނެއް ނެރެން ނުކެރޭތާންގާ އެކަމާ ބަހެއް ބުނެލާނެ ސަރުއީ ނިޒާމެއް ނެއް ހުރި ހިތާމައެއްގެ ބޮޑުކަމާ

  2. ވާރޭ

    އަދިވެސް ބަޔާންތަ ނެރެނވީ މުރުތައްދުވެފައިވާމީހުން ތަހުގީގުކޮށް އަވަހަށް ނަސޭހަތްދީބަލަ ތިހާވަނދު ގޮތަކަށް މިކަން ދޫކޮށްނުލާބަލަ.

  3. Anonymous

    މަ ހޯދަދީފާނަން 2 މީހުން. އިބްރާ، ޝަމީމް. ހެކި ބޭނުންތޯ؟

  4. އަހްމަދު

    ކަންކަމައް އެކަށީގެންނުވާ ނާގާބިލްމީހުން ކަންކަމާ ހަވާލުވެތިބޭއިރު މިބާވަތުގެ ވަރައްގިނަކަންކަމާ ދިމާވާނެ

  5. އަލީ މޫސާ

    ޢެގޮތަށްއެއްބަސްވެގެން މިނިސްޓަރކަންދިނީ ދެން ކިހެނެއްތޯ ކުއްވެރިކުރަންކެރޭނީ ، މިނިސްޓްްރީން އެކަޏެއްނޫން ސީދާ ރައީސުލް ޖުމުހީރިއްޔާވެސް ޖެހޭނެ ކުއްވެރިކުރަން. އެޕާޓީއަށް ވެރިކަންލިބިގެން ލިބުނުހިއްވަރުގަ ތަންތާތިބި ޚާއްޞައެހީގެ މީހުންވެސް ފުމެއަރަންފެށީދޯ ،، އިލިޔާސްމެން ޖެހޭނެ ޒިންމާނަގަން......

  6. މަނީމަނީ

    މި ސަރުކާރުގެ ވުޒާރާތާކާ ހަވާލުވެގެންތިބި ދީނީ ބޮޑެތި ޖައްބާރު ސޭހުންތަށް ހާދަހާވާޔޭދޯ ވަޒީފާ ގެއްލިދާނެތީ ބިރުގަންނަނީ؟
    ކީއްކުރާނީ 8 އަހަރުވަންދެން މަސައްކަތްކޮށްގެން ހޯދި މޮޅެއް ދޫކޮށްލާންވީމަ ކޮން ދީނެއްހޭބާ މިވެރިން މިބުނަނީ....

  7. ބަސް

    ލާދީނީ މިނިސްޓުރީ ނަމަކީ ލަލަލަލާ

  8. މިނިސްޓަރ

    ކިހެނެއްހޭ ކުއްވެރިކުރާނީ އިސްލާމުދީނުގައިސާބިތުވެހުރުމައްވުރެންވެސް އަހަރެންބޭނުމޭ ވަޒީފާގައި ދެމިހުރުން އަހަރެންމިހެން ހަޤީގަތަށްބުނުމުން މީހުންއަހަންނައްވަރައްމަލާމާތްކުރާނެ އަހަރެއްމިހާރު ވަޒީފާގެކުރިއައް އެހެންކަމެއްނުނެރޭނަން

  9. އިބްރާހިމް

    ނުކެރޭނެ ފިޔަވަޅު އަޅާކަށް، އިބުރާގެ ނަންވެސް ކިޔާލާކަށް ނުކެރޭނެ. އިބުރާއަކީ މި ސަރުކާރުގެ ވަރަށް ބާރު ގަދަމީހެއް. ކޮބާތޯ ވެލެޒިނީ، ކޮބާތާ އާނިޔާ ކޮބާތޯ އިބްރާ، ކޮބާތޯ އަންނި ހުސްވާހަކަ، ފިޔަވަޅު އަޅަން ނުކެރޭނަމަ އިސްލާމިކް މިނިސްޓަރ އިސްތިއުފާ ދިނުމަށް ގޮވާލަން.

