މާލޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ފޮރުވާފައި ހުރި ތޫނު ހަތިޔާތުތަކެއް މިއަދު ފެނިއްޖެ އެވެ.

ދާދި ދެންމަކު ފުލުހުން ބުނީ އެ ހަތިޔާރުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި ކަމަށެވެ. ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އާޓިފިޝިއަލް ބީޗް ސަރަހައްދުން ފެނިފައި ވަނީ އެކި ސައިޒުގެ ވަޅިތަކެކެވެ. އޭގެ ތެރޭގައި ފިޔޮއްސާއި ކަތިވަޅި ވެސް ހިމެނެއެވެ.

"ވަގުތު "އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެތަކެތި ފެނިފައިވަނީ އާޓިފިޝަލް ބީޗުގައި ކުރިން ޑައިނަމޯ ހުރި ސަރަހައްދުގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝިއަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލަބީބު

    ތިތާ ފެންނަން ތިހުރި ހަތިޔާރަކީ ތިންއަހަރުގެކުއްޖާވެސް ފިހާރަޔަކަށްގޮސް ގަނެލެވޭ ހަތިޔާރެވެ. ވަޅިހެރުން ކޮންޓްރޯލްކުރުމަށް ގޭތެރޭގަޔާ ، އޮޑިދޯނިފަހަރުގައި ފިޔަވައި ވަޅި ގެންގުޅުން މަނާކުރަންވީއެވެ. އަދި މިނޫން ތަންތަނުގައި ވަޅިބޭނުންކުރުމަކީ ކުށެއްކަމަށް ޤާނޫނުން ކަނޑައަޅާ ބޮޑުއަދަބެއް ހުއްދަކުރީމާ ވަރަށްބޮޑަށް ރަގަޅުވާނެއެވެ.

  2. ރާޅު ބޯއީ

    ލާދީނީ ވާހަކަތައް އޮއްބާލަން ފުލުހުން ޖައްސާ ސްޓަންޓް.

  3. މަސްވެރިޔާ

    ތި ކުރީދުވަހު މަސްބާނަން ދިޔައިރު ގެންދިޔަ ވަޅިތަކެއް ?

  4. މިސްޓަރ ކޭ ނައިފަރީ

    ލާދީނީ ވާހަކަތަށް އޮއްބާލަން ގޭމް ކުޅެންފެށީ ފަހަރި ހުރެގެން

  5. ޢަލް

    ކޮންމެވެސް މަސްތުވާ އެއްޗެއްވެސް ހުރިހެން އެބަ ހީވޭ

  6. 3 ވަނަވިސްނުން

    މާލޭގެ ވަށައިގެން ކަނޑު.ދެން ސީސީ ކެމެރާ، ބޭރުމަގުތަކުގައި،ކުރުނބާ ގާޑިޔާ ގެންގުޅޭ މީހުން .ތިޔަޒާތުގެ އެއްޗެހި ގެންގުޅެނީ! ޔަގީން ކުރަންވީ ކެމެރާތަށް ބަލާ ،ދިވެހިން ތޯ ބަންގާޅީންތޯ މ ،އެސްޓީ އޯ ހެޑް އޮފީސް ކައި ގިނަގާޑިޔާ ހުރީ. ޢަވަހަން ޗެކްކުރޭ .