ލާދީނީ މީހުންނަށް ފިޔަވަޅުނާޅާނަމަ މިއީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަަށް ބެލެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަސޫލާصلى الله عليه وسلم އަށް ނިސްބަތް ކުރައްވާ ބައެއް ފަރާތްތަކުން ލާދީނީ ވާހަކަ ދައްކަމުން ގެންދާއިރު ފުހުލުންނަށް ފިޔަވަޅު ނޭޅޭތީ ހިތާމަ ކުރައްވާ ކަމަށެވެ.

"ގާނޫނުގެ ދަށުން މި ފަރާތްތަކާއި މެދު ފިޔަވަޅު ނާޅާނަމަ ބެލެވޭނީ މީއީ ނުފޫޒު ގަދަ ބަޔަކު ކުރުވާ ކަމަކަށް" ޑރ ޖަމީލް ވިދާޅުވިއެވެ.

ލާދީނީ ފަރާތްތަކާއި މެދުގައި ފިޔަވަޅު ނޭޅޭތީ ޑރ ޖަމީލް ކަންބޮޑުވުން ފާޅުކުރެއްވިއިރު އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްލާއިލް (އިބުރާ) ވަނީ ރަސޫލާ صلى الله عليه وسلم އަށާއި ސަހާބީ ބޭކަލުންނަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށްފައެވެ.

އިބްރާ އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމްއަކީ އަމާނާތްތެރި ބޭކަލެއް ނޫންކަމަށާއި، މާތް ﷲ ވަހީ ކުރެއްވި ބައެއް ބަސްފުޅުތައް ރަސޫލާ ޞައްލަﷲ އަލައިޙި ވަސައްލަމް ފާޅު ނުކުރައްވާކަށެވެ.

އިބުރާ މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައިވާ އިރު، ،ރަސޫލާއަކީ އެކަލޭގެފާނުގެ އަމާނާތްތެރިކަމުގެ ސަބަބުން ޣައިރު މުސްލިމުންގެ މެދުގައިވެސް "އަލް އަމީން" ގެ ނަމުން މަޝްހޫރުވެވަޑައިގެންނެވި ބޭކަލެކެވެ.

އިބުރާގެ ވާހަކަތައް ހައްދުފަހަނައަޅައި ގޮސްފައި ވާއިރު އިބްރާގެ ވާހަކަތައް ތަޙްޤީޤު ކުރުމުގެ މަސައްކަތެއް ފުލުހުން ނުކުރެއެވެ. އެކަމާއި ގުޅިގެން ފުލުހުންނަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މުޙައްމަދު އަޙުމަދު

    ޕޮލިސް ކޮމިޝަނަރަށް ޅިޔަނު ލީ ކަމެއް ވެގެން ކަން ޖަމީލަށް ނޭނގޭތަ؟

  2. އަލީ

    ދެންތިވާހަކަދައްކަނީ ކީއްކުރަން

  3. ދދދދދދ

    ދެން ތިކަމާ ވާހަކަ ނުދައްކަވާ ތިބޭފުޅާ. އެނގި ތިބެ އަނދަވަޅަށް ފުންމާލާފަ އަނހަ މި ފުންމާލެވުނީ އަނދަވަޅަކަށޭ ގޮވާ ނެގިޔަކަށް ނުވާނެ. ދެން ހެޔޮ. ތިބޭފުޅުން ތިވާހަކަ ދެއްކީމަ ހައްތަހާ ރުޅިގަދަވާގޮތް ވަނީ. ދެންވެސް މަޑުމަޑުން ތިބޭ. ފުދިއްޖެ. އަޅުގަނޑުމެން ﷲ އާ ވަކީލު ކޮށް ދުޢާ ކުރުން މަތީ ދެމިތިބޭނަން. މީ ތިބޭފުޅުން އަޅުގަނޑުމެން ޖެއްސި ހާލު.

  4. ސުލޭމާން

    ޖަމީލް އަށް ހޭލެވިއްޖެ

  5. އަޝްރަފް

    ކަނޑުކޮސް ވާހަކަ ނުދައްކާ. ލާދީނީ ވީމަ ވައްކަމާއި ފަސާދައާއި ޚިޔާނާތަށް އެއްބާރުލުން ދޭނީ. ސޭޓާއި ސޭޓުގެ އައުވާނުން ތިކުރަނީ އެމަސައްކަތް.

  6. ބަސް

    ހިތާމަ ކުރާވާހަކަ މިމީހުން ބުނާތީ
    މިކަމެތިއަޅާވަރަންހިތާމަ ކުރަން

  7. ޙާސަރު

    ޢިބުރާގެ ކޮލެޖު ބޮއިކަޓް ކުަރަން ގޮޮވާލަން

  8. ޢިނާ

    ޢިބުރާގެ ކޮލެޖު ބޮއިކަޓް ކުަރަން ގޮޮވާލަން

  9. ބޮކި

    ލާދީނީ ވާހަކަ ޔާމީން ދެއްކުމުން އެޅުނު ފިޔަވަޅެއް އެޅުނުތޯ !

  10. ުަފައިސާގެ ދަހިވެތި ސޭހުން

    ނޭޅޭނެ އެއްވެސް ފިޔަވަޅޭއް މީ ލާދީނީ ނަސީދަށް ވާގިވެރިވާ ސަރުކާރެއް އަދި މަޑުން.އެތިބެނީ މަޖްލިސް އިނތިހާބަށް މަޖްލިސް އިންތިހާބް އމޑޕ އަށްލިބިއްޖިއްޔާ ފާޅުގަ ޓީވީ ތަކާ ޕޯޑިޔަމްތަކުގަ ނޫސްތަކުގަ ހައްދުފަހަނަ އަޅާދާނެ މީ އިލްޔާ އިމްރާން ކަހަލަ މުނާފިގްސޭހުންތިބޭނީ ޔާމިނުގެ ނުބަވާހަކަ ދައްކާގެން ރައްޔިތުން ގެތެރޭ ފަސާދަކުރަން ދެންތިބެ އަތްޖަހަން ލާދީނީ ބައިގަނޑު މިހާރު އެދަނީ ހައްދު ފަހަނަ އަޅާ

  11. ނާދިރާ

    އަދާލަތު ގެ ރުހުން ލިބިގެން

  12. އަބޯ

    ނަސީ ދު އާ އިބުރާ ގެ މައްސަލަ ތަހުގީގުކޮށް ތައުބާ ލައިދިނުމަށް ގޮވާލަން ތައުބާލައިދިނުމުން ތައުބާ ނުވިނަމަ ދީނުގައިވާ ގޮތުގެ މަތީން ގަތުލު ކުރުމަށް ވެސް ގޮވާލަން.

  13. އެލެކްސް

    ބަލަގަ ބޮނޑިބަތް ޖަމީލޫ ކަލޭމެން ފުލުހަށް ލާފާ ތިހިރީ ލާދީނީ ދިވެހި ފާދިރީ އެކޭ. އޭނާގެ އަންހެނުންގެ ސޯޝަލް މީޑިއާ ބަލާލަބަލަ.

  14. އަހުރެން

    އަހުރެން މާކުރިން ބުނެފީމެންނު އެކަމަކީ ކެނަރީގޭ ތެރޭން ރޭވި ކުޅެމުން އަންނަ ޑްރާމާއެކޭ. ނަށީދު ހިއްވަރުދީގެ ނަށީދުގެ ފުރިހަމަ ތާއިދާއެކު ކުރަމުން އަންނަކަމެއް އެކަމަކީ. ސޭކް އިމްރާން އިސްތިއުފާ ދިނުމަށް ގޮވާލަން. ސޭކުމެން ތިހެން ވިކިފަ ހުރެގެން ސިރޫ އާޓް ހިންގާ ސިރޫ ޕްލިހަށް ހާޒިރު ކުރީވެސް ސީދާ ނަށީދުގެ އޯޑަރަށް. ޢިމްރާން ﷲއަށް ބިރުވެތިވުމަށް ގޮވާލަން.

  15. މެސީ

    ލާ ދީނީ ބައިގަނޑެއް ކަން އެނގި ތިބެ ދޯ ޖަމީލް މެން ވެރިކަން ހޯދާދޭން މަސައްކަތް ކުުރީ. އަންނި ވެރިކަން ވެސް ވެއްޓުނީ ލާދީނީ ކަން ބޮޑުވެގެން. ޖަޒީރާ އިބޫ ގެ ވެރިކަން ވެސް މާ ގިނަ ދުވަސް ވެދާނެކަމަކަށް ނުފެނޭ މި ކަންތައްތައް ދާ ގޮތުން.

  16. ޢާއިޝަތު އަޙުމަދު

    ދެރަ ނުވޭ. އިބްރާ އެއުޅެނީ އަޅަން ގެންގުޅޭ ބްރާކޮޅު ހުސްވެގެން.

  17. މުހައްމަދު

    މިހާރު ތިވާހަކަ ތިދައްކަނީ ކޮންމެވެސް މަކަރުވެރި ރޭވުމަކުން ކަމުގައި ދެކެން މިކަން މިހެންމިވީ ޖަމީލުގެ ބުރަމަސައްކަތުންނޭ މަބުނާނަން ބޭރުގަހުރެގެން މިބައިގަނޑާ އެކުވެގެން މޮޑުނު މަސްހުނިގަނޑަކީ ޖަމީލުގެ ހިއްސާބިޑުވެގެން މޮޑުނުމޮޑުމެއް ވީމާ އަހުރެމެންނަށް ދެއްކި ދަޅާގެ ނަތީޖާ ހަމައެންމެންގެ ކަރުބުޑުގަ މިޔޮތީތާށިވެފަ ދެންއޮތީ އެތަށިން ބޮނޑިބަތްކެއުން ހެހެހޭ