ފާޅުގައި ދީނަށް ގޮން ޖަހާ، ފާޑު ކިޔަމުންދާ އިބްރާހީމް އިސްމާއީލް (އިބުރާ) އަކީ މި ޒަމާނުގެ އެންމެ މޮޅު އެކަކުކަމަށް ބުނެ، އިބުރާގެ ދިފާއުގައި ދިއްދޫ ކައުންސިލްގެ ރައީސް އަލީ ޙާޝިމް ދީދީ ތެދުވެއްޖެއެވެ.

އިބުރާ ދީނަށް ފާޑު ކިޔާފައިވާކަން ބަޔާން ކޮށްފައިވާ ޚަބަރެއް، ޝެއަރ ކުރުމަށްފަހު އަލީ ޙާޝިމް ވަނީ މިހެން ބުނެފައެވެ. އަދި، އިބުރާއާއެކު ހުރިކަމަށް އޭނާ ބުނެފައިވެއެވެ.

"އަހަރެން މިހުރީ އިބުރާއާއެކު، އެއީ މި ޒަމާނުގެ އެންމެ މޮޅެތި މީހުންގެ ތެރެއިން އެކަކު." އަލީ ޙާޝިމް ދީދީ، އޭނާގެ ފޭސްބުކު އެކައުންޓުގައި ބުނެފައިވެއެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އަލީ ޙާޝިމް ދީދީ އިތުރަށް އޭނާގެ ޕޯސްޓުގައި ގޯސްކޮށްފައިވަނީ އިބުރާ އަކީ ދީނާ ޚިލާފު ވާހަކަތައް ދައްކަމުންދާ މީހެއްކަމަށް ބުނެފައިވާ ނޫހެވެ. މީގެއިތުރުން، އިބުރާގެ ވާހަކަތައް އޮޅުވާލައިގެން ގެންނަމުންދާކަމަށް ބުނެ، އެމައްސަލަތައް ތަހުގީގު ކުރުމަށް ދިއްދޫ ކައުންސިލްގެ ރައީސް ވަނީ ފުލުހުންނަށް ގޮވާލާފައެވެ.

އިބުރާ ދަނީ އިސްލާމް ދީނާ ދެކޮޅަށް އެތައް ވާހަކައެއް، ޓްވިޓަރ ގައި ދައްކަމުންނެވެ. އެގޮތުން، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިޙި ވަސައްލަމައަށާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް، ޞަހާބީންނަށް އަދި ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް، ވަރަށް ހުތުރު ވާހަކަވެސް އޭނާ ދަނީ ދައްކަމުންނެވެ.

ހަމައެހެންމެ، ދީނުގެ ނަމުގައި ކަނޑައެޅިގެން ދޮގުތައްވެސް އޭނާ ހަދާފައިވެއެވެ. އެގޮތުން، މަދީނާގައި ރަސޫލާ ހިންގެވީ ސެކިއުލަރ ދައުލަތެއްކަމަށް އޭނާ މިއަދު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ދިއްދޫ

  ދިއްދޫއަށް ހުރި ހުތުރެއްތީ

 2. ހައިރާނެ

  ހައިރޭނެއް ނުވޭ ތިރަށު މީހެކޭ ބުނީމާ. ތީ ވަރަށް މަތީގަ އުޅޭ ބަޔަކު ދިރިއުޅޭ ރަށެއް. ދަރިންވެސް އެހޭ މަތީގަ

 3. ފައިޒް

  އަހަތެމެންގެ މާތް ނަބިއްޔާ އާއި ބެހޭގޮތުން ފާޑު ފާޑުގެ ވާހަކަ ނުދައްކާ މާ އުނދަގޫ ބޮޑުވާނަމަ މަގުމައްޗަށް ނުކުންނަން ޖެހިދާނެ...

 4. ރައިން

  ޢިބްރާއަކީ މޮޅުމީހަކައްވެދާނެ އެކަމަކު ނުރަގަނޅު ސިފައަމީ މަގުމަތީގައި ސިގިރޭޓު ބޯންހުރުން....

 5. އެންދެރި

  މިއުޅެނީ ނެޓްވޯކް އެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް އެހީވަނީއެވެ.