  10. ހުވަދޫ މީހާ

    އަނހަ! ނުކެރޭނެދޯ ކުށްވެރި ކުރާކަށް!

  11. އިންޑ އައުޓް

    އަދާލަތު ޕާތީގެ މިނިސްޓަރުން އިސްތިއުފާދޭން ޖެހިދާނެތީ ބިރުން

  12. މުޙައްމަދު ޢަލީ

    ކިހިނެއް ކުށްވެރިކުރަން ކެރޭނީ. ބަޔަކަށް ނޭނގުނަކަސް މިއޮތީ އެމްޑީޕީގެ ސަރުކާރެއް، އެމްޑީޕީއަކީ ސެކިޔުލަރިޒަމް ތަޢާރަފުކުރަން އުފެއްދި ޕާޓީއެއް. އެހެންވީމާ ސަރުކާރުގެ ސިޔާސަތަށް ފާޑު ކިޔަިގެން މަގާމަކު ނުތިވޭނެނު. ބަގުތު ނޫހުން ވެސް ހަގީގަތް ގަބޫލުކުރޭ. ލާދީނީ މީހުންނަށް ބިރެއް ނެތި ވެލި ފޮޅާލަިފަި ތެދުވެ ބޭނުންހާ އެއްޗެއް ރަސޫލާއާއި އެކަލޭގެފާނުންގެ ލޮބުވެތި އަނބިއަނބިކަނބަލުންނާއި ޚުލަފާއުއްރާޝިދުންނާ ބެހޭ ގޮތުން އެ ދައްކަނީ ގައިމު ކަމެއްވެތާ؟ މިމީހުންނާ އިދިކޮޅަށް އެއްޗެކޭ ބުނެފިތަ ފުލުހަށްވެސް ގެންދާނެ. ލިޔަނު ލީ ވެސް އެހެންވެ. ޔާމީން ސަރުކާރު ބަދަލުކުރަން ފޫގަޅައިގެން އުޅުނު މީހުން ދެން އަތްޖަހާ!

  13. އަލީ

    އަވަށް އިސްިޢުފާދީ ތިޔައީ ދިވެހިރައްޔިތުން ގަބޫލުކުރާ އިސްލާމިކު މިނަސްޓަރެއްނޫން!

  14. ޏައިބުތުއްތު

    އިސްލާމިކު މިނިސްޓްރީގައި، އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު އެއްވެސް އެއްޗެއް ބުނަންކެރޭމީހަކުނެތީ މަޤާމުގެ ދަހިވެތިކަމުގަްި މަޤާމްގެއްލިދާނެތީ އެކަމާބިރުންނެވެ

  15. ބާރަށް

    ތިހާ ފިނޑިއްޔާ އަތަށް ހެޔޮވަރު ތަނޑިބަޔެއް އަޅައިގެން ގޭގަ އޮވޭ.

  16. އަހުސަން

    ފުރަތަމަ، ކެނެރީގޭ ނަޝީދާއި މެދު ފިޔަވަޅުއަޅަން ނުކެރިގެން ތި އުޅެނީ ކީއްވެ؟ އިސްލާމްދީނުގެ ހުކުމްތަކާއި ދެކޮޅުވާހަކަ ކިތައްފަހަރު އެކަލޭގެ ދައކައިފިތަ؟ އެއީ މިގައުމުގެ ހަލާކަކީ. އިބްރާމެން ބާރުލިބިގަތީ އޭނަގެ ފަރާތުން

  17. މަރިޔަމް އަފީ

    ނުކެރޭނެ ކުއްވެިކުރާކަށް. ކުއްވެރިކޮށް އެއްޗެކޭ ބުނާއިރަށް މިނިސްޓަރުގެ ވަޒީފާ ގެއްލޭނެ. އެއީ ޔަގީންކަމެއް.

  18. ހަސަންޓޭ

    ކިހިނެއް އެއްޗެކޭ ބުނާނި. ކިހިނެއް ކުއްވެރިކުރާނި. އެއްޗެކޭ ބުނެފިއްޔާ އެމްޑީޕީގެ ކުރީގެ ރައީސަށް އެއްޗިތިކިޔަނީ ކަމަށް ބަލައިފަ ވަޒީރުކަމުން ބޭރުކުރާނެވިއްޔާ. އެވަރަށް މަގާމަށް ދަހިވެތިވެފަ އެތިބީ. ދީނަށް ވުރެން ރަސޫލާއަށް ވުރެން މިމީހުން މާ ލޯބިވޭ ދުނިޔޭގެ އެދުންދެކެ. ވަޒީރުކަމުން ލިބޭ ފައިސާދެކެ. ދީން ވިއްކައިގެން މިގައުމުގަ ކާބަޔަކީ އަދާލަތު ޕާޓީގަ ތިބި މުނާފިގު ށޭހުން.

  19. މަސްވެރިޔާ

    ވ.އަވަހަށް ބޮޑް މުޒާހަރާއެއް ފެށޭނެ .. މީގައި ޒާހިރުގެ އިސްތިއުފާއަށްގޮވާ އެކަން ކޮޅެއްގަ ޖައްސާނެ.

  20. ފާތުމަހޮއްކޮ

    އަވަހަށް އިސްތިއުފާއަށް ގޮވާ، ލާދީނީ ޓެގު އަޅުވާ.

  21. ފަހުދު

    ދަށުވެފައި ތިބި ބައެއް

  22. Anonymous

    އެއީ ރަނގަޅަެް ރޭވިގެން ޕްލޭނާ އެއްގޮތައް ހިންގަމުންއައްނަ ބޮޑު ޖަރީމާއެއް މިއީ ސަރުކާރުގެ ތެރޭގައި އަތްތަކެއް ވާޕްލޭނެއް ކަމާމެދު ސައްކެއްވެސް ނެތް ނޫންނަމަކަ އެހާފާޅުގަ ނުކެރޭނެކަން ޔަގީން!!

  23. ކެޔޮޅު

    އެއީ ސަރުކާރުން ހިންގާ ޖަރީމާއެއްކަން ޔަޤީން!

  24. ސަންގުމަރުމަރު

    މިސަރުކާރުގެ ލީޑަރޝިޕަކީ ލާދީނީ ލީޑަރޝިޕެއް. އެކަން މަޒީ އިންވެސް ފެންނަން އެބައޮތް. އަދި މިހާރުވެސް އެދަނީ ފެންނަމުން. މިކަމުގައި ދިވެހިރައްޔިތުން މިހާރު ހޭނުލައިފިނަމަ، ަމިޤައުމަށްވެސް އަންދަލުސް އަށް ކުރިމަތިވި ކަންކަން ފަދަ ކަންތައްތަކެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެއް.
    ރައްޔިތުން ހޭލުމަށް ގޮވާލަން.

  25. ޖޭޕީ

    އިސްލާމިކް މިނިސްޓަރަކީވެސް އެއްޗެއް ދަންނަ މީހެއް ނޫންވީމަ ތިހެންވާނީ.

  26. އަލީ

    ތިޔައީވާ އިސްލާމިކު މިނިސްޓަރެއް! ވަޒީފާ ގެއްލިދާނެތި ބަހެއްބުނަން ނުކެރިގެން ތެލެބައިލަނީ! ރައްޔިތުން ނުކުމެ ދަމައިބާއިލާންވީ!

  27. ޗިއްލޫ

    ދުނިޔޭގެ އުފަލާއި އަރާމަށްޓަކައި މިއަދު ދީނީގޮތުން ބުނަޖެހޭ އެއްޗެއްބުނުމަށް ނުކުޅެދިފަވާ މިނިސްޓްރީއެއްތީ! ޝެއިހު އިލްޔާސުމެން ފަދަ ބޭފުޅުންވެސް ވަނީ އެމީހުންގެ ޝަހުސިޔަތުވީކާލާފަ!

  28. ދިވެހި މީހާ

    ރޫޙާނީ ލީޑަރުގެ މަދަދާއި އެހީތެރިކަމާއި ވާގި ލިބިގެން ދައްކާ ވާހަކަތައް ކުށްވެރިއެއް ނުކުރެވޭނެ! އެނގިއްޖޭޭޭޭޭ

  29. އަހުމަދު

    މިނިސްޓަރު ޒާހިރު، އަދި ނައިބު އަހުމަދުﷲ . ޗުއްޕުވެސް ނުބުނާނެ . އަހުމަދުﷲ ގާތު އަހާލަބަލަ ތިނަދޫގައި ބޮޑު މިސްކިތެއް އަޅާފައި އެބަހުރިތޯ ބުނާނެ ތިމަން ނުދެނަ ހުރިމޭ އަހަރެން ގެ ރަށްޓިއްސަކު ބުނި ޔާމިނު ސަރުކާރުން އެޅި އިސްލާމީ މަރުކަޒުގެ ވާހަކަ އަހާލީމާވެސް ޗޮކެއް ކަނޑާފައި ބުނި ކަމަށް ވަނީ އަހަރެން ނުދެނެ ހުރީމޭ ތިނަދޫގައި މިސްކިތެއް އަޅާކަން . ބަލަ މީނާ މީ އެމިނިސްްޓްރީ ގައި އުޅޭ މީހެއް ނޫންތަ. މިވަރުގެ ދޮގުވެރިން މިއުޅޭނީ . މީނާ މީ ރާއްޖެ ޓީވީގެ ދޮރުވާނު ހެދިގެން އުޅޭ މީހެއް

  30. ޢަފްލާ

    ޢިސްލާމިކް މިނިސްޓަރ އިސްތިއުފާ ދެއްވާ

  31. ފަލުކާ

    ގައުމުގެ ސިކުޑި އަށްވަނީ ކަރާސީނު އެޅިފާ.އިލްމު ވަނީ ޖާހިލު ކަމަށް ބަދަލުވެފާ.ފާފަކުރުން އެއީ އުފަލެއް. ދައުލަތުގެ މަތީ މަަގާމުތައް ލިބެނީ ދީނާ ދުރުވި ވަރަކަށް. ދުވަސް ކޮޅަކުން އެފަދަ މީހުން ވާނީ ޢާޒީންނަށް.

  32. ޒާ

    ތިޔަ މީހުންނަށް އިސްލާމް ދީނަށްވުރެން މަގާމު މިހިއްމުކަން މިފެންނަނީ. ދުނިޔޭގެ އެދުމާހެދި ދީން ފައިދޮށުލައިފި.

  33. Anonymous

    ހަރުކަށި އިބާރާތުން ކުއްވެރި ކުރުމަށް ފަހު މާދަމާ ހަނދާން ނައްތާލުމައްވުރެ ރަނގަޅު މުރުތައްދު ވާމީހުނައް ނަސޭހަތް ދިނުންވެސް

  34. ނާސިރު

    އިސްލާމިކު މިނިސްޓަރަށް ހަދާންވަނީ މުސާރަޖަމާވޭތޯބަލަން ދައުލަތުން ބޭކާރުފައިސާ

  35. ނުރަބޯ

    ޖާހާ މަގާމަށް ދީންވިއްކާލާ ޙައްގުބަސް އެ ބުނަންވާ ބަޔަކާ ދިމާލަށް ބުނަންނުކެރި އަނގަބަންދުވެފައި ތިބުން އަދި މާގޯސް ނޫންތޯ......؟؟؟

  36. ހައްޕުޑު

    ލާދީނީ ސަރުކާރުގައި އޮންނާނީ ލާދީނީ އިސްލާމިކު މިނިސްޓުރީއެއް އެއީ އޮޅިފައި ވާނެ ކަމެއްނޫން މިސަރުކާރު އައިފަހުން ލާދީނީ މީހުން އިތުރުވާކަމީ ހަގީގީ ގަތެއް ލާދީނީ އިބޫގެ ސަރުކާރު ހަމަ މިހާރު އިސްތިއުފާ ދޭންޖެހޭ.

  37. ޖޖ

    އަދުގެ ހާލަތާމެދު

    އިންތިހާއަށް ބިރުވެތިވޭ

    އިންތިހާއަށް ހިތާމަވެސް ކުރަން