މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތިން އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކާއި، އިތުރު ދެ މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާއެކު އެ ކުޑަކުއްޖާ ހައްޔަރުކޮށްފައި ވަނީ، ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން ށ. އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި، އެލޯންޗު ފުނަދުއަށް އައުމުން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓު ފެނިގެންނެވެ.

އަދި އިއްޔެ އިތުރު މީހަކު ހައްޔަރުކޮށްފައި ވަނީ، ކ. ހިންމަފުށީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ 32 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 22:25 ހާއިރު ހިންގި މިއޮޕަރޭޝަންގައި، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް އެގޭގެ ތެރެއިން މަސްތުވާ އެއްޗެއްހުރި ނުވަ ރަބަރު ޕެކެޓު ފެނިގެންނެވެ. އަދި އޭނާގެ ބަންދަށް 12 ދުވަސް ވަނީ ޖަހާފައެވެ.

އޭނާގެ އިތުރުން ފުލުހުން ވަނީ ގއ. ދާންދޫއިންވެސް މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެކެވެ. އޭނަގެ އަތުން މަސްތުވާ އެއްޗެއްހުރި ސެލޯފިންކޮޅަކާއި މަސްތުވާ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަމީމަ

    މިމާހައުލު ހާދަ ނުރައްކާ ވެއްޖެއެވެ. މި މަރުވާ މީހުންގެ ޒިންމާ އަޅުވަނީ ކާކުގެ ބޮލުގައި ތޯއެވެ. އެއްބަޔަކު ހުއްޓުމެއް ނެތި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރާ އިރު އަނެއް ބަޔަކު މިދެކެވޭ ވާހަކަތައް ދައްކާ މަޖާ ކުރަނީއެވެ. ހީވަނީ މިނޫން ކަމެއް ނެތީ ހެންނެވެ.

    ަ

  2. ލަބީބު

    ޖަޒީރާ ރާއްޖޭގެ ސަޅިކަން!