 6. ބަަތްޕޮޅި

  ކޮބައިތަ ދީނީޖަމްއިއްޔާތަކާއި ދީނީ އިލްމްވެރިންނޭމިކިޔާ މީހުން. ޢިލްމް ލިބި ހަނުތިބޭމީހުންނާމެދު ކަންތަޢް ވާގޮތް އެގޭނެ އެވެރިންނަށް.ޖާހިލިއްޔަ ޒަމާނަށް ބަދަލުވަނީތަ

  • ބަމަރސް

   ކަލޭގެ ޒިންމާއެއްވެސްކުޑައެއްނުވާނެ. ކޮންމެހެން ޕޯޑިއަމްއަކަށް އަރާ ހަޅޭއްނުލެވިޔަސް އެމީހެއްގެ ޒިންމާ އަދާކޮށްބަލަ

 7. ޢަލީ ހަމީދު

  ދިއްދޫ މީހަކައް ވީތީ ހިތާމަ ކުރަން..

 8. ބޯގަނޑު ވިލާ

  ކޮބާ މިފެންނަނީ އަނެއް ދިވެހިރާއްޖޭގެ މަންޒަރުތައް. އެނިކުންނަނީ ލާދީނީ އާލާތުން. ކޮބާ ހަޔާތް. ތިދިއްދޫ ތީވެސް ހުސް އެމްޑީޕީގެ ލާދީނީ ނަސީދުގެ އަވައިގަ ޖެހިފަތިބި ބައެއް. މިހާރު ތިކެނެރީގޭ ނަސީދު އިންނާނީ ދަތްޕިލަ ރޮނޑައްދީގެން އެކަލޭގެ ކުރަން އުޅުނު ކަންތައްމިވަނީ. މީ މިސަރު ކާރު ގަތިބި ބާރުގަދަ ބަޔަކު ރާވައިގެން ކުރާކަމެއް. އިބޫވެސް ހިމެނޭ. ތިއެމްޑީޕީޔަތް ވޯޓުނުދޭސޭ ލާދީނީ ބަޔެކޭ ކީ މިހެންވެގެން. ކޮބާ މައުމޫނު. ޖަމީލު. އިލިޔާސް. ސޭކު އިމުރާނު. ބަހެއް ނުވިކޭ. ތިތިބީ ޔަހޫދީންގެ އަވައިގަޖެހި ހަލާކުވެފަ. ޔާމީނު ވެރިކަމުން ބާލަން އެމީހުންގެ ފައިދޮސައްވެއް ޓުނު ވެއްޓުނު. މިލާދީނީ ބައިގަނޑުގެ ކިބައިން މިގައުމު ސަލާމަތްކުރައްވާންދޭވެ.އާންމީން

 9. ޑީޑީބެ

  މީނަމީ ހުރިގޮތަށްހުރި ދަރަނި ބޮލެއް ކަން ވެސް މިފަހުން އިނގިއްޖެ. ނިކަމެތި ރައްޔަތަކަށް ދޭން ޖެހޭ ފައިސާތަކެއް ނުދީ ތެޅި ބާލަމުން މިދުވަނީ. މީނަ ފާހާދުވަން މާ ގިނަ ދުވަސްތަކެއް ދެންނެތް ދިއްދޫ މީހުން. ރަށަށްވެސް ހުތުރު.

 10. ޅާދީނީ

  ކޮބާތަ މިއިބުރާ ކޯޓަށް ޙާޟިރުކުރޭ ކިހާބޮޑުވެއްޖެ ކަމެއްމީ.

 11. އަޙުމަދު ޙަމީދު

  އިލްޔާހާ މައުމޫނާ އިމްރާނާ ޒައިދު އާއި އިޔާޒު ގެނައި ސަރުކާރެއްމީ. ދިން ޙިމާޔަތްކުރުމަށްވުރެ މަސްލަހަތު ބޮޑީ ލާދީނީ ސަރުކަރު ދިފާޢުކުރުންކަމަށް މި މީސްމީހުން ބުނަނީ.

 12. ޗބ

  އިސްތިއުފާ. ދެން ނު ދޭ ނަން ވޯޓެއް

 13. އާދަމް

  މީ ރޭވުމެއްގެ ދަށުން ހިނގާކަމެއް. ދެން އެހެން ރަށަކުން ބަޔާނެއް ނެރޭނެ އިބްރާ ފާޅު ކުރަނީ އޭނާގެ އަމިއްލަ ޚިޔާލުކަމަށް. ތިމަންމެން ތިބީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދަމަހައްޓާށޭ ކިޔައިގެން.

 14. ކުޅިބެ

  މުރުތައްދުވެފަ ހުރި މީހެއް.ކަލެއަށް ހަލާކު ހުރި އިބުރާ

 15. ކުޅިބެ

  ކަލެއަށް ހަލާކު ހުރި އިބުރާ

 16. ނަފާ

  ހައިރާނެއް ނުވޭ... ތި އަލީ ހާޝިމަކީ މީހަކީ މުޖޫނައީމުގެ ޕޯސްޓެއްގަ ރާއްޖޭގަ ހުރިހާދީނަކަށް ފުރުސަތު އޮންނަންވާނޭ ބުނީމަ އެއަށް ވެސް "އައި ބިލީވް ސޭމް" ތިމަންނަވެސް ޤަބޫލުކުރަނި ތި ގޮތަށޭ ބުނެ ކޮމެންޓު ކުރި މީހެއް..

 17. އެއަރދޮންބެ

  މީނާގެ ގޮތް ނޭނގޭ މީހަކު މިރަށަކު ނުހުންނާނެ.. މީނާ ކުރިން މަސައްކަތް ކުރީ އިބުރާއާއެކު އިބުރާ ކޮލެޖުގަ.. ހަމަ އެކަށްޗެއް.. މި ރަށުގަ ފާޑެއްގެ އެކަޑަމީއެއް ހަދައިގެން ކުދިން ހަލާކުކުރުން މީނާ މިހާރު ކުރާކަމަކީ.. ވަރަށް ފަހުން މީނާގެ އެސްއެމްއެސްތަކެއް ވެސް ލީކުވި.

 18. ލިއްލޭ

  ކުރާނެ ކުރާނެ އުމުރުން މިހާދުވަސް ވާއިރު މީހަކާ ނުއިނދެ ހުރެ ގޭ ވަށައިގެން ކެމެރާ އަޅައިގެން ޅަ ފިރިހެން ކުދިން ގެއަށް ވައްދައިގެން މީނާ ހާވާ ހަޑި ނުދަންނަ މީހަކު މި ދިއްދޫގަ ނޫޅެނެ.

 19. ޝުޖީ

  މީނާގެ ޝޯޝަލްމީޑިއާ ފޯސްޓްތައް ބެލީމަ ވެސް އެނގޭ އެއްވެސް ޕުރޮޕެޝަނަލްކަމެއް ނެތް އަމިއްލަ އެދުމާ ޒާތީ ހަސަދައިން ފޯވެފަ ހުރި މީހެއްކަން.. އަބަދުވެސް ދަޢުލަތުގެ ކޮންމެވެސް އިދާރާއަކާ ލެނޑިގަނެ އެތަންތާނގެ ބޮޑުންނަށާއި އާދައިގެ ސްޓާފުންނަށް ޒާތީގޮތުން ބަވާ މަލާމާތްކޮށްފަ ހުންނާނި

 20. ހައްދޭ

  މުޖޫ ނަޢީމު ގޮވާލާ ދީނީ މިނިވަންކަށް ވެސް މީނާ ތާއީދުކޮށް ކޮމެންޓު ކުރިވާހަކަ ގެނައި ނަމަ ސަޅިވީސް މި ހަބަރު.. އެފްބީގެ ސިރޫއާޓް ޕޭޖުގަ އެ ކޮމެންގެ ސްކުރީން ޝޮޓެއް ވެސް އިންނާނެ..

 21. ޒަބަހަ

  ގޭ ވަށައިގެން ކެމަރާ އަޅުވައިގެން މީނާ ހިންގާ ޖަރީމާ ތަކާ ހިއްޕަވާ ތެޔޮފޮދުތައް އެންމެން ދަނޭ.. ޕޮލިހުންނަށް ވެސް އެނގޭ.. ނިކަން ވަގުތުން މިރަށު ފުލުހުންނާ ވާހަކަ ދައްކާލަބަލަ ބަކި ވަކީން

 22. ހެޕަޒް

  ދެން ވޯޓު ހޯދަން ނާންނާތި.. ލަދުގަނޭ މިކަހަލަ ރަނގަޅު ބައެއް ދިރިއުޅޭ ރަށެއްގެ ރައީސްއަކަށް ތި ފެންވަރުގެ މީހެއް ހުރީމަވެސް.. މުޅި ރަށަށް ހުރި ބޮޑު ހުތުރެއް