ހުޅުމާލޭ ރޯ ހައުސްއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ނިޔާވެފައިވާ މީހާ ރޯ ހައުސްގެ ޓެރެސް މައްޗަށް ވެއްޓިފައި އޮތްވާ ފެނިފައި ވަނީ މިއަދު މެންދުރު ފަހު 1:10 ކަން ހާއިރުގައެވެ. އަދި އެވަގުތު ހުޅުމާލޭ ހޮސްޕިޓަލަށް އޭނާ ގެންދެވިފައިވާ އިރު، ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 80 އަހަރުގެ ދިވެއްސެއް ކަމަށެވެ.

ފާއިތުވި ދެހަފްތާއެއްހާ ދުވަހު ރާއްޖޭގައި ކުއްލި މަރުގެ ހާދިސާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ްްއިއްޔަ

    ވަރައް ހިތާމަވެރި ޙަބަރު ތަކެއް ކޮންމެ ދުވަހަކު މިލިބެމުން ދަނީ ):

  2. އަހްމަދު

    މިސަރުކާރު އައިފަހުން މިރާއްޖެއަސް މިވަނީ ބަލާވެރިކަމެއްފާވެފާ. އަވަސް އަވަހަސް މީހުން މަރުވަނީ. ކަރަންތް ކެނޑެނީ. އަލުން މުނާޖާ ގޮވަން ފަށަންވީ.

  3. އަލިތައްޚާނު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  4. ސަލީލަމް2581

    ގޮްތްނޭގޭމަރު ކިޔަނީ ކިހިނެއް މަރުވީމަކަން ބޮޑުވަކީލު ސޫދު ކިޔައިދޭން ފެނޭ މީ ގޮތްނޭގޭމަރެއްބާ

  5. Anonymous

    ޜާއްޖޭމީހެއްތަ؟

  6. ބަބު

    ދެހާސް އަށާށަ ނޮވެންބަރ ސަތާރައިންފެށިގެން
    ގައުމުގެ އެކިސަރަހަންދު ތަކަށް މަރުވާބޭސް
    ވަރަންގަދަޔަން މިވީ ދެމަސްދުވަހުގެތެރޭގަ
    ފެތުރިންގެ

  7. މޫސާ

    ހަދަ މަރެކޭ ދޯ މިވެރިކަމުގެ ކުރީކޮޅުގައި ފަހުން ކިހާވަރަކުން ދާނެބާ!

  8. އޮރެންޖު

    ވަގު ކޮމެޓީ ހެދިފަހުން ވަކި އަހަރަކުން ފެށިގެން މަރުވި މީހުންގެ މައްސަލަ ބެލުމަށް ކޮމިޓީ ހެދިފަހުން ހާދަ ގޮތް ނޭނގޭ މަރުތައް ގިނަވެއްޖޭ. ޢިބްރަތަކަށް ނުވޭތޯ؟؟؟؟ އެހެންވެ މީހުން ކިޔަނީ ޒާތީވެގެން ކަންކަން ނުކުރާށޭ.

  9. ވޮށް

    ޥިސްނާ ފިކުރު ކުރާބަޔަކަށް މި އީ އިބްރަތެއް.މިންވަރަށް ޝުކުރު ނުކުރުމުގެ ނަތީޖާ ފެންނަމުންމިދަނީ.ކޮންފަދަ ހިތާމަ ވެރިކަންތައްތައް މިހިރަ ހިގަމުން ދަނީ.ރަށްވަށާ ކިޔެވެލި ކިޔަވަން ވީތަ.ވަހުތާން ޖަހަންވީތަ.