މާލޭގެ ގެއެއްގެ ފަސްވަނަ ބުރިން ކުޑަކުއްޖަކު ވެއްޓިއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ވެއްޓިފައިވަނީ ގ. ކޮލަމްބިއާގެ ފަސްވަނަ ބުރިންނެވެ.

އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވެއްޓި ޖެހުނީ ކައިރީގައި ހުރި ގެއެއްގެ ފުރާޅު މައްޗަށެވެ.

މިހާރު މި ކުއްޖާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. މިކަންވަނީ އައިޖީއެމްއެޗް އިންވެސް ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ވެއްޓުނީ އުމުރުން 14 އަހަރުގެ ކުއްޖެއްކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 14:10 ގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަ

    މީހަކު ބުނީ ފުންމާލިއްޔޯ

  2. ހަޤީގަތް

    14:02 ގަ 119 އަށް ގުޅާފަ މައުލޫމާތު ދިނިން

  3. ޖުން

    ހިތާމައިގެ ދުވަހެއް. އޮޅުވާލުވޯޓް ސަރުކާރުގެ ވެރިން ކޮބައިތަ ހާދަ ހަމަހިމޭންކޮށޭ މިތިބެނި. މިފަދަ ހިތާމަވެރި ކަންތައް ހިގަމުންދާއިރު. އިބުރަތުން ފުރިގެންވާ ދުވަސްތަކެއް މި

  4. މުހަންމަދު

    14 އަހަރުގެ ކުއްޖަކު ކުޑަދޮރަކުން ވެއްޓުމުގަ އާދައާހިލާފް ކަންތައްތަކެއް ވާނެކަމައް ލަފާކުރެވެނީ

  5. ހަމީދާ

    ޕޮލސް ހަމީދުބެ އިސްތިއުފާ. ގައުމު ފަނާކޮށްލާ އެމްޑީޕީ އެކްޓިވިސްޓު.

  6. މުހައްމަދު

    މިސަރުކާރު ވުޖޫދުވީފަހުން މުޅިންވެސް މަރާއި އެކިއެކި ހާދުސާތަކުން މުޅިގައުމު ކައްކުވާލައިފި ލާދީނީ މީހުން ވެރިވީމަ ކުރިމަތިވާ ބޮޑެތި މުސީބާތްތައް ނިކަންދެކިބަލަ މީހަކަށް ސޯލިހުކިޔުމަކުން ފުދިގެން ނުދާނެކަން މިހުރީ ފިސާރި ރީތިކޮށްފެންނަން ގައުމެއަގެހަލާކަށް ކުރިމަތިވާނެ ހުރިހާކަމެއަމިވަނީ އަދު މިގައުމުގަ ވަކިހިއްޕާލާފަ ބަލާމީހަކު ދަނަނަމީހަކު ނެތް އެންމެނަތިބީ ޣާފިލުގެ އަނދިރި ކަމުގެ ކަނޑަކަށް ޣައަގުވެފަ ދީނީއިލްމުވެރިންތިބީ ކޮންމެކަމެއް ވަރިހަމަކޮށްގެން ޔާﷲ މިގައުމު ސަލާމަތްކުރަށްވާށި އާމީން

  7. އަލީ

    ތިގޭ ވެރިމީހާ މިހާރުން މިހާރަށް ހައްޔަރުކުރޭ. އެހެން ގެޔެއްގެ އިމާ އިންވެގެންވާ ފާރެއްގައި ކުޑަ ދޮރެއް ނުލެވޭނެ. އެއީ މަނާކަމެއް. މަސައްކައި ކުރާތަން ތަން ބަލާ ފާސް ކުރިހެން މާލޭގެ ގޭތައްވެސް ބަލަންޖެހޭ.

  8. ބުރުގާ

    ތީގަ ކުއްވެރިވާނީ ފަސްވަނަ ބުރި.

  9. ާއަމީން

    ސްޓަންޓެްއެކޯ